20 ޑިސެމްބަރ 2017
މާލެ އާއި ހުޅުލެއާ މެދު އަޅާ ބްރިޖުގެ ކޮންކްރީޓް މަސައްކަތާއި ދަގަނޑު ބޭނުންކޮށްގެން ކުރަމުން އަންނަ މަސައްކަތްތައް އަންނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ އާއި ހުޅުލެއާ މެދު އަޅާ ބްރިޖުގެ ކޮންކްރީޓް މަސައްކަތާއި ދަގަނޑު ބޭނުންކޮށްގެން ކުރަމުން އަންނަ މަސައްކަތްތައް އަންނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބްރިޖުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު، މިނިސްޓަރު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސައްކަތް ކުރިއަށް ގެންދަނީ ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް އަދި ބްރިޖުގެ ފެންވަރު ބަލަހައްޓާ އަރުުޕްގެ ބެލުމުގެ ދަށުން ކަމަށެވެ.
Just completed a comprehensive progress meeting on CMFB with the Contractor; all the concrete works and the main steel works of the whole bridge will be completed by 1st week of July 2018. The project is on schedule, with quality monitored on behalf of GoM by world renowned Arup. pic.twitter.com/DQk4UNcmaf
— Dr.Mohamed Muizzu (@MMuizzu) December 20, 2017
ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ މިނިވަން ދުވަސް، ޖުލައި 26 ގައި ބްރިޖް ހުޅުވާނެ އެވެ.
ބްރިޖުގެ އައިބީމްތައް ނުވަތަ ކޮންކްރީޓުން ހަދާފައިވާ ބޮޑެތި ބެރިތައް އެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މާލޭ ކޮޅުން ބްރިޖު ފެށޭ ހިސާބުން ބެރިއަޅަން މި ފެށީ ޑެކު އެޅުމަށްޓަކަ އެވެ. ބެރިތައް ނިމުމުން، ޑެކު އަޅައި، ޗައިނާގައި މިހާރު ތައްޔާރުކުރަމުން އަންނަ ސުޕަ ސްޓްރަކްޗާ ގެނެސް އަތުރާލާނީ އެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
ބްރިޖާ ދިވެހި ސަރުކާރުން ހަވާލުވާނީ ދެ އަހަރު ފަހުން
ބްރިޖު: ގޮންޖެހުން ބޮޑު މަޝްރޫއު ތާރީޚުގެ ތެރެއަށް
ބްރިޖު ހުޅުވާ ރަސްމިއްޔާތަށް ޗައިނާގެ މަންދޫބެއް
ބުރާސްފަތި ދުވަހު ބްރިޖު ހުޅުވަނީ
ބްރިޖު ހުޅުވުމުގެ މަޝްވަރާ އަށް މިނިސްޓަރު ޗައިނާ އަށް
ބްރިޖުގެ ބީމްތައް ގެންނަ ތާރީޚު ފަސްވެއްޖެ
ބްރިޖުގެ އައިބީމްތައް އަޅަން ފަށައިފި
ބްރިޖުގެ މަސައްކަތުގެ ސްޕީޑު ހަގީގަތުގައި ވެސް އަވަސް
ބްރިޖްގެ ތަނބުގެ ކޮންކްރީޓް މަސައްކަތް ފަށައިފި
މައްސަލައެއް ނޫޅޭ، ބްރިޖްގެ މަސައްކަތް ކުރިއަށް އެބަދޭ