07 ސެޕްޓެމްބަރ 2022
ދިވެހިރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ރިސާޗް ކޮންފަރެންސް ކަމަށްވާ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) ގެ މި އަހަރުގެ ކޮންފަރެންސް މި މަހުގެ 17 އާއި 18 ވަނަ ދުވަހު އެ ޔުނިވާސިޓީގައި އޮންނާނެ އެވެ.
ދިވެހިރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ރިސާޗް ކޮންފަރެންސް ކަމަށްވާ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) ގެ މި އަހަރުގެ ކޮންފަރެންސް މި މަހުގެ 17 އާއި 18 ވަނަ ދުވަހު އެ ޔުނިވާސިޓީގައި އޮންނާނެ އެވެ.
އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އައިޔޫއެމް އިން 2016 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މި ކޮންފަރެންސް، ކޮވިޑުގެ ސަބަބުން މިދިޔަ ދެ އަހަރު ބޭއްވީ ހައިބްރިޑްކޮށެވެ.
މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ވަރަށް ގިނަ އިލްމީ ބޭފުޅުން ބައިވެރިވެ ރިސާޗް ޕޭޕަރުތައް ހުށަހަޅުއްވާނެ އެވެ. އޭގެ ތެރޭގައި ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިއްހަތު، މީޑިއާ އަދި ސިޔާސަތާ ގުޅޭ ޕޭޕަރުތައް ހިމެނެ އެވެ. މީގެ އިތުރުން ޕެނަލް ޑިސްކަޝަން އެއް ވެސް އޮންނާނެ އެވެ.
އެހެން އަހަރުތަކޭ އެއް ފަދައިން މި އަހަރުގެ ކޮންފަރެންސްގައި ވެސް ވަރަށް ހާއްސަ ތިން ބޭފުޅަކު ކީނޯޓު ތަގުރީރު ދެއްވާނެ އެވެ. އޭގެ ތެރޭގައި މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ރައީސް އަދި މެލޭޝިއާގެ ސެންޓްރަލް ބޭންކުގެ ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ މިހާރު ޗެއާމަން ޕްރޮފެސަރު ޑރ. މުހައްމަދު ދާއޫދު ބަކަރް ހިމެނިވަޑައިގަންނަވަ އެވެ.
މީގެ އިތުރުން ޔަމަނުގެ ސަނާގެ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މުއައްސިސް އަދި ކުރީގެ ރައީސް ޕްރޮފެސަރު ޑރ. ދާވޫދު އަބްދުލްމަލިކް އާއި ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ އިސްލާމިކް ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް ޕްރޮފެސަރު ޑރ. މުހައްމަދު ޒިއާއުލް ހައްގު ވެސް ކީނޯޓު ދެއްވަވާނެ އެވެ.
ކޮންފަރެންސްގައި ރިސާޗު ޕޭޕަރުތައް ހުށަހަޅާނީ މައިގަނޑު ހަތަރު ތީމެއްގެ މައްޗަށެވެ.
ފުރަތަމަ ތީމަކީ ސޯޝަލް ސައިސަންސް، ހިއުމޭނިޓީސް އަދި އެޑިއުކޭޝަން އެވެ. މީގެ ސަބް ތީމުތަކަކީ ތައުލީމާއި ކަރިކިއުލަމް އާއި ސަގާފަތާއި ހެރިޓޭޖް، ލިންގިއުއިސްޓިކްސް އާއި ލިޓްރޭޗާ އަދި ބަސް، މީޑިއާ އާއި މާސް ކޮމިއުނިކޭޝަން، ހެލްތު އާއި ނާސިން އެންޑް ސޯޝަލް ވޯކް، ޕޮލިޓިކްސް އާއި ޑިޕްލޮމެސީ އާއި އިންޓަނޭޝަނަލް ރިލޭޝަންސް އަދި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އެވެ.
ގުރުއާނިކް ސްޓަޑީސް، ޝަރީއާ އެންޑް ލޯގެ މައްޗަށް އެކުލެވޭ މައިގަނޑު ތީމުގެ ތެރޭ ހިމެނޭ ސަބް ތީމުތަކަކީ އިސްލާމީ ގާނޫނުތަކާއި ބައިނަލްއަގްވާމީ ގާނޫނު، ގުރުއާނިކް ސްޓަޑީސް، ކޮންޓެމްޕަރަރީ އިޝޫސް އިން އިސްލާމިކް ވޯލްޑް އަދި ރަސޫލާގެ ލީޑާޝިޕް އެވެ.
ޓޫރިޒަމް، ތިމާވެށި އަދި ޓެކްނޮލޮޖީގެ މައްޗަށް އެކުލެވޭ ތީމުގެ ތެރެއިން ކަރުދާސް ހުށަހަޅާ ސަބް ތީމުތަކަކީ ހަލާލް ޓޫރިޒަމް، މޫސުމީ ބަދަލުތައް، ދެމެހެއްޓެނިވި ތަރައްގީ އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެވެ.
މެނޭޖްމަންޓް، ވިޔަފާރި، އިގްތިސާދު، އެކައުންޓިން، ފައިނޭންސް އަދި ބޭންކިން އަކީ ވެސް މައިގަނޑު ތީމެވެ. މީގެ ދަށުގައި އިސްލާމިކް ފައިނޭންސް، ހިއުމަންސް ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ކެޕިޓަލް މާކެޓް އަދި މާކެޓިން އާއި ބްރޭންޑިން ސަބް ތީމުތަކަކަށް ހިމެނެ އެވެ.
މީގެ އިތުރުން އެކި ދާއިރާތަކުން ކޮވިޑާ ގުޅޭ ޕޭޕަރުތައް ވެސް ހުށަހަޅާނެ އެވެ.
މި ކޮންފަރެންސަށް ރިސާޗު ޕޭޕަރު ހުށަހެޅުމުގެ ފުރުސަތާއި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހަމަވެފަ އެވެ. ބައިވެރިންގެ އަދަދާއި ހުށަހެޅޭ ޕޭޕަރުގެ އަދަދާއި ދާއިރާތަކަށް ބަލާއިރު މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ރިސާޗް ކޮންފަރެންސަށް ވާނެ އެވެ.
"އިލްމީ ދިރާސާތައް އާއްމުންގެ ޝައުގާ ގުޅުވާލަން ޖެހޭ"
އައިޔޫއެމްގެ ރިސާޗް ކޮންފަރެންސް ފަށައިފި
ދިރާސާ ކުރުމާ ގުޅޭ މުބާރާތެއް އައިޔޫއެމްއިން ބާއްވަނީ
ރާއްޖޭގައި 12 އަހަރުން ލިބެނީ 8 އަހަރުގެ ތައުލީމް
އައިޔޫއެމްގެ ލެކްޗަރާއިން ޓީޗިން ހަދަން މުއްދަތެއް
މުސާރައިގެ މައްސަލަ: މިއީ މޫނުމަތީގައި ޖެހި ތަފާލެއް!
އޮންލައިންކޮށް ކިޔެވުމާ ހެދި ނަފުސާނީ މައްސަލަތައް
ކުރިމަގުގެ ޖީލު އޮތީ ނުރައްކަލެއްގައި: ޑަބްލިއުއެޗްއޯ
ނެދަލެންޑްސްގައި އިނގިރޭސި ބަހަށް އެއް ވަނަ
ކުލާހުގެ ހަގު ދަރިވަރު ނަމަ އެކުވެރިން މަދު