Roadha Mihaaru
"ބަރިސްތަ ބާބޫ" ގެ އާ ބަތަލާ އަކީ އާޗަލް

"ބަރިސްތަ ބާބޫ" ގެ އާ ބަތަލާ އަކީ "ކިޔު އުތެ ޗޯޅު އާޔޭ" ގެ ވަޝްމާ

25 ޖޫން 2021

ކަލާޒްގެ ސިލްސިލާ "ބަރިސްތަ ބާބޫ" ގެ ވާހަކަ އަށް ބޮޑު ލީޕެއް ގެންނަން ނިންމާފައިވާތީ އޭގައި ލީޑް ރޯލު ކުޅޭ ކުޑަކުއްޖާގެ ޒުވާން ކެރެކްޓާ ކުޅޭ އާ ބަތަލާއާ އެކު، ޕްރޮމޯއެއް ދައްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒްގެ ސިލްސިލާ "ބަރިސްތަ ބާބޫ" ގެ ވާހަކަ އަށް ބޮޑު ލީޕެއް ގެންނަން ނިންމާފައިވާތީ އޭގައި ލީޑް ރޯލު ކުޅޭ ކުޑަކުއްޖާގެ ޒުވާން ކެރެކްޓާ ކުޅޭ އާ ބަތަލާއާ އެކު، ޕްރޮމޯއެއް ދައްކަން ފަށައިފި އެވެ.

މިހާތަނަށް ބޮންޑިތާގެ ރޯލު ކުޅެމުން އަންނަ 10 އަހަރުގެ އައުރާ ބަޓްނާގަރްގެ ބަދަލުގައި އަންނަ މަހުގެ 1 އިން ފެށިގެން ސިލްސިލާގެ ލީޑް ބަތަލާގެ ރޯލުން ފެންނާނީ އާޗަލް ސަހޫ، 19، އެވެ. އޭނާ އަކީ ސޮނީ ޓީވީން ދައްކަމުން އަންނަ "ކިޔު އުތެ ޗޯޅު އާޔޭ" މައިގަނޑު އެއް ރޯލު ކަމަށްވާ ވަޝްމާގެ ރޯލު ކުޅޭ ބަތަލާ އެވެ. އޭނާ އަށް "ބަރިސްތަ ބާބޫ" އިން ފުރުސަތު ލިބުމުން ސޮނީގެ ސިލްސިލާގައި ވަޝްމާގެ ކެރެކްޓާގެ ފިރިމީހާ އުދޭގެ ރޯލު ކުޅޭ ޝަގޫން ޕާންޑޭ ޕްރޮމޯ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.

އާޗަލް އަށް "ބަރިސްތަ ބާބޫ" އން ފުރުސަތު ލިބުނީ އެ ރޯލު ކުޅެން ކުރިން ލިބުނު ކަނިކާ މަން އެ ފުރުސަތު ދޫކޮށްލުމުންނެވެ. އޭނާ ބުނެފައިވާ ގޮތުގައި ބޮންޑިތާގެ ރޯލު ދޫކޮށްލީ ޑިޖިޓަލް ކޮންޓެންޓަކުން ފުރުސަތު ލިބުމުން އޭގެ ބޭނުން ހިފުމުގެ ގޮތުންނެވެ.

އާޗަލްއާ އެކު "ބަރިސްތަ ބާބޫ" ގެ އާ ޕްރޮމޯ ދައްކަމުން އަންނަ އިރު، އޭގެ ލީޑް އެކްޓަރުގެ ރޯލުން ކުރިއަށް އޮތް ތަނުގައި ވެސް ފެންނާނީ ކުރިން ވެސް އެ ރޯލު ކުޅެމުން ދިޔަ ޕްރަވިޝްތު މިޝްރާ، 27، އެވެ.

ސިލްސިލާ އަށް ގެންނަ އަށް އަހަރުގެ ލީޕާ އެކު "ބަރިސްތަ ބާބޫ" ގެ ވާހަކައިން އަންނަ މަހުން ފެށިގެން ބޮޑެތި ބަދަލުތަކެއް ފެންނަން ފަށާނެ އެވެ. މި ސިލްސިލާ އަކީ ކަލާޒް އިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދައްކަން ފެށި އެއްޗެކެވެ. އަދި އޭގެ 300 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވެ އެވެ.