Roadha Mihaaru
ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހަދަން ޗައިނާ ކުންފުންޏަކަށް

މާލެ އާއި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމްކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

25 ޖޫން 2021

މާލެ އާއި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމްކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ސަރުކާރުން އިޔްޔެ ހަވާލުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލެ އާއި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމްކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ސަރުކާރުން އިޔްޔެ ހަވާލުކޮށްފި އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ މާލެ އާއި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޑިޒައިން ކުރުމާއި އެތަން ގާއިމް ކުރުމުގެ އިތުރުން އެތަނަށް ބޭނުންވާ ސާމާނު ސަޕްލަައި ކުރުމުގެ މަސައްކަތް ސަރުކާރުން އިއްޔެ ހަވާލުކުރީ ޗައިނާގެެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑާ (ސީއެސްސީއީސީ) އާ ކަމަށެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގަައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރްމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ މަޝްރޫއު ދޮޅު އަހަރުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

މާލެ އާއި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމްކުރުން ޗައިނާ ކުންފުނިން އިއްޔެ ދިވެހި ސަރުކާރާއެކު ސޮއިކުރަނީ.--- ފޮޓޯ/އެންވަޔަރުމެންޓް މިނިސްޓްރީ

މާލެ އާއި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމްކުރުން ޗައިނާ ކުންފުނިން އިއްޔެ ދިވެހި ސަރުކާރާއެކު ސޮއިކުރަނީ.--- ފޮޓޯ/އެންވަޔަރުމެންޓް މިނިސްޓްރީ

އެ މަޝްރޫއުގެ އަގަކީ 11.7 މިިލިއަން ޑޮލަރު (180 މިލިއަން ރުފިޔާ) އެވެ. އެ މަޝްރޫއުއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއު އެކެވެ.