ކިޔަވައިދިނުމުގެ ސެޓްފިކެޓް ނެތް ލެކްޗަރާއިން ޓީޗިން ފުރިހަމަކުރަން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން މުއްދަތެއް ދީފި އެވެ.
09 މެއި 2022
ކިޔަވައިދިނުމުގެ ސެޓްފިކެޓް ނެތް ލެކްޗަރާއިން ޓީޗިން ފުރިހަމަކުރަން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން މުއްދަތެއް ދީފި އެވެ.
އެ ޔުނިވާސިޓީގެ ރަޖިސްޓްރާ އަހުމަދު ރައޫފް "މިހާރު" އަށް މިއަދު ވިދާޅުވީ ކޮލެޖު/ޔުނިވާސިޓީގައި ކިޔަވައިދޭއިރު ޓީޗިން އަށް ނުވަތަ ކިޔަވައިދިނުމާ ގުޅޭ ސެޓްފިކެޓަކަށް ކުރިން ނުބަލާ ކަމަށެވެ. ނަމަވެސް، ކޮންމެ ދާއިރާއަކާ ގުޅޭގޮތުން ކިޔަވައިދިނަސް ޓީޗިންއާ ނުލައި ކުރިއަށް ދިއުމަކީ ދަތިކަމަކަށް ވާތީ، އެ ޔުނިވާސިޓީގެ ލެކްޗަރާއިން ވަނީ ޓީޗިން ފުރިހަމަކުރަން މިދިޔަ އަހަރުގެ ޖޫން މަހު އެ ތަނުގައި ފަށައިފަ އެވެ.
ރައޫފް ވިދާޅުވީ، 2024 ވަނަ އަހަރު ނިމުމުގެ ކުރިން އައިޔޫއެމްގެ ލެކްޗަރާއިން އެންމެ މަދުވެގެން ޓީޗިން ދާއިރާ އިން ޑިޕްލޮމާ ނިންމަން ޖެހޭނެ ކަމަށެވެ.
"އެސެސްމަންޓަށް ބެލިއަސް ޓީޗަރަކަށް ބޭނުންވާ ވަރަށް މުހިއްމު ބައެއް، ޓީޗިން ނުހަދާ ހުންނަ މީހެއްގެ ގައިގައި މަދުވާނެ. ކިޔަވައިދިނުމުގައި ތަފާތު އެކި އުކުޅުތައް ބޭނުންވާނެ. އެ ކަންކަމުގެ މުހިއްމުކަން އިހުސާސް ކުރެވިގެން ނިންމި ނިންމުމެއް އެއީ،" އޭނާ ވިދާޅުވި އެވެ.
"ކިޔަވައިދިނުމުގެ ސެޓްފިކެޓެއް ނެތަސް ކިޔަވައިދިނުމުގައި އެތައް އަހަރެއް ވެފައި ތިބި މީހުން އެބަ ތިބި."
ރައޫފް ވިދާޅުވިގޮތުގައި، ޓީޗިންއާ ގުޅޭ ހުރިހާ ކޯހެއްގެ ސެޓްފިކެޓް ވެސް ބަލައިގަންނާނެ އެވެ. އަދި ރާއްޖޭގައި ރަޖިސްޓަރީކޮށް، ހިންގާ ކޮންމެ ކޮލެޖު/ޔުނިވާސިޓީއަކުން އައިޔޫއެމްގެ ލެކްޗަރާއިންނަށް ކޯސް ހެދޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
އައިޔޫއެމްގައި ހިންގާ އެ ކޯހުގެ މުއްދަތަކީ އެއް އަހަރެވެ. ނަމަވެސް ލެކްޗަރާއިންނަށް ފަސޭހަކޮށްދިނުމަށް ތިން ސެމިސްޓާއަށް އިތުރުކޮށް، ދޮޅު އަހަރަށް ވަނީ ދަންމާލައިފަ އެވެ.
އެ ޔުނިވާސިޓީގައި މި ވަގުތު ގާތްގަނޑަކަށް 60 ލެކްޗަރާއިން މަސައްކަތް ކުރެ އެވެ.
ޓީޗިން ކޯސްތައް އޮންލައިންކޮށް ނުގެންދެވޭނެ: އެމްކިއުއޭ
މުސާރައިގެ މައްސަލަ: މިއީ މޫނުމަތީގައި ޖެހި ތަފާލެއް!
"ޓީޗަރުންނަށް މި ސަރުކާރުން ދެރަ ގޮތެއް ނުހަދާނެ"
ލޯފަން ތިންބެއިންނަށް އޮތީ ޕީއެޗްޑީ، ދޫދިނުމެއް ނެތް!
ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ ކަނޑާލައިފި
ދަރިވަރަކު ގްރޫމްކުރި ޓީޗަރު ވަޒީފާއިން ވަކިކޮށްފި
އަންހެން ޓީޗަރަކު ދަރިވަރަކު ގްރޫމްކުރި މައްސަލަ ބަލަނީ
ރީރަޖިސްޓްރީނުކުރާ 101 ތަނެއްގެ ސަނަދު ގަބޫލުނުކުރާނެ
އެސަސްމަންޓްތަކުން 50 ޕަސެންޓް ހޯދުން ލާޒިމް ކޮށްފި
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ