Roadha Mihaaru
ކޮވިޑް ކޭސްތައް މަދެއް ނުވޭ، މިއަދު ވެސް 166

ކޮވިޑް ކޭސްތައް މަދެއް ނުވޭ، މިއަދު ވެސް 166

27 މާޗް 2021

ރާއްޖޭގައި ކޮންމެ ދުވަހަކު އަލަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދު ނުވެ، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް 100 އަށް ވުރެ މަތިން އެ ބައްޔަށް މީހުން ޕޮޒިޓިވްވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ކޮންމެ ދުވަހަކު އަލަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދު ނުވެ، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް 100 އަށް ވުރެ މަތިން އެ ބައްޔަށް މީހުން ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ހިސާބުތަކުން ދެއްކި ގޮތުގައި އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް 166 މީހަކު އަލަށް ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެއީ މާލެ ސަރަަހައްދުން 91 މީހަކާއި އެހެން ރަށްތަކުން 52 މީހެއް އަދި ސަފާރީތަކުން 11 މީހަކާއި ސިނާއީ ރަށްތަކުން އެކެކެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މި އަދަދަށް ޕޮޒިޓިވް ކޭސްތައް ފެނުނީ 4،283 ސާމްޕަލް ޓެސްޓު ކޮށްގެންނެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ މިހާރު 98 އެވެ. މިއާއެކު ރާއްޖޭން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ މިހާރު 23،04 އެވެ.

މީގެ ކުރިން މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްތަކުގައި ކޮވިޑް ފެތުރޭ ވަރު މަދު ނަމަވެސް މިހާރު އެ އަދަދު ދަނީ މަތިވަމުންނެވެ.