Roadha Mihaaru
ދަރިންނާއި ދަރިންގެ ދަރިންގެ ދަރިންގެ ދަރިންހުރި މީހެއް

ދަރިންނާއި ދަރިންގެ ދަރިންގެ ދަރިންގެ ދަރިން ހުރި މީހެއް

17 ޖޫން 2021

އާއިލާގެ ހަ ޖީލުގެ ދަރިންނާ އެކު ސްކޮޓްލޭންޑްގެ 86 އަހަރުގެ އަންހެނަކަށް ހޫރުމާމައެއްގެ ޝަރަފު ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާއިލާގެ ހަ ޖީލުގެ ދަރިންނާ އެކު ސްކޮޓްލޭންޑްގެ 86 އަހަރުގެ އަންހެނަކަށް ހޫރުމާމައެއްގެ ޝަރަފު ލިބިއްޖެ އެވެ.

އެޑިންބަރާގައި ދިރިއުޅޭ މޭރީ މާޝަލްގެ ދަރިންނާއި ދަރިންގެ ދަރިންގެ ދަރިންގެ ފަރާތުން ލިބުނު ދަރިންނާ އެކު މިހާރު 90 މާމަދަރިން އެބަތިއްބެވެ. އެންމެ ފަހުން އެ އާއިލާ އަށް އިތުރުވި މެމްބަރަކީ މޭރީގެ 90 ވަނަ ހޫރުމާމަދަރި އެވެެ. އެއީ މެއި މަހުގެ 21 އުފަންވި ނީލާ ފާގަސަންއާ އެކީގަ އެވެ.

އެ ދަރިފުޅުގެ މަންމަ އަކީ މޭރީގެ ދަރިންގެ ތެރެއިން ދޮށީ ދަރިފުޅު ރޯޒް ތޯންބާން، 68، ގެ ދަރިންގެ ތެރެއިން ތިން ދަރިން ތިބި ޝީރެލް ބޯތުވިކް، 50، ގެ ދަރިންގެ ތެރެއިން ކެރީ ޑޯ، 35، ގެ ދަރިފުޅު ޓޯނީ ލީ، 17. އެވެ. އޭނާ އަކީ ޝީރެލްގެ ހަތަރު ދަރިންގެ ތެރެއިން ދަރިއެކެވެ.

މޭރީ ބުނި ގޮތުގައި ބޮޑު އާއިލާއެއް އޮތުމަކީ ވަރަށް ބޮޑު އުފަލެކެވެ.

"މިއީ އަސްލު ވަރަށް ބޮޑު ނަސީބެއް. އާއިލާގައި ގިނަ ބަޔަކު ތިބުމަކީ ތިމާއަށްޓަކައި އެތައް ބަޔަކު ތިބިކަން އިހުސާސްކޮށްދޭ ކަމެއް،" އޭނާ ބުންޏެވެ.

މިހާރު ސްކޮޓްލޭންޑްގެ އެންމެ ބޮޑު އާއިލާގެ ޝަރަފު މޭރީގެ އާއިލާ އަށް ލިބިފައިވާ އިރު އާއިލާ އަށް އެންމެ ފަހުން ދަރިއަކު ވިހޭ ލީ ބުނި ގޮތުގައި އޭނާ ބަލިވެއިންކަން އެނގުނު ހިސާބުން، އެ އާއިލާ އަށް ހާއްސަ މަގާމެއް ލިބޭނެ ކަމަށް ބުނެ ޖޯކް ޖަހާފައިވެ އެވެ.

"ދެން ކަންދިމާވީ ވެސް ހަމަ އެގޮތަށް. މިހާރު މިއީ ސްކޮޓްލޭންޑްގެ އެންމެ ބޮޑު އާއިލާ. އަހަރެން އެންމެ އުފާވާ ކަމަކީ ހޫރު މާމަ އަށް އަހަރެންގެ ދަރިފުޅު ދުށުމުގެ ފުރުސަތު ލިބުނީތީ،" އޭނާ ބުންޏެވެ.

ލީ ބުނި ގޮތުގައި އެ މީހުންގެ އާއިލާގެ މީހުން އުޅެނީ އެކަކު އަނެކަކާ 10-15 މިނިޓްގައި ދުރުގައިކަމުން އަބަދު ވެސް އެންމެން ދިމާވެ އާއިލީ ފޯރި ނެގުން އޮވެ އެވެ. އަދި އެ އާއިލާގެ އެންމެން އެއްތަންވެއްޖެ ނަމަ ވަރަށް އަޑުގަދާނެ ކަމަށް ބުންޏެވެ.

މޭރީގެ ދޮށީ ދަރިފުޅު ރޯޒް ބުނި ގޮތުގައި އޭނާ ވެސް އުޅެބޮޑުވީ އަށް މެމްބަރުން ހިމެނޭ ބޮޑު އާއިލާއަކަށް ވިޔަސް، މިހާރު މިއޮތް އާއިލާއާ ބޮޑު އާއިލާއެއް ލިބޭނެ ކަމަަކަށް ކުރިއަކުން އުންމީދެއް ނުކުރެ އެވެ. އާއިލާގައި މީހާރު ހަ ޖީލުގެ ދަރިން ތިބި އިރު، އާއިލާ ވަރަށް އުފާވެރިވެފައި ގުޅުން ބަދަހި ކަމަށް ބުންޏެވެ.

"އާއިލާ މިހާ ބޮޑުވުމުގެ ސަބަބުން އަހަރެމެންގެ އާއިލާ އަކީ މިހާރު ވަރަށް ހާއްސަަ އާއިލާއެއްކަން އެނގޭ." ރޯޒް ބުންޏެވެ.