07 މެއި 2018
މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖް ހުޅުވުމާ ގުޅޭ ގޮތުން ޗައިނާ ސަރުކާރުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށް އަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ އެ ގައުމަށް ފުރާވަޑައިގެންފި އެވެ.
މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖް ހުޅުވުމާ ގުޅޭ ގޮތުން ޗައިނާ ސަރުކާރުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށް އަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ އެ ގައުމަށް ފުރާވަޑައިގެންފި އެވެ.
މި އަހަރުގެ ޖުލައި 26 ގައި ހުޅުވަން އަމާޒު ހިފާފައިވާ ބްރިޖުގެ މަސައްކަތް ކުރަނީ ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ.
ޗައިނާ އަށް ފުރާވަޑައިގަތުމުގެ ކުރިން، ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް މިނިސްޓަރު ވިދާޅުވީ ރާއްޖެ އާއި ޗައިނާގެ ގާތް ގުޅުން ރަމްޒު ކޮށްދޭ ބްރިޖު ހުޅުވަން ނިންމާފައި ވަނީ ކުލަގަދަ ރަސްމިއްޔާތަކާ އެކު ކަމަށެވެ. އެހެންވެ، ތާރީޚީ ބްރިޖު ހުޅުވުމާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކޮށް، ޗައިނާ ސަރުކާރުގެ ކަމާބެހޭ އިސް ބޭފުޅުންނާ އެކު މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ބްރިޖު މަރާމާތު ކުރުމާއި މިހާރު ނުނިމި ހުރި އެހެން ބައެއް މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ދާގޮތް ބައްލަވާލެއްވުމަށް ހައުސިން މިނިސްޓަރު މުއިއްޒު ބްރިޖަށް ވަޑައިގަންނަވަނީ. .--މިހާރު ފޮޓޯ: ހުސެއިން ވަހީދު
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގައި މިހާރު ކުރިއަށް ގެންދަނީ ސުޕަސްޓްރަކްޗާ އިން ތަނބުތައް ގުޅުވާލުމުގެ މަސައްކަތެވެ. މާލޭކޮޅުގެ މަސައްކަތް ނިންމުމަށް ފަހު މިހާރު ވަނީ ހުޅުމާލޭކޮޅުގެ މަސައްކަތް ފަށައިފަ އެވެ. މި މަސައްކަތް ނިމުމުން ދެން އޮންނާނީ، ބްރިޖުގެ ލޭންތަކާއި އެ ނޫން ވެސް ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތެވެ.
ބްރިޖުގެ މަސައްކަތް ނިންމަން ސީސީސީސީއާ އެކު އެއްބަސްވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. އެކަމަކު އޭގެ ކުރިން ބްރިޖް ނިމޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
ބްރިޖުގެ އައިބީމްތައް އަޅަން ފަށައިފި
މައްސަލައެއް ނޫޅޭ، ބްރިޖްގެ މަސައްކަތް ކުރިއަށް އެބަދޭ
ބްރިޖާ ދިވެހި ސަރުކާރުން ހަވާލުވާނީ ދެ އަހަރު ފަހުން
ބްރިޖު: ގޮންޖެހުން ބޮޑު މަޝްރޫއު ތާރީޚުގެ ތެރެއަށް
ބްރިޖު ހުޅުވާ ރަސްމިއްޔާތަށް ޗައިނާގެ މަންދޫބެއް
ބްރިޖުގެ މައިގަނޑު މަސައްކަތްތައް ޖުލައި މަހު ނިމޭނެ
ބްރިޖުގެ ބީމްތައް ގެންނަ ތާރީޚު ފަސްވެއްޖެ
ބްރިޖްގެ ބައެއްގެ މަސައްކަތް ބަލަން މުއިއްޒު ޗައިނާއަށް
ބްރިޖުގެ މަސައްކަތުގެ ސްޕީޑު ހަގީގަތުގައި ވެސް އަވަސް
ގޯޅިތައް ހިތްފަސޭހަ ތަނަކަށް ހަދަން ޗައިނާ އެހީވަނީ