29 އޯގަސްޓް 2018
ޗައިނާގެ އެހީތެރިކަމާ އެކު ހަދާފައިވާ މާލެ-ހުޅުލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގެ ސަރުކާރުގެ މަންދޫބެއް އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.
ޗައިނާގެ އެހީތެރިކަމާ އެކު ހަދާފައިވާ މާލެ-ހުޅުލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގެ ސަރުކާރުގެ މަންދޫބެއް އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ މާދަމާ ރޭ އޮންނަ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް ޗައިނާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއާމަން ވޭންގް ޝިއާޓޯއާ އެކު، ފަސް ބޭފުޅުންގެ ވަފުދެެއް ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެ ގައުމުގެ ފޮރިން މިނިސްޓްރީ އާއި އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫއު، ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވުމުގެ ހަފުލާގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ހުޅުމާލޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ވެސް ޗައިނާ ސަރުކާރުގެ މަންދޫބު ބައްލަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރުގެ ހަރަދު ވާއިރު އޭގެ ތެރެއިިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދ 72 މިިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
ބްރިޖާ ދިވެހި ސަރުކާރުން ހަވާލުވާނީ ދެ އަހަރު ފަހުން
އެހީވަނީ ދެކޮޅުވެރިކުރުވާކަށް ނޫން: ޗައިނާ ސަފީރު
ސިނަމާލެ ބްރިޖުގެ ވާހަކަ ފޮތެއްގެ ސިފައިގައި
ހުޅުމާލޭގައި ޗައިނާ އިން ސްޓޭޑިއަމެއް އަޅައިދެނީ
ބްރިޖު: ގޮންޖެހުން ބޮޑު މަޝްރޫއު ތާރީޚުގެ ތެރެއަށް
ބުރާސްފަތި ދުވަހު ބްރިޖު ހުޅުވަނީ
ބްރިޖު ހުޅުވުމުގެ މަޝްވަރާ އަށް މިނިސްޓަރު ޗައިނާ އަށް
ބްރިޖުގެ މައިގަނޑު މަސައްކަތްތައް ޖުލައި މަހު ނިމޭނެ
ބްރިޖުގެ އައިބީމްތައް އަޅަން ފަށައިފި
މައްސަލައެއް ނޫޅޭ، ބްރިޖްގެ މަސައްކަތް ކުރިއަށް އެބަދޭ