15 އޮކްޓޯބަރ 2019
ދިރާސާތައް ކުރުމަށް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ މުވައްޒަފުންނަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލި މީހުންގެ ތެރެއިން ނުވަ މީހަކު ހޮވައި އެ ދިރާސާތަކަށް ބޭނުންވާ ގްރާންޓް އެމްއެންޔޫ އިން މިއަދު ހަވާލުކޮށްފި އެވެ.
ދިރާސާތައް ކުރުމަށް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ މުވައްޒަފުންނަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލި މީހުންގެ ތެރެއިން ނުވަ މީހަކު ހޮވައި އެ ދިރާސާތަކަށް ބޭނުންވާ ގްރާންޓް އެމްއެންޔޫ އިން މިއަދު ހަވާލުކޮށްފި އެވެ.
އެތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާސާ ގްރާންޓް ހަވާލުކުރި ނުވަ މީހުން ކަނޑައެޅީ މިކަމަށް ކުރިމަތިލާން މިދިޔަ އޭޕްރިލް މަހު ހުޅުވާލުމުން ހުށަހެޅި 10 ޕްރޮޕޯސަލްގެ ތެރެއިންނެވެ.
އެމްއެންޔޫގެ ރިސާޗް ޑިޕާޓްމެންޓްގެ އެސިސްޓަންޓް ޕްރޮފެސަރު، ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބް ވިދާޅުވީ މިއަދު ދިން ގްރާންޓްތަކުގެ ޖުމުލަ އަދަދު 2.6 މިލިއަން ރުފިޔާ އަށް އަރާކަމަށެވެ. އެއީ 10،000ރ. އާއި 983،000ރ. އާ ދެމެދުގެ ގްރާންޓްތަކެވެ.
އެމްއެންޔޫގެ ރިސާޗް ޑިޕާޓްމަންޓްގެ އެސިސްޓަންޓް ޕްރޮފެސަރު ފަޒީލް ނަޖީބް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ: އެމްއެންޔޫ
ދިރާސާތައް ފުރިހަމަކުރަން އާންމުގޮތެއްގައި ދީފައި ވަނީ ހަ މަހާއި އެއް އަހަރު ދުވަހާ ދެމެދުގެ މުއްދަތެކެވެ. މި ދިރާސާތައް ފުރިހަމަ ކުރުމަށް ފަހު އެމްއެންޔޫގެ ރިސާޗު ޖާނަލްގައި ޝާއިއުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެމްއެންޔޫގެ ގްރާންޓުގެ އެހީގައި މީގެ ކުރިން ފުރިހަމަކޮށްފައިވާ ބައެއް ދިރާސާތައް ބޭރުގެ ކޮންފަރެންސްތަކުގައި ހުށަހަޅައިފައިވާ ކަމަށާއި، ބޭރު ގައުމުތަކުގެ ޔުނިވާސިޓީތަކުގެ ޖާނަލްތަކުގައި ވެސް ޝާއިއުކޮށްފައި އެބަހުރި ކަމަށް ފަޒީލް ވިދާޅުވި އެވެ.
ދިރާސާކުރުމުގެ ހުއްދަ ދީފައިވާ ޕްރޮޕޯސަލްތަކުގެ ތެރޭގައި ތިމާވެއްޓާއި ތައުލީމާއި ސިއްހަތާ ގުޅޭ ދިރާސާތައް ހިމެނެ އެވެ. އެންމެ ބޮޑު ގްރާންޓެއް ދިނީ އެމްއެންޔޫގެ މެޑިކަލް ސްކޫލްގެ ޑީން ޑރ. ޝީޒާ އަލީ އަށެވެ. އޭނާ ދިރާސާ ކުރައްވަނީ ދަގަނޑުގެ ބާވަތް މަދުވުމުން ތައިރޮއިޑް ބަލި އާންމުވުމާ ގުޅުމެއް ހުރިތޯ ބެލުމަށެވެ. އޭނާ ވިދާޅުވީ މިކަމާ ގުޅޭގޮތުން އެހެން ގައުމުތަކުން ކޮށްފައިވާ ދިރާސާތަކުން ފެންނަ ގޮތުގައި އެ ދެ ކަމުގައި ގުޅުމެއް ހުންނަ ކަމަށް ދައްކަ އެވެ.
"ތައިރޮއިޑް ހޯމޯން އުފައްދަން ބޭނުންވާ ވަރަށް ބައިވަރު މާއްދާތައް ހުރޭ. އޭގެ ތެރެއިން އެއް މާއްދާ ދަގަނޑުގެ ބަޔަކީ. ދަގަނޑުގެ ބައި މަދުވީމަ ތައިރޮއިޑް ހޯމޯން އުފެއްދުން މަދުވުމަކީ އެކަށީގެންވާ ކަމެއް. ބައެއް ގައުމުުތަކުގެ ދިރާސާތަކުން މިކަން ދައްކާތީ އަޅުގަނޑުމެން ބަލަން ބޭނުންވަނީ މިކަހަލަ ކަމެއް ރާއްޖޭގައި ވެސް އުޅޭކަން،" ޑރ. ޝީޒާ ވިދާޅުވި އެވެ.
މިކަހަލަ ގުޅުމެއް ހުރި ކަން ފެނިއްޖެ ނަމަ، ތައިރޮއިޑަށް މިހާރު ފަރުވާ ދޭ ގޮތް ބަދަލުކުރުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިރާސާކުރުމުގެ ގްރާންޓް ހޯދަން ހުށަހަޅަން އަހަރަކު ދެ ފަހަރު އެމްއެންޔޫ އިން ހުޅުވާލަ އެވެ. ފަޒީލް ވިދާޅުވީ މިއީ މި އަހަރުގެ ފުރަތަމަ ބުރު ކަމާއި އަދި މި އަހަރު އިތުރު ފުރުސަތެއް ލިބޭނެ ކަމަށެވެ.
ރައީސްގެ ނަސޭހަތަކީ ކިޔެވުމުގެ ދަތުރުގައި ހިތްވަރުކުރަން
ދިރާސާ ކުރުމާ ގުޅޭ މުބާރާތެއް އައިޔޫއެމްއިން ބާއްވަނީ
ސިޔާސަތުތައް އެކުލަވާލާނީ ދިރާސާތަކުގެ މައްޗަށް:ރައީސް
ފޮތްލިޔުމާއި ރިސާޗު ހަދަން އެމްއެންޔޫއިން 1.7މިލިއަން
އެމްއެންޔޫގެ 117 ކޯހަކަށް ކުރިމަތިލާން ހުޅުވާލައިފި
ޒުވާނުންގެ މެދުގައި ގިނައީ ޓްރެފިކްގެ ކުށްތައް
އެމްއެންޔޫގެ އާ ކޯސްތަކަށް މިމަހުގެ ނިޔަލަށް ހުށަހެޅޭނެ
އެމްއެންޔޫގެ "ތެވެލި މަހާސިންތާ" އޯގަސްޓުގައި
އެމްއެންޔޫގެ ކޯސްތަކަށް ކުރިމަތިލާން އިތުރު ހަފުތާއެއް
އެމްއެންޔޫގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި