20 ޖޫން 2021
ރާއްޖޭގައި ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 200 އިން ދަށަށް ގޮސް، އެ ބަލީގެ އެކްޓިވް ކޭސްތަކުގެ އަަދަދު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް މަދުވެއްޖެ އެވެ.
ރާއްޖޭގައި ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 200 އިން ދަށަށް ގޮސް، އެ ބަލީގެ އެކްޓިވް ކޭސްތަކުގެ އަަދަދު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް މަދުވެއްޖެ އެވެ.
އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަަމައަށް ކޮވިޑަށް ޓެސްޓް ކުރި 5،613 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 187 ސާމްޕަލެވެ. މިއީ މިދިޔަ ހަފުތާއެއްހާ ދުވަހާ އަޅާ ބަލާއިރު ނިސްބަތުން މަދު އަދަދެކެވެ. މިއާ އެކު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 5،300 އެވެ.
ކޮވިޑް ޖެހިގެން ފަރުވާ އަށް އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދަކީ އިއްޔެ އާއި މިއަދު ވެސް 46 އެވެ. އެ ބަލީގެ ފަރުވާ އަށް އެޑްމިޓްކުރި މީހުންވެ އަދަދު ވެސް މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ ދަށަށް ގޮސްފަ އެވެ.
ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ވާން ފަށާފައި މި ވަނީ އެ ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދިއުމަށް ފަހުގަ އެވެ. އެ ބަލީގެ ކޭސްތަކުގެ އަދަދު މިދިޔަ މަހު ވަރަށް ބޮޑަށް އިތުރުވުމަށް ފަހު ދަށަށް ދާން ފެށީ ބަލި ކޮންޓްރޯލް ކުރަން ހަރުކަށި ފިޔަވަޅުތައްް އެޅި ފަހުންނެވެ. އެގޮތުން ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށްތަކުގައި ކާފިއު ހިންގުމާއި އެ ނޫން ވަގުތުތަކުގައި ވެސް ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރުގައި އުޅުން ވަނީ މަނާކޮށްފަ އެވެ.
ރާއްޖޭން މިހާތަނަށް 70،897 މީހަކަށް ކޮވިޑް ޖެހި އެ ބަލީގައި 198 މީހަކު ވަނީ މަރުވެފަ އެވެ.
ހެލްތު އިމަޖެންސީއަށް މަޖިލީހުގެ ހުއްދަ ހޯދަން ފާސްނުވި
ކޮވިޑް-19: ކުއްލިއަކަށް ކޭސްތައް އިތުރުވެއްޖެ
ކޮވިޑް ކޭސްތައް މަދެއް ނުވޭ، މިއަދު ވެސް 166
ކޮވިޑް ކޭސްތަކެއް ފެނުމުން ތިނަދޫ ބަންދުކޮށްފި
އުނގޫފާރުގެ ކޭސްތައް، މުޅި އަތޮޅަށް ބިރުވެރިކަން
ލައްކައަކަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ވެކްސިން ދީފި
ޗައިނާ ވެކްސިންގެ 5،000 ޑޯޒު ރާއްޖެ ގެނެސްފި
ރާއްޖެއަކީ މިހާރު ކޮވިޑުގެ ހައި ރިސްކު ގައުމެއް: ޝީނާ
ދެއްވަދޫ ކްލަސްޓާގައި ހައިރިސްކުމީހުން ވަރަށް ގިނަ
ކޮވިޑްގެ އެންމެ އަލާމާތެއް ހުއްޓަސް މިހާރު ޓެސްޓުކުރާނެ