26 ފެބުރުއަރީ 2022
އެމްޑީޕީގައި "އަންހެނުންގެ ރޫހު" ހިންގާތާ 13 އަހަރު ވެފައިވާއިރު "ފިސާރި އަންހެން އެކްޓިވިސްޓުން" އެ މުއްދަތުގައި އުފައްދާފައިވާ ކަމަށާއި އެކަމަކު މިހާރު މިއީ "ފިސާރި އަންހެންވެރިން" އެ ޕާޓީން އުފައްދަންވީ ދުވަސް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެ ރޫހުގެ އާ ރައީސަކަށް ވާދަކުރައްވާ ރޮޒައިނާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގައި "އަންހެނުންގެ ރޫހު" ހިންގާތާ 13 އަހަރު ވެފައިވާއިރު "ފިސާރި އަންހެން އެކްޓިވިސްޓުން" އެ މުއްދަތުގައި އުފައްދާފައިވާ ކަމަށާއި އެކަމަކު މިހާރު މިއީ "ފިސާރި އަންހެންވެރިން" އެ ޕާޓީން އުފައްދަންވީ ދުވަސް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެ ރޫހުގެ އާ ރައީސަކަށް ވާދަކުރައްވާ ރޮޒައިނާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އޭޕްރީލް 16 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒު އިސްމާއިލްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ށ. މިލަންދޫގައި އޮތް ޖަލްސާގައި ރޮޒައިނާ ވިދާޅުވީ، ހަމައެކަނި އެކްޓިވިސްޓުންގެ ގޮތުގައި އަންހެނުން ތިބެގެން މިއަދު ފުދޭކަށް ނެތް ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ، ކިޔަވައިގެން ގޭގައި ތިއްބަސް ސިޔާސީ ދާއިރާގެ ފުރުސަތުތައް ތަބަކަކަށް ލާފައި މީހަކު ނުދޭނެ ކަމަށާއި އެކަން ހާސިލުވާނީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.
"ސިޔާސީ ޕާޓީއާއެކު، ސިޔާސީ ދާއިރާގައި މަސައްކަތް ކޮށްފިއްޔާ ލިބޭ ފުރުސަތުތަކެއް އެއީ. އެހެން ނަމަވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ އަޅުގަނޑަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް އައުމުގެ ފުރުސަތު ތިޔަބޭފުޅުން ދެއްވައިފި ނަމަ މި ސިޔާސީ ފުރުސަތުތަކަކީ ވަކި އާއިލާއަކަށް، ވަކި ރަށަކަށް ކަނޑައެޅިފައި އޮންނަ އެއްޗަކަށް ވެގެން ނުދާނެ،" ސިޔާސީ ދާއިރާގައި ރާއްޖެ އިން ފާހަގަކުރެވޭ އަންހެންބޭފުޅުންގެ ތެރެއިން ފާހަގަކުރެވޭ ރޮޒައިނާ ވިދާޅުވި އެވެ.
"އެމްޑީޕީގެ ހުރިހާ އަންހެންވެރިންނަށް ވެސް ފުރިހަމައަށް، ފުޅާކޮށް ލިބިގެންދާނެ ފުރުސަތުތަކެއް."
ފައްޔާޒުގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި، އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވާ ރޮޒައިނާ، ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީންގެ ގައިގައި ބައްދާލައްވައި ސަލާމް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު
ރޮޒައިނާ ވިދާޅުވީ، ބިރުކަނޑާލައި، ލަދުން ނުތިބެ ސިޔާސީ ދާއިރާ އަށް އަންހެނުން ނުކުތުމަކީ އޭނާގެ އެދިވަޑައިގަތުމެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ސިޔާސީ ދާއިރާގައި އަންހެނުން ވަރަށް ވަރަށް އެބަ ބޭނުންވޭ. ތިޔަބޭފުޅުން އަޅުގަނޑާއެކު ނުކުންނަވައިފި ނަމަ ތިޔަބޭފުޅުންނަކީ ފިސާރި އަންހެންވެރިންނަށް އިރާދަކުރެއްވިއްޔާ ހަދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނަން،" އަންހެނުންގެ ރޫހުގެ ރައީސާއަކަށް ރޮޒައިނާ ވާދަކުރައްވާކަން ވެސް ރަސްމީކޮށް އިއުލާންކުރި ޖަލްސާގައި އޭނާ ވިދާޅުވި އެވެ.
"އެހެން ކަަމށް ވާއިރުގައި މި ގައުމު ބައްޓަން ކުރަން އިށީންނަ މޭޒުދޮށުގައި އަންހެނުން ނެތް ކަމަށް ވަންޏާމު ކިހިނެއްތޯ އެ މަސައްކަތް ފުރިހަމަ ވެގެންދާނީ.---ރޮޒައިނާ
ރޮޒައިނާ ވިދާޅުވިގޮތުގައި އެމްޑީޕީ ވަނީ އަންހެނުންނަށް އޮތް ފުރުސަތުތަކުން ފުރިފަ އެވެ. އެކަމަކު، އެ ކަން ކުރެވޭނީ އަންހެނުން ވެސް ހިތްވަރާއެކު ނުކުމެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 50 ޕަސެންޓަކީ އަންހެނުން ކަމަށް ވާއިރު، ސިޔާސީ ދާއިރާއަކީ މުޅި ގައުމުގެ މުސްތަގްބަލް ކަމަށެވެ. މުޅި ގައުމު ބައްޓަން ކުރަނީ އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ މީހުންނެވެ.
މިލަންދޫގައި ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒާއި އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ނުކުންނަވާ ރޮޒައިނާ.---ފޮޓޯ: ނިޝާން އަލީ/ މިހާރު
"އެހެން ކަަމށް ވާއިރުގައި މި ގައުމު ބައްޓަން ކުރަން އިށީންނަ މޭޒުދޮށުގައި އަންހެނުން ނެތް ކަމަށް ވަންޏާމު ކިހިނެއްތޯ އެ މަސައްކަތް ފުރިހަމަ ވެގެންދާނީ. ނުވާނެ. ތިޔަބޭފުޅުންގެ ވެސް ހިޔާލާއެކީގައި، މަޝްވަރާއާ އެކީގައި އަޅުގަނޑުމެންނަށް މި ގައުމު އެންމެ ރަނގަޅަށް ބިނާކުރެވޭނީ،" އަންހެނުން ސިޔާސީ ދާއިރާ އަށް ނުކުންނަންޖެހޭ ސަބަބާ ގުޅޭ ގޮތުން ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގައުމު ރަނގަޅު މިސްރާބަކަށް ގެންނަން ބޭނުން ނަމަ އެންމެންގެ ހިއްސާ ބޭނުންވާނެ ކަމަށެވެ.
ސިޔާސީ މަސައްކަތަކީ ހަޑި ކަމެއް ކަމަށް ބުނެ ދައްކާ ވާހަކައާ ގުޅުވައިގެން ރޮޒައިނާ ވިދާޅުވީ އެއްވެސް މަސައްކަތެއް ހަޑިނުވާނެ ކަމަށެވެ.
މިލަންދޫގައި ރޭ އޮތް ޖަލްސާގައި ރޮޒައިނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު
"އެކަމަކު ކޮންމެ މަސައްކަތެއް ވެސް ހަޑި ކުރީމާ ހަޑިވާނެ. ރީތިކޮށް ކުރީމާ ހަމަ ރީތި ވާނެ. އަޅުގަނޑަށް އެނގޭ ވަރަށް ބައިވަރު ގޮންޖެހުންތައް އެބަހުރިކަން،" އޭނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ، ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ އަންހެން މެމްބަރުންނަކީ އެ ޕާޓީގެ އަންހެން ލީޑަރުން ކަމަށް ވިޔަސް އެ ބޭފުޅުންނާއި ޕާޓީއާ ދެމެދު މާ ބޮޑު ގުޅުމެއް ނެތް ކަމަށެވެ. ނަމަވެސް އޭނާގެ އަތުގައި ހިފައިފި ނަމަ "އަޅުގަނޑު ތިޔަބޭފުޅުންގެ އަތަކުން ދުލެއް" ނުކުރައްވާނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
"ޕާޓީގެ ތެރެއިން ލިބެންޖެހޭ ގަދަރާއި އިއްޒަތް ތިޔަބޭފުޅުންނަށް ހޯދައިދިނުމަށްޓަކައި މާތް ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑު މަސައްކަތް ކުރާނަމޭ. އަޅުގަނޑަށް ވާނެއޭ، އަޅުގަނޑު ކުރާނަމޭ،" ވަރަށް ޔަގީންކަމާއެކު ރޮޒައިނާ ވިދާޅުވި އެވެ.
މަޖިލިހުގެ ރައީސް ކަމަށް ރަނގަޅު ވާނީ ކޮން ބޭފުޅެއް؟
އެމްޑީޕީގެ ވެރިކަން އައީ އަންހެނުންގެ ސަބަބުން: މާރިޔާ
33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ބިލެއް
ދެ ޖިންސުގެ ހަމަހަމަކަން: ރާއްޖެ 7 ދަރަޖަ ފަހަތަށް
"އަންހެން ފަނޑިޔާރުން އިތުރުވެއްޖެ،މިއީ ކުރިއެރުމެއް"
ޖީހާން ދެއްވި ހިތްވަރު: ބިރުދައްކާނެ، ފަސްނުޖެހޭތި!
އެހީ ދިނުމުގައި އަންހެނުން ބައިވެރިކުރަން ހުއްދަ ދެނީ
އަންހެނުންގެ މައްސަލަތަކާ މެދު މުހިންމު މަޝްވަރާތަކެއް
މާލޭ ޑަބްލިއުޑީސީގެ ރައީސްކަން އެމްޑީޕީއަށް ގެއްލިއްޖެ
މި ވިސްނުމުން ޓޫރިޒަމް ދާއިރާއަށް ހިނިތުންވުން!