ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ ވަރުގަދަ ބިނާ ކަމަށްވާ ސިނަމާލެ ބްރިޖުގެ ހާލަތު އަދިވެސް ވަރަށް "ބަރާބަރު" ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ކޮންގް ޝިއަންހު މިއަދު ވިދާޅުވެއްޖެ އެވެ.
07 މެއި 2025
ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ ވަރުގަދަ ބިނާ ކަމަށްވާ ސިނަމާލެ ބްރިޖުގެ ހާލަތު އަދިވެސް ވަރަށް "ބަރާބަރު" ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ކޮންގް ޝިއަންހު މިއަދު ވިދާޅުވެއްޖެ އެވެ.
ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗައިނާ އާއި ރާއްޖޭގެ އެކުވެރިކަމުގެ ރަމްޒެއް ކަމުގައިވާ ސިނަމާލެ ބްރިޖުގެ އިންސްޕެކްޝަންގެ މަސައްކަތުގައި އުޅޭ ޒުވާން ޓީމާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.
"އުފާވެރި ޚަބަރެއް: އެމީހުންގެ ފުރިހަމަ އިންސްޕެކްޝަނަށް ފަހު، މި ރީތި ބްރިޖު، ހަތް އަހަރު ބޭނުންކުރުމަށް ފަހު ވެސް، ވަރަށް ރަނގަޅު ހާލަތެއްގައި އޮތްކަން އެނގިއްޖެ،" ސަފީރު ވިދާޅުވި އެވެ.
Just held a meeting with the young team of China-Maldives Friendship Bridge inspection work.
— Ambassador Kong Xianhua (@China_Amb_Mdv) May 7, 2025
GOOD NEWS: according to their thorough inspection, the condition of this beautiful bridge, after 7 years in use, is terrifically good! pic.twitter.com/83GBnyuPCq
ސަފީރު ވިދާޅުވީ ސިނަމާލެ ބްރިޖުގެ ހާލަތު އަދިވެސް ރަނގަޅީ އެތަން އިންސްޕެކްޓުކޮށް، ބެލެހެއްޓުމުގައި ޗައިނާގެ ޕްރޮފެޝަނަލް ޓީމެއް މަސައްކަތްކުރާތީ ކަމަށެވެ. އެ ޓީމުގައި ޗައިނާގެ ޒުވާން އިންޖީނިއަރުންގެ އިތުރުން ބައެއް ދިވެހި ޒުވާނުން ވެސް އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދުކުރަނީ އިތުރު ގިނަ ދިވެހި ޒުވާނުން ގާބިލު އިންޖީނިއަރުންގެ ގޮތުގައި ކުރިއަރައި، ބްރިޖް މެއިންޓަނަންސްގެ މަސައްކަތާ ހަވާލުވާނެ ކަމަށް،" ސަފީރު ވިދާޅުވި އެވެ.
މާލެ އާއި ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖު: ބްރިޖުގެ ހާލަތު އަދިވެސް ވަރަށް ރަނގަޅު ކަމަށް އިންސްޕެކްޝަނުން ވަނީ އެނގިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އާ ސަފީރު ކޮންގް ޝިއަންހު އެ މަގާމާ ހަވާލުވެ، ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެރުވީ މިދިޔަ ހޯމަ ދުވަހު އެވެ.
އޮގަސްޓް 30، 2018 ގައި ބޭނުންކުރަން ފެށި ސިނަމާލެ ބްރިޖަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބައެއްގެ ދިރިއުޅުން ބަދަލުކޮށްލައި، މި ސަރަހައްދުގެ ދަތުރުފަތުރަށް ވަރަށް ބޮޑު ލުޔެއް ގެނެސްދިން ބިނާއެކެވެ. މިހާރު ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު، 1.4 ކިލޯމީޓަރުގެ މި ބްރިޖު ހުރަސްކޮށް، މާލެ އާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދުގައި ދަތުރު ކުރެ އެވެ.
މާލެ އާއި ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖު: ބްރިޖުގެ ހާލަތު އަދިވެސް ވަރަށް ރަނގަޅު ކަމަށް އިންސްޕެކްޝަނުން ވަނީ އެނގިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސިނަމާލެ ބްރިޖަކީ ޗައިނާ ސަރުކާރުގެ ބޮޑު އެހީއެއް ލިބިގެން ރާއްޖޭގައި ހިންގި އެ ފެންވަރުގެ ފުރަތަމަ، އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ވެސް މެ އެވެ. ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު އެ ބްރިޖަކަށް ހަރަދުވި އިރު، އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީ އެވެ. ލޯނެއްގެ ގޮތުގައި 72 މިލިއަން ޑޮލަރު ދިން އިރު، ދިވެހި ސަރުކާރުން އެ މަޝްރޫއަށް 12 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
އެ ބްރިޖު ބޭނުންކުރަން ފެށީރުއްސުރެ މިއަދާ ހަމައަށް ވެސް އެތަނުގެ މެއިންޓެނަންސްގެ ކަންކަން ބަލަހައްޓަނީ ބްރިޖު އިމާރާތްކުރި ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ. އެ ކުންފުނިން އެ މަސައްކަތް ކޮށްދެނީ ހިލޭ އެވެ.
މާލެ ސަރަހައްދު ބަދަލުކޮށްލި ބްރިޖަށް ހަތަރު އަހަރު
އެހީވަނީ ދެކޮޅުވެރިކުރުވާކަށް ނޫން: ޗައިނާ ސަފީރު
ސިނަމާލެ ބްރިޖުގެ ވާހަކަ ފޮތެއްގެ ސިފައިގައި
ބްރިޖުގެ ދަގަނޑުތަކުން ދަބަރު ފިލުވަން އާ މެޓީރިއަލެއް
ބްރިޖާ ދިވެހި ސަރުކާރުން ހަވާލުވާނީ ދެ އަހަރު ފަހުން
ބްރިޖު: ގޮންޖެހުން ބޮޑު މަޝްރޫއު ތާރީޚުގެ ތެރެއަށް
ބްރިޖު ހުޅުވާ ރަސްމިއްޔާތަށް ޗައިނާގެ މަންދޫބެއް
ބުރާސްފަތި ދުވަހު ބްރިޖު ހުޅުވަނީ
ބްރިޖުގެ މައިގަނޑު މަސައްކަތްތައް ޖުލައި މަހު ނިމޭނެ
ބްރިޖްގެ ތަނބުގެ ކޮންކްރީޓް މަސައްކަތް ފަށައިފި