04 ނޮވެމްބަރ 2020
މުޖުތަމައުގައި ހުރި މައްސަލަތަކާ ގުޅޭ ދިރާސާތައް ހަދައި އެ ކަމަށް ހައްލު ހޯދަން މަސައްކަތް ކުރަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މުޖުތަމައުގައި ހުރި މައްސަލަތަކާ ގުޅޭ ދިރާސާތައް ހަދައި އެ ކަމަށް ހައްލު ހޯދަން މަސައްކަތް ކުރަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ "ދަ މޯލްޑިވްސް ނޭޝަނަލް ޖާނަލް އޮފް ރިސާޗް" (އެމްއެންޖޭއާރު) ގެ ކޮވިޑް-19 ގެ ހާއްސަ އަދަދު ނެރެދެއްވުމަށް ފަހު، ނައިބު ރައީސް ވިދާޅުވީ ދިރާސާގެ މައްޗަށް ބަލައިގެން ރަނގަޅު ކަންތައްތަކެއް ފެނިއްޖެ ނަމަ ކުރިމަގުގައި އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ. އެގޮތުން، ގައުމުގައި ހުރި މައްސަލަތަކަށް ދިރާސާ ހަދައި އިލްމީ ގޮތުން ނަޒަރު ހިންގަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މުޅި ގައުމުގެ ދިގު ރާސްތާގެ ތަރައްގީ ބިނާވާން ޖެހޭނީ އެ ގައުމެއްގެ ހުންނަ މައްސަލަތައް ވެސް އެނގިގެން، އެކުލަވައިލާ ކަމެއްގެ މައްޗަށެވެ.
"ދިވެހިރާއްޖޭގެ އެކި ދިމާދިމާ އިން، އެކި ސިނާއަތްތަކަށް އަދި މުޖުތަމައުގެ ތެރެއަށް ބަލައިލުމުން ވެސް މި ދެންނެވި ގޮތަށް ގިނަގުނަ މައްސަލަތަކެއް އެބަހުރި. މި ކަމުން އަރައިގަތުމަށްޓަކައި އަޅުގަނޑުމެން ބޭނުން ވަނީ މި ފަދަ ބޭފުޅުންގެ ވިސްނުންފުޅު އަޅުގަނޑުމެންނާ ހަމައަށް އަންނަން. އޭގެ އަލީގައި މި ދެންނެވި ގޮތަށް އަޅުގަނޑުމެންނަށް ރަނގަޅު ފެށުމަކުން މަސައްކަތްތަކެއް ކުރެވޭ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް އޭގެ ކާމިޔާބު ހޯދޭނެ،" އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވި އެވެ.
ގައުމުގައި ހުރި މައްސަލަތައް ހައްލުކުރަން އެހީތެރިކަން އިތުރަށް ބޭނުންވާ ކަމަށާއި ކަމެއް ހައްލު ކުރުމަށްޓަކައި ބޭނުންވާ އެންމެ ރަނގަޅު ގޮތް ހޯދަންޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
ވަގުތަކީ ވަރަށް މުހިއްމު އެއްޗެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ކުރިއަރާފައިވާ ގައުމުތަކޭ އެއް އުސޫލުން ރާއްޖޭގައި ވެސް ދިރާސާތައް ހަދައި، ސިޔާސަތުތައް ކަނޑައަޅާ މީހުންގެ މެދުގައި ކަންކަން ނިންމޭނެ އެންމެ ރަނގަޅު ގޮތް ހޯދަންޖެހޭ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، ދިރާސާތައް ކުރާއިރު ފަށާ ތައުލީމު ރަނގަޅު ކުރުމަށް، ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަން ޖެހެ އެވެ. ޓޫރިޒަމް ދާއިރާގެ އިސް މަގާމުތަކާއި އެ ނޫން ވެސް އިތުރު ދާއިރާތަކުން މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ފުޅާކުރަން ޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
ހިދުމަތްތައް ލާމަރުކަޒީކޮށް، ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން ރަނގަޅު ސިއްހީ ފަރުވާ އާއި ތައުލީމު ލިބޭނެ ކަންކަން މަގުފަހިކުރުމަކީ ސަރުކާރުން އެންމެ ސަމާލުކަން ދޭ ކަންތައްތައް ކަމަށް ވިޔަސް ރިސޯސަސް ޑުޕްލިކޭޓް ނުވާނެ ގޮތަކަށް ކަންކަން ބައްޓަންކުރަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރިގެން އައިއިރު، އެންމެ ބޮޑު ގޮންޖެހުމަކަށް ވީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ ބަލިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ކަންތައްތައް ކުރަންޖެހޭ ގޮތް އެއްވެސް ވަރަކަށް އެނގިފައި ނެތުމެވެ. ނަމަވެސް އެކި ގޮތްގޮތުން ކޮށްފައިވާ ދިރާސާގެ އަލީގައި، ބަލިން ރައްކާތެރިވުމާއި ސަލާމަތްވާނެ ގިނަ ކަންތައްތައް ދަސްކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. މިއީ މުހިއްމު މަސައްކަތްތަކުގެ ނަތީޖާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ސިޔާސަތުތައް އެކުލަވާލާނީ ދިރާސާތަކުގެ މައްޗަށް:ރައީސް
ފޮތްލިޔުމާއި ރިސާޗު ހަދަން އެމްއެންޔޫއިން 1.7މިލިއަން
ޒުވާނުންގެ މެދުގައި ގިނައީ ޓްރެފިކްގެ ކުށްތައް
ޕްލާސްޓިކާ ދެކޮޅު މަސައްކަތެއް ނުހުއްޓޭނެ: ފައިސަލް
މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީ ހުޅުވައިފި
ފްލައިން ސްކޫލު ހިންގަން ގަން އެއާޕޯޓާއެކު ސޮއިކޮށްފި
"ބޭރު މީހުންނަށް ބަރޯސާވެގެން ގައުމު ކުރި ނޭރުވޭނެ"
ރާއްޖޭގައި ގިނައީ ޑިޕްރެޝަނުގައި ތިބި ދުވަސްވީ މީހުން
ކޮވިޑަށް އެމްއެންޔޫން ހެދި ދިރާސާގެ އަދަދު ނެރެފި
ދިރާސާކުރަން އެމްއެންޔޫން ނުވަ މީހަކަށް ފައިސާގެ އެހީ