11 އެޕްރީލް 2022
އިނގިރޭސީންގެ އަތްދަށުގައި އިންޑިއާ އޮތް ދުވަސްވަރު، އެމީހުން ވަގަށް ނަގާފައިވާ އިންޑިއާގެ ތާރީހާއި ސަގާފަތާއި ގުޅޭ ސާމާނުތަކެއް އަނބުރާ އެ ގައުމަށް ދޭން ނިންމައިފި އެވެ.
އިނގިރޭސީންގެ އަތްދަށުގައި އިންޑިއާ އޮތް ދުވަސްވަރު، އެމީހުން ވަގަށް ނަގާފައިވާ އިންޑިއާގެ ތާރީހާއި ސަގާފަތާއި ގުޅޭ ސާމާނުތަކެއް އަނބުރާ އެ ގައުމަށް ދޭން ނިންމައިފި އެވެ.
އެ ސާމާނުތައް ހުރީ، އިނގިރޭސި ރަސްކަމުގެ ދަށުގައި އޮންނަ ސްކޮޓްލޭންޑްގެ އެކި މިއުޒިއަމްތަކުގަ އެވެ.
އެ ސާމާނުތައް އަނބުރާ އިންޑިއާ އަށް ދިނުމަށް ސްކޮޓްލޭންޑްގެ ގްލަސްގޯވް ސިޓީ ކައުންސިލުން ނިންމީ، އިނގިރޭސިވިލާތުގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ އެދުމަކަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، ސްކޮޓްލޭންޑްގެ މިއުޒިއަމެއްގައި ހުރި އެހެން ގައުމެއްގެ އެހާ ގިނަ ސާމާނުތަކެއް މީގެ ކުރިން އަނބުރާ ދީފައެއް ނުވެ އެވެ. އަދި އެއީ އިނގިރޭސީން ވެރިކޮށްފައިވާ އިންޑިއާގެ ސާމާނުތަކެއް އެ ގައުމަށް އަނބުރާ ދޭ ފުރަތަމަ ފަހަރު ވެސް މެ އެވެ.
އިންޑިއާ ސަރުކާރާއި އެ ގައުމުގެ އާކިއޮލޮޖިކަލް ސާވިސްގެ އެދުމަށް އިނގިރޭސިވިލާތުގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އެދުނީ ހަ އެއްޗެއް އަނބުރާ ދިނުމަށެވެ.
އެ އެއްޗެއްސަކީ 19 ވަނަ ގަރުނުގެ ތެރޭގައި އިންޑިއާގެ އެކި ސްޓޭޓްތަކުގެ ހިންދޫންގެ ފައްޅިތަކުން ވަގަށް ނަގާފައިވާ އެއްޗެއްސެވެ.
އެ އެއްޗެހި އަނބުރާ ގެންދަނީ އިންޑިއާ ސަރުކާރުގެ ހަރަދުގަ އެވެ.
އިނގިރޭސި ތަޚުތުގެ ދަށުގައި ކޮން ހިލަގަނޑެއް؟
ރާނީގެ އެންމެ ފަހުގެ އާންމު ފޮޓޯ
ނަތަންޔާހޫ އެ އަޅަނީ އަލިފާނަށް އިތުރު ދަރު
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
ޔަހޫދީން ރުއްސަން އިނގިރޭސި ބޮޑުވަޒީރު ވެސް އިޒްރޭލަށް
ޕްރިންސް ހެރީ ބައިވެރިކުރީ ނަމެއްގައި
ސްކޮޓްލޭންޑްގެ ބޮޑުވަޒީރަކަށް މުސްލިމެއް
ޔޫރޭނިއަމް އުންޑަ ދީފިއްޔާ ރައްދު ދޭން މަޖުބޫރުވާނެ
ސްކޮޓްލޭންޑްގެ ފަސްޓް މިނިސްޓަރު އިސްތިއުފާ ދެއްވަނީ
އިނގިރޭސި ވިލާތުން އިތުރު އަސްކަރީ އެހީ ޔޫކްރޭނަށް