ކަނޑުގައި ފްލޯޓިން ސޯލާ މަޝްރޫއުތައް ހިންގައިގެން އަވިން ހަކަތަ އުފެއްދުމުގައި ޗައިނާއިން ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ކަމަށާއި، ރާއްޖޭގައި ވެސް އެފަދަ މަޝްރޫއުއެއް ހިންގުމަށް ޗައިނާގެ ކުންފުނިތައް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެ އެވެ.
ކަނޑުގައި ފްލޯޓިން ސޯލާ މަޝްރޫއުތައް ހިންގައިގެން އަވިން ހަކަތަ އުފެއްދުމުގައި ޗައިނާއިން ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ކަމަށާއި، ރާއްޖޭގައި ވެސް އެފަދަ މަޝްރޫއުއެއް ހިންގުމަށް ޗައިނާގެ ކުންފުނިތައް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ނުރައްކާތަކާއި ތިމާވެށި ހިމާޔަތްކުރުމުގައި ބައިނަލްއަގުވާމީ މައިދާނުގައި ޗައިނާއިން އިސް ދައުރެއް އަދާކުރަމުންދާ ކަމަށެވެ.
ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ގައުމެއްކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ތިމާވެށީގެ ރޮނގުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މިގޮތުން، މޫސުމީ ނުރައްކާތައް ދުރާލައި ދެނެގަތުމުގެ ސިސްޓަމްތައް ގާއިމުކުރުމުގެ އިތުރަށް ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ރާއްޖޭގެ ކަނޑުތަކުގެ ދިރާސާތައް ކުރުމުގައި ދެ ގައުމު ގުޅިގެން އެކިއެކި މަޝްރޫއުތައް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވި އެވެ.
ޗައިނާ ސަފީރު ކޮންގްގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު. --ފޮޓޯ: ރައީސް އޮފީސް
މި މަސައްކަތުގެ ދަށުން އެންމެ އިސްކަމެއް ދޭންޖެހޭ ދާއިރާއަކީ، ސަފީރު ވިދާޅުވި ގޮތުގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުން އިތުރުކުރުމެވެ. މިގޮތުން، ސޯލާ ނުވަތަ އަވިން ހަކަތަ އުފެއްދުމުގެ ގާބިލުކަން އިތުރުކުރުން މުހިންމުކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެއަކީ ތެޔޮ ހުރި ގައުމެއް ނޫން. އެކަމަކު ރާއްޖެއަކީ އަބަދު އަވިދީފައި އޮންނަ ގައުމެއް. އެހެންވީމާ ރާއްޖެއަކީ ސޯލާ ހަކަތަ އުފެއްދުމުގެ ފުރުސަތު ވަރަށް ބޮޑު ގައުމެއް،" ސަފީރު ވިދާޅުވި އެވެ.
ނަމަވެސް، ރާއްޖެ ފަދަ ބިން މަދު ގައުމެއްގައި، ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަނޑުގައި ސޯލާ ނިޒާމުތައް ގާއިމުކޮށްގެން އިއާދަކުރަނިވި ހަކަތަ އުފެއްދުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިގޮތުން، އޭއައި ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުގައި ސޯލާ ނިޒާމުތައް ގާއިމުކޮށް، އޭގެން ހަކަތަ އުފެއްދުމުގައި ޗައިނާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށް ސަފީރު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ، ޗައިނާގެ އިންވެސްޓަރުން ރާއްޖެއަށް ގެނެސް، ރާއްޖޭގެ ކަނޑުތަކުގައި ބޮޑު ސޯލާ މަޝްރޫއުއެއް ހިންގުމުގެ ފީޒިބިލިޓީ ހެދުމަށް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިފަދަ މަޝްރޫއުއެއް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިއްޖެނަމަ، ހަކަތަ އުފެއްދުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބުމުގެ އިތުރުން، ތެޔޮ ގަންނަން ރާއްޖޭން ކުރާ ހޭދަ ކުޑަކުރެވި، ބޭރު ފައިސާ ލިބުމުގެ ދަތިތަކަށް ވެސް ލުޔެއް ލިބިގެންދާނެކަމަށް ސަފީރު ވިދާޅުވި އެވެ.
އިޔާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއު ހަ ރަށެއްގައި
ޗައިނާއިން ރާއްޖެ އަށް 262،500 ލެޑް ހަދިޔާކޮށްފި
ވާދޫގައި 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ!
ހަކަތައިގެ ބިޔަ ޕްރޮޖެކްޓް ހިންގާނެ ބަޔަކު ހޯދަނީ
10 ޕަސެންޓްގެ ކަރަންޓް އުފެއްދީ ވަޔާއި އަވިން
ތެލުގެ ހޭދައިން 225 މިލިއަން ކުޑަކުރެވޭނެ: ޝައުނާ
ރައީސް ޝީގެ ތިމާވެށީގެ އިސްނެންގުވުމަށް ތައުރީފު
ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހަދަން ޗައިނާ ކުންފުންޏަކަށް
ގިނަ ރަށްތަކެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ
އަވިން ހަކަތަ އުފެއްދުމަށް މާ ފަސޭހަ މާއްދާއެއް