Roadha Mihaaru
"ޔޭ ރިޝްތާ" ދޫކޮށްލި ޝިވާންގީ "ބަލިކާ ވަދޫ 2"އަށް

"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ދޫކޮށްލި ޝިވާންގީ "ބަލިކާ ވަދޫ 2" އަށް

21 ނޮވެމްބަރ 2021

ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ދާދި ފަހުން ވަކިވި އޭގެ ލީޑް ބަތަލާ ޝިވާންގީ ޖޯޝީ ކަލާޒް ޗެނެލްގެ ސިލްސިލާ "ބަލިކާ ވަދޫ" ގެ ސީޒަން ދޭކާ ގުޅެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ދާދި ފަހުން ވަކިވި އޭގެ ލީޑް ބަތަލާ ޝިވާންގީ ޖޯޝީ ކަލާޒް ޗެނެލްގެ ސިލްސިލާ "ބަލިކާ ވަދޫ" ގެ ސީޒަން ދޭކާ ގުޅެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ނައިރާގެ ރޯލު ކުޅުނު ބަތަލާ ކަލާޒްގެ ސިލްސިލާގައި ކުޅޭނީ އާނަންދީގެ ޒުވާން ދުވަސްވަރުގެ ކެރެކްޓާ ކަމަށެވެ. "ބަލިކާ ވަދޫ 2" އަކީ ކުޑަކުދިން ކައިވެނިކުރާ މައްސަލަ އަށް ބިނާކޮށް ކަލާޒް އިން ކުރިން ގެނެސްދިން "ބަލިކާ ވަދޫ" ގެ އާ ސީޒަނެވެ. އެ ދައްކަން ފެށީ މި އަހަރުގެ އޮގަސްޓް 9 ގަ އެވެ.

ޝިވާންގީ "ބަލިކާ ވަދޫ 2" އާ ގުޅޭ އިރު، އޭނާއާ އެކީ ލީޑް އެކްޓަރެއްގެ ގޮތުގައި ފެންނާނީ ސޮނީ ޓީވީން ގެނެސްދިން ސިލްސިލާއެއް ކަމަށްވާ "ޔޭ އުންދިނޯ ކޭ ބާތު ހޭ" ގެ ބަތަލު ރަންދީޕް ރާއީ އެވެ. އެކަމަކު މި ދެ ތަރިންނާ އެކީ ސިލްސިލާގެ ވާހަކަ އަށް ގެންނަ ލީޕް ފެންނަން ފަށާނެ ފަށާނެ އިރެއް އަދި ނޭނގެ އެވެ.

އެކަމަކު އީ-ޓައިމްސް އިން ބުނި ގޮތުގައި ޝިވާންގީ އާއި ރަންދީޕް ވަރަށް އަވަހަށް "ބަލިކާ ވަދޫ 2" ގެ ޝޫޓިން ފަށާނެ ކަމަށެވެ.

"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ޝިވާންގީ، 26، ވަކިވީ އޭގައި 2016 އިން ފެށިގެން މަސައްކަތް ކުރުމަށް ފަހު އެވެ. އަދި އޭނާއާ އެކު އޭގައި ލީޑް ބަތަލުގެ ރޯލު ކުޅުނު މުހުސިން ޚާން (ކާތިކް) ވެސް ސިލްސިލާ އިން ވަކިވެފައިވެ އެވެ.

ސްޓާ ޕްލަސް އިން 2009 އިން ފެށިގެން ދައްކަމުން އަންނަ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ މިހާރުގެ ލީޑް ތަރިންނަކީ ހަރުޝަދު ޗޯޕްޅާ އާއި ޕްރަނާލީ ރާތޯޑްގެ އިތުރުން އަކްޝަރާގެ ކަރިޝްމާ ސާވަންތެވެ.