Roadha Mihaaru
މާލެ ސަރަހައްދު ބަދަލުކޮށްލި ބްރިޖަށް ހަތަރު އަހަރު

މާލެ ސަރަހައްދު ބަދަލުކޮށްލި ބްރިޖަށް ހަތަރު އަހަރު

30 އޯގަސްޓް 2022

މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވާލި ސިނަމާލެ ބްރިޖުމަތިން ދުއްވާތާ 1،460 ދުވަސް، 35،040 ގަޑިއިރު ނުވަތަ 48 މަސް މިއަދަށް ހަމަވީއިރު އެ ބުރިޖާ އެކު ދިވެހިންގެ ދިރިއުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ރާއްޖޭގެ ތާރީހު ބަދަލުކޮށް އެ ބިޔަ މަޝްރޫއުއާ އެކު، ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފަސޭހަކަމާ އެކު ދަތުރުފަތުރު ކުރެވުމުގެ އިތުރުން އިގްތިސާދީ ގޮތުން ވެސް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ.

މާލެއިން ހުޅުމާލެ އަށް ކަނޑުމަގުން ކުރި 30 މިނެޓުގެ ދަތުރު، ބްރިޖު ހުރަސްކޮށް، 10 މިނެޓުގެ ކުރު ދަތުރަކަށް ވަނީ ބަދަލުވެފަ އެވެ. މާލޭގެ ތޮއްޖެހިފައިވާ މާހައުލުން ބޭރުވެ، ހަމަޖެހުމުގެ ނޭވާއެއްލުމަށް އެތައް ހާސް ބަޔަކު ދަތުރުކުރާ މަންޒިލަކަށް ވެސް ހުޅުމާލެ ބަދަލުވީ އެވެ. ވިޔަފާރިތަކަށް އާ ފުރުސަތުތައް ފަހިވެގެން ދިޔަ އެވެ.

ރިޔާސީ ވައުދެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނަށް ދެއްކެވި މަންޒަރުތަކަށް ދިރުން ގެންނަން ހަވާލުކުރި، ޗައިނާގެ ސީސީސީސީ ކުންފުންޏަށް އެކަން ކުރެވުނީ، ހަތަރު އަހަރު ވަންދެން 24 ގަޑިއިރު ހުއްޓާނުލައި ކުރި މަސައްކަތުންނެވެ.

ދުނިޔޭގެ ވަރަށް ގިނަ ބްރިޖުތައް ފަސޭހަކަމާ އެކު ނިންމާލެވުނަސް "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު"ގެ ހުވަފެން ހަގީގަތަކަށް ހަދަން ސީސީސީސީ އަށް ކުރަން ޖެހުނު މަސައްކަތްތައް އުނދަގޫވެފައި ގޮންޖެހުންތައް ބޮޑެވެ. އެކަމަކު ވެސް ބްރިޖަކީ ދެ ގައުމުގެ ގުޅުމުގެ ރަމްޒު ކަމުގައި ދެކިގެން އެ މީހުން ވެސް އެ މަސައްކަތް ކުރީ ވަރުގަދަ އަޒުމަކާ އެކުގަ އެވެ. މިއަދު މި ފާހަގަކުރަނީ އެ ގާތް އެކުވެރިކަމެވެ.