27 ޑިސެމްބަރ 2020
ރާއްޖޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ އެކަނިވެރިވެ، ޑިޕްރެޝަން ތަހައްމަލްކުރާ މީހުން ކަމަށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މިއަދު ޝާއިއުކުރި ދިރާސާއެއްގައި ބުނެފި އެވެ.
ރާއްޖޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ އެކަނިވެރިވެ، ޑިޕްރެޝަން ތަހައްމަލްކުރާ މީހުން ކަމަށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މިއަދު ޝާއިއުކުރި ދިރާސާއެއްގައި ބުނެފި އެވެ.
މޯލްޑިވްސް ނެޝަނަލް ޖާނަލް އޮފް ރީސާޗްގެ އަށް ވަނަ ވޮލިއުމްގެ ދެ ވަނަ ނަންބަރުގައި ޝާއިއުކުރި މި ދިރާސާ އަކީ މާލޭގައި އުޅޭ ދުވަސްވީ މީހުންގެ ދުޅަހެޔޮކަން ބެލުމަށްޓަކައި ކުރިއަށް ގެންދިޔަ 312 މީހުން ބައިވެރިވިކޮށްގެން ހެދި ދިރާސާއެކެވެ.
އެމްއެންޔޫ އާއި ވިލާ ކޮލެޖުގެ ބައެއް ބޭފުޅުން ގުޅިގެން ހެދި މި ދިރާސާގެ މައިގަނޑު މަގްސަދަކީ ދުވަސްވީ މީހުން އެކަށީގެންވާ އިޖްތިމާއީ ގުޅުން ބާއްވާ މިންވަރާއި އެކަނިވެރިކަމާއި ޑިޕްރެޝަނާ ހުރި ގުޅުން ބެލުމެވެ. މި ދިރާސާ އަށް ކިޔަނީ "ވެލް-ބީން އޮފް އެލްޑަލީ ލިވިން އިން މާލެ ސިޓީ މޯލްޑިވްސް: ޕްރިވަލެންސް އެންޑް ރިލޭޝަންޝިޕް ބިޓްވީން ސޯޝަބިލިޓީ، ލޯންލިނެސް އެންޑް ޑިޕްރެޝަން" އެވެ.
ކަނޑައެޅިފައިވާ ސުވާލުތަކަށް ޖަވާބު ހޯދައިގެންނާއި އިންޓަވިއުކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާ އިން ދައްކާ ގޮތުގައި މާލޭގައި އުޅޭ ދުވަސްވީ މީހުންގެ 56.1 ޕަސެންޓު މީހުން ޑިޕްރެޝަން ތަހައްމަލުކުރެ އެވެ. އަދި 64 ޕަސެންޓު މީހުންނަކީ އެކަށީގެންވާ އިޖްތިމާއީ ގުޅުން ބާއްވާ މީހުން ކަމަށާއި 55.4 ޕަސެންޓު މީހުންނަކީ އެކަނިވެރި މީހުން ކަމަށް ވެސް ދައްކަ އެވެ.
The Maldives National Journal of Research (MNJR) Volume 8, Number 2.
— The Maldives National University (@MNUedu) December 27, 2020
Visit https://t.co/Mr7fOVkFxR to read the journal. pic.twitter.com/rpr33LCAzq
އެމްއެންޔޫ އިން މިއަދު ކުުރި ޓްވީޓެއް
އޭގެ މާނަ އަކީ ގިނަ މީހުންނާ ބައްދަލުވެ، އިޖްތިމާއީ ގުޅުން ބޭއްވި ނަމަވެސް އެކަނިވެރިވުން އިހްސާސްވުން އެކަށީގެންވާ ކަމެވެ. އަދި އިޖްތިމާއީ ގުޅުމާއި ޑިޕްރެޝަނާއި އެކަނިވެރިވުމަކީ ގުޅިފައިވާ ކަންތައްތައް ކަމަށް މި ދިރާސާ އިން ވަނީ ފާހަގަކޮށްފަ އެވެ.
މި ދިރާސާގައި، އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ 151 އަންހެނުންނާއި 161 ފިރިހެނުން ބައިވެރިވި އެވެ. މާލޭގެ ހަތަރު އަވަށުން (ހެންވޭރު، މާފަންނު، މައްޗަންގޮޅި އަދި ގަލޮޅު) ސާމްޕަލް ނެގީ، ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ޕަސެންޓެއް މާލޭގައި އުޅޭތީ، ހުރިހާ އަތޮޅަކަށް ނިސްބަތްވާ މީހުން ހިމަނަން ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. މި ބައިވެރިންގެ ތެރެއިން 201 މީހަކު އުޅެނީ އެ މީހުންގެ އާއިލާއާ އެކު އެވެ. އަދި 25 މީހަކު އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއާ އެކު އުޅޭއިރު 86 މީހުން ދިރިއުޅެނީ އެކަންޏެވެ.
ލޮކްޑައުން ދުވަސްވަރު ދުވަސްވީ މީހުންނަށް ދިން ލުޔާއެކު ހިތްހަމަޖައްސާލަން ނިކުތް އަންހެނަކު މާލޭ ތޮށިގަނޑުމަތީ އިށީނދެލައިގެން: މަދުން އާމްދަނީ ލިބޭ އާއިލާތަކުގައި ނަފްސާނީ ކަންކަން ތަހައްމަލުކުރާ މީހުން އިތުރުވާ ކަމަށް ދިރާސާއިން ދައްކާ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މަދުން އާމްދަނީ ލިބޭ އާއިލާތަކުގައި، އެކަށީގެންވާ އާއިލީ އަދި އިޖްތިމާއީ ގުޅުން ނުބޭއްވޭ ނަމަ އެކަނިވެރިކަމާއި ޑިޕްރެޝަން ތަހައްމަލުކުރާ ދުވަސްވީ މީހުންގެ އަދަދު އިތުރުވާ ކަމަށް މި ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. އަދި ފިރިމީހާ ނުވަތަ އަނބިމީހާ މަރުވެފައިވާ ދުވަސްވީ މީހުން، އެކަނިވެރިކަން ތަހައްމަލުކުރާ މިންވަރު އިތުރުކަން ވެސް ވަނީ އެނގިފަ އެވެ.
އުމުރުން ދުވަސްވީ ގިނަ މީހުން މިފަދަ ނަފްސާނީ ކަންކަން ތަހައްމަލުކުރާތީ، އެ މީހުންނަށް ފަރުވާ ދޭން ސަޕޯޓް ސިސްޓަމްތަކާއި ޕްރޮގްރާމްތައް ތައްޔާރުކުރަން ޖެހޭ ކަމަށް މި ދިރާސާގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ދިރިއުޅޭ ތަންތަނަށް ޒިޔާރަތްކޮށް އެ މީހުންނަށް ފަރުވާދެވޭނެ ފަދަ ސިއްހީ މަސައްކަތްތެރިން ތަމްރީންކުރުން ހިމެނެ އެވެ. އަދި މި ޒިންމާ ސިއްހީ މަސައްކަތްތެރިންނާއި އެހެނިހެން އިދާރާތައް ގުޅިގެން ނަގަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ވާޗުއަލް ވުމުން، ދުވަސްވީ މީހުންނަށް ގެއްލުން ބޮޑު
ލޮކްޑައުންގައި އަންހެނުންނަށް ނަފްސާނީ މައްސަލަތައް ގިނަ
ސިޔާސަތުތައް އެކުލަވާލާނީ ދިރާސާތަކުގެ މައްޗަށް:ރައީސް
ގާނޫނުއަސާސީއާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ
ބާ އެގްޒާމާއެކު ލޯގެ ޕްރޮގްރާމްތަކަށް ޑިމާންޑު ކުޑަވެއްޖެ
ފޮތްލިޔުމާއި ރިސާޗު ހަދަން އެމްއެންޔޫއިން 1.7މިލިއަން
ޒުވާނުންގެ މެދުގައި ގިނައީ ޓްރެފިކްގެ ކުށްތައް
ޖަޕާނު އެހީގައި ގުރައިދޫ މަރުކަޒުގެ ވޯޑު މަރާމާތުކޮށްފި
ރިސާޗް އަދި އިނޮވޭޝަން ކޮންފެރެންސް ވިލާ ކޮލެޖްގައި
ގުރައިދޫ މަރުކަޒަށް ދެ ސައިކޭޓްރިސްޓް ހޯދަނީ