އަންހެނުންނަކީ ކޮބައިކަން އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
އަންހެނުންނަކީ ކޮބައިކަން އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅީ ޖިންސީ ހަމަހަމަކަމާ ބެހޭ ގާނޫނުގެ ދަށުން އަންހެނުންނަކީ ކޮބައިކަން ކަނޑައެޅުމުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެންނެވެ.
އިނގިރޭސިވިލާތުގެ ދަށުގައި އޮންނަ ސްކޮޓްލޭންޑުގައި ނިންމާފައި އޮތީ ޖިންސު ބަދަލުކޮށް، "އަންހެނުންނަށް ބަދަލުވާ" މީހުންނާއި ޓްރާންސް ޖެންޑާ މީހުންގެ ތެރެއިން ގާނޫނުގައި ބުނާ އިޖުރައާތުތައް ފުރިހަމަކޮށް، އަންހެނެއް ކަމަށް ނިންމާ މީހުންނަކީ ވެސް އަންހެނުން ކަމަށް އެ ގާނޫނުގެ ދަށުން ބެލެވޭނެ ކަމަށެވެ.
އެކަމާ ދެކޮޅަށް އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ސްކޮޓްލޭންޑްގެ އެކްޓިވިސްޓުންތަކެކެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އަންހެނުން ކަމަށް ބެލެވޭނީ އުފަންވާއިރު ވެސް އަންހެނުންގެ ގޮތުގައި ތިބި މީހުން ކަމަށެވެ.
އެެހެންވެ، ޖިންސު ބަދަލުކޮށް އަންހެނުންނަށް ބަދަލުވާ މީހުންނަކީ އަންހެނުން ކަމަށް ގާނޫނީ ގޮތުން ނުބެލެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ.
އަންހެނުންނަކީ ކޮބައިކަން ކަނޑައެޅުމުގައި ހިޔާލު ތަފާތުވުން އުފެދުނީ ސްކޮޓްލޭންޑްގައި އެކި މަގާމުތަކަށް އަންހެނުންނަށް ހާއްސަ ކޯޓާއެއް ކަނޑައަޅަން ޖެހޭ ގޮތަށް 2018 ވަނަ އަހަރު ގާނޫނެއް ފާސް ކުރުމުންނެވެ. އަދި އެ ގާނޫނުގެ ދަށުން، ޖިންސު ބަދަލުކުރާ މީހުންނަކީ ވެސް އަންހެނުން ކަމަށް މިހާތަނަށް ބަލަމުން އަންނާތީ، އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ސްކޮޓްލޭންޑްގެ ބައެއް ޖަމާއަތްތަކުން އެކަމާ ދެކޮޅަށް ދިޔައީ އަޑު އުފުލަމުންނެވެ.
ނަދިއާ ވިޓޯމް: އެންމެ ހަގު އިނގިރޭސި މެމްބަރު
ދެ ޖިންސުގެ ހަމަހަމަކަން: ރާއްޖެ 7 ދަރަޖަ ފަހަތަށް
ޖީހާން ދެއްވި ހިތްވަރު: ބިރުދައްކާނެ، ފަސްނުޖެހޭތި!
އެހީ ދިނުމުގައި އަންހެނުން ބައިވެރިކުރަން ހުއްދަ ދެނީ
އަންހެނުންގެ މައްސަލަތަކާ މެދު މުހިންމު މަޝްވަރާތަކެއް
މި ވިސްނުމުން ޓޫރިޒަމް ދާއިރާއަށް ހިނިތުންވުން!
މިއީ ފިސާރި އަންހެންވެރިން އުފައްދަންވީ ދުވަސް:ރޮޒައިނާ
94 އަހަރުގެ މިނީ މައުސް އަށް އާ ލުކެއް
މަހްރަމަކާ ނުލައި އަންހެނުން ފުރަތަމަ ފަހަރަށް ހައްޖަށް
އޭރު ވެސް ބުނީ އަންހެނުން ތިބޭނީ ބަދިގެއަކު ނޫނޭ