Roadha Mihaaru
މާލޭ ޑަބްލިއުޑީސީގެ ރައީސްކަން އެމްޑީޕީއަށް ގެއްލިއްޖެ

މާލޭ ސިޓީގެ ޑަބްލިއުޑީސީގެ ރައީސްކަން އެމްޑީޕީއަށް ގެއްލި، އަދާލަތަށް

05 އެޕްރީލް 2022

މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސްކަން އެމްޑީޕީއަށް ގެއްލި، އެ މަގާމަށް އަދާލަތު ޕާޓީގެ މެމްބަރު މަރިޔަމް ޝިމާޒާ މިއަދު އިންތިޚާބުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސްކަން އެމްޑީޕީއަށް ގެއްލި، އެ މަގާމަށް އަދާލަތު ޕާޓީގެ މެމްބަރު މަރިޔަމް ޝިމާޒާ މިއަދު އިންތިޚާބުކޮށްފި އެވެ.

އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ އެ ކޮމެޓީގެ ރައީސަކަށް ކުރިން ހުރި ފާތިމަތު ޝިފާ މިދިޔަ މަހު އިސްތިއުފާ ދެއްވުމުން އެ މަގާމަށް އާ ބޭފުޅަކު އިންތިޚާބުކުރަން މިއަދު ނެގި ވޯޓުގައި އަދާލަތު ޕާޓީގެ މެމްބަރު ޝިމާޒާގެ އިތުރުން އެމްޑީޕީގެ މެމްބަރު ރަޝީދާ ރަޝާދު ވާދަކުރި އެވެ.

އެ ކޮމެޓީގައި ތިބޭ އެމްޑީޕީގެ 12 މެމްބަރުން ރަޝީދާއަށް ވޯޓު ދިނުމަށް އެ ޕާޓީން ތްރީލައިން ވިޕެއް ނެރެފައި އޮތަސް، އޭނާއަށް ވޯޓު ދިނީ ހަ މެމްބަރުންނެވެ. ޝިމާޒާ ރައީސް ކަމަށް ހޮވުނީ ނުވަ މެމްބަރުންގެ ވޯޓުންނެވެ. އަދި އެއް ވޯޓު ބާތިލްވި އެވެ.

ޖުމްލަ 17 މެމްބަރުން ތިބޭ އެ ކޮމެޓީއަކީ ލާ މަރުކަޒީ ގާނޫނުގެ ދަށުން ކޮންމެ ކައުންސިލެއްގެ ދަށުގައި އުފެދިފައި އޮންނަ ކޮމެޓީއެކެވެ. މާލޭ ސިޓީގެ އެ ކޮމެޓީގައި ދެން ތިބެނީ ޕީޕީއެމްގެ މެމްބަރަކާއި އެމްއާރުއެމްގެ މެމްބަރެއްގެ އިތުރުން މިނިވަން ދެ މެމްބަރެކެވެ.

މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް، މާލޭ ސިޓީ ކައުންސިލްގެ މޭޔަރުު ކަމާއި އެ ކައުންސިލްގެ އަޣުލަބިއްޔަތު ވެސް އެމްޑީޕީއަށް ވަނީ ގެއްލިފަ އެވެ.