Roadha Mihaaru
އިނގިރޭސި ތަޚުތުގެ ދަށުގައި ކޮން ހިލަގަނޑެއް؟

އިނގިރޭސި ތަޚުތުގެ ދަށުގައި ކޮން ހިލަގަނޑެއް؟

07 މެއި 2023

އިނގިރޭސި ރަސްކަމުގެ ތަޚުތުގައި، ޗާލްސް ތިނެއް ވެޑުވުމަށް އިއްޔެ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ރާނީ ކެމީލާ ބޭނުންކުރެއްވުމަށް ޖުމްލަ ފަސް ގޮނޑިކޮޅު ބޭނުންކުރެއްވި އެވެ. އެއީ ރަސްގެފާނު ޗާލްސް އަށް ޚާއްސަ ތިން ގޮނޑިކޮޅަކާއި ރާނީ ކެމީލާ އަށް ދެ ގޮނޑިކޮޅެވެ.

އޭގެ ތެރެއިން ވެސް އެންމެ ޚާއްސައީ އިނގިރޭސި ރަސްކަމުގެ އާރާއި ބާރު ރަމްޒުކޮށްދޭ އެންމެހައި ގަހަނާ އާއި އެހެނިހެން ރަމްޒުތައް ރަސްގެފާނާ ހަވާލުކުރެއްވުމަށްޓަކައި އިށީނދެވަޑައިގެން އިންނަވަން ޚާއްސަ ގޮނޑިކޮޅެވެ. ވަރަށް ދުވަސްވެ ބާވެފައިވާ އަދި ވަރަށް އާދައިގެ ގޮތަކަށް ހުރި އެ ގޮނޑިކޮޅަކީ އިނގިރޭސި ޝާހީ އަރުޝީފުގައި ހިމެނޭ އެންމެ ދުވަސްވީ އެއް ތަރިކަ އެވެ.

އެއީ، މީލާދީން 1272 ން 1307 އަށް އިނގިރޭސި ރަސްކަމުގައި އިންނެވި، ސެންޓް އެޑްވަޑް ނުވަތަ ރަސްގެފާނު އެޑްވަޑްގެ ނަމުން ނަން ދެވިފައިވާ ތަޚުތެވެ. އިނގިރޭސި ރަސްކަމުގައި އެ ތަޚުތު ބޭނުންކުރަން ފެށީ، ރަސްގެފާނު އެޑްވަޑްގެ ރަސްކަމުގައި މީލާދީން 1296 ވަނަ އަހަރުގެ ތެރޭގަ އެވެ.

މީގެ 727 އަހަރު ކުރިން ބޭނުންކުރަން ފެށި އެ ތަޚުތު ޚާއްސަވާ އެންމެ މުހިންމު ސަބަބަކީ، އެ ތަޚުތުގެ އަޑީގައި އޮންނަ ހިލަ އެވެ. އިނގިރޭސި ރަސްގެފާނު ޗާލްސް ތިނެއް، ރަސްކަމުގެ ތަޚުތުގައި ވެޑުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ތަޚުތު ބޭނުންކުރި އިރު ވެސް، ތަޚުތުގެ ދަށުގައި އެ ހިލަ އޮތެވެ. ހަގީގަތާއި ފުލޯކުގެ ދިގު ތާރީޚެއް އޮތް އެ ހިލަ މުހިންމުވާ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ.

ސްޓޯން އޮފް ޑެސްޓިނީ (މިންވަރުފުޅުގެ ހިލަކޮޅު)ގެ ނަމުން މަޝްހޫރުވެފައިވާ ހިލަ ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ، ރަސްގެފާނު އެޑްވަޑްގެ ތަޚުތުގައި އިށީނދެވަޑައިގެން އިންނަވައި، އިނގިރޭސި ރާނީ އެލިޒަބަތު ދޭއް، އިނގިރޭސި ރަސްކަމުގެ ތަމްޒުތަކާ ހަވާލުވެވަޑައިގަންނަވަނީ. --އޭއެފްޕީ

ރަސްގެފާނު އެޑްވަޑް 1296 ވަނަ އަހަރު ބޭނުންކުރައްވަން ފެއްޓެވި އެ ތަޚުތު ތައްޔާރުކުރެއްވީ ވެސް، ރަސްކަމުގެ ޝާނާއި ޝައުކަތު ދެމެހެއްޓުމުގައި އެ ހިލައިގެ ބޭނުންތެރިކަން ބޮޑުކަމަށް ގަބޫލުކުރެއްވޭތީ، ތަޚުތުގައި އެ ހިލަ ބޭނުންކުރެއްވުމުގެ ބޭނުންފުޅުގަ އެވެ.

ސްޓޯން އޮފް ޑެސްޓިނީ (މިންވަރުފުޅުގެ ހިލަކޮޅު)ގެ ނަމުން މަޝްހޫރުވެފައިވާ، ބަރުދަނުގައި 125 ކިލޯ ހުންނަ އެ ހިލައަކީ، ސްކޮޓްލޭންޑްގެ ރަހުންނާއި ރަނިން، ރަސްކަމުގެ ތަޚުތުގައި ވެޑުވުމަށް ބޭނުންކުރި ހިލައެކެވެ. އަދި މީލާދީން 13 ވަނަ ގަރުނުން ފެށިގެން އެ ހިލަ ބޭނުންކުރަމުން އައީ އިނގިރޭސި ވިލާތުގެ ރަހުންނާއި ރަނިން، ރަސްކަމުގެ ތަޚުތުގައި ވެޑުވުމަށެވެ.

6 މެއި 2023؛ ސްޓޯން އޮފް ޑެސްޓިނީ (މިންވަރުފުޅުގެ ހިލަކޮޅު)ގެ ނަމުން މަޝްހޫރުވެފައިވާ ހިލަ ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ، ރަސްގެފާނު އެޑްވަޑްގެ ނަމުން ނަން ދެވިފައިވާ ތަޚުތުގައި އިށީނދެވަޑައިގެން އިންނަވައި، އިނގިރޭސި ރަސްގެފާނު ޗާލްސް ތިނެއް، އިނގިރޭސި ރަސްކަމުގެ ތަމްޒުތަކާ ހަވާލުވެވަޑައިގަންނަވަނީ. --އޭއެފްޕީ

ބުނެވޭ ގޮތުގައި އެ ހިލައަކީ ސަލާމްލެއްވި ޔަޢުޤޫބުގެފާނު ބައިތުލް މަޤްދިސްގައި އުޅުއްވި ދުވަސްވަރު އަވަހާރަލެއްޕެވުމަށް ބާލީސްކޮޅެއްގެ ގޮތުގައި ބޭނުންކުރެއްވި ހިލައެކެވެ. އެއް ރެއަކު ޔަޢުޤޫބުގެފާނަށް ފެނިވަޑައިގެންނެވި އުފާވެރި ހުވަފެންފުޅަކާ ގުޅިގެން، އެކަލޭގެފާނު އެ ހިލަކޮޅު މާތް ﷲ އަށް ވަޤުފުކުރެއްވީ އެވެ.

ޔަޢުޤޫބުގެފާނު ބައިގުލް މަޤްދިސް ދޫކުރައްވައި ހާރާން ސަހަރަށް ވަޑައިގެންނެވި އިރު، އެކަލޭގެފާނުގެ އަރިހުގައި އެ ހިލަވެސް ގެންދެވި އެވެ. އެއަށް ފަހު ބަނީ އިސްރާއީލުންގެ ނަބީބޭކަލެއް ކަމަށްވާ އިރްމިޔާ (އަރަމިޔާ) ނަބީކަލޭގެފާނު އެ ހިލަ، ގަދީމީ އަޔަލޭންޑަށް ގެންދެވި އެވެ.

ސްޓޯން އޮފް ޑެސްޓިނީ (މިންވަރުފުޅުގެ ހިލަކޮޅު)ގެ ނަމުން މަޝްހޫރުވެފައިވާ، ބަރުދަނުގައި 125 ކިލޯ ހުންނަ ހިލަ

ސްޓޯން އޮފް ޑެސްޓިނީ (މިންވަރުފުޅުގެ ހިލަކޮޅު)ގެ ނަމުން މަޝްހޫރުވެފައިވާ، ބަރުދަނުގައި 125 ކިލޯ ހުންނަ ހިލަ

އޭގެ ފަހުން އެ ހިލަ އޮތީ، ސްކޮޓްލޭންޑާއި އިރުއުތުރު އަޔަލޭންޑްގައި އޮތް ގައެލިކް ރަސްކަމުގެ ބާރުގެ ދަށުގަ އެވެ. ބުނެވޭ ގޮތުގައި ރަސްކަލަކު ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތެއްގައި ފުރަތަމަ ފަހަރަށް އެ ހިލަ ބޭނުންކުރީ، ގައެލިކް ރަސްކަމުގެ ފުރަތަމަ ރަސްކަލުން ކަމަށްވާ ފާގަސް (މީލާދީން 498 ން 501 އަށް)، ރަސްކަމުގެ ތަޚުތުގައި ވެޑުވުމަށެވެ.

އޭގެ ފަހުން، އެ ރަސްކަން އުވި ގޮސް، ގަދީމީ އަޔަލޭންޑާއި ސްކޮޓްލޭންޑް ވަކިވެ، ސްކޮޓްލޭންޑްގައި ވަކި ރަސްކަމެއް ގާއިމުވުމަށް ފަހު، އެކި ޖީލުތަކަށް އެ ހިލަ ނަގުލުވަމުން އައިސް، މީލާދީން 13 ވަނަ ގަރުނުގެ ފަހުކޮޅާ ޖެހެންދެން އެ ހިލަ އޮތީ ސްކޮޓްލޭންޑްގެ ޕާތުގެ ކައިރީގައި އޮންނަ އަވަށެއް ކަމަށްވާ ސްކޯންގައި ހުންނަ ނަސާރާ ފައްޅި، ސްކޯން އަބީގަ އެވެ.

ނަމަވެސް އިނގިރޭސި ވިލާތާއި ސްކޮޓްލޭންޑާ ދެމެދު 1296 ވަނަ އަހަރު ކުރި މިނިވަންކަމުގެ ހަނގުރާމައިގައި، އިނގިރޭސި ރަސްގެފާނު އެޑްވަޑްގެ ލަޝްކަރުން ސްކޮޓްލެންޑަށް އަރައިގަނެ ދިން ހަމަލާތަކުގެ ތެރޭގައި، އެފައްޅި ވެސް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް، އެ ފައްޅީގައި އޮތް ހިލަ އިނގިރޭސި ވިލާތަށް ގެންދިޔަ އެވެ.

އެއަށް ފަހު އެ ހިލަ ބާއްވާފައި އޮތީ ލަންޑަންގައި ހުންނަ ވެސްޓްމިންސްޓާ ފައްޅީގަ އެވެ. އަދި އިނގިރޭސި ވިލާތާއި ސްކޮޓްލޭންޑާ ދެމެދު ކުރިން އޮތް އަދާވާތްތެރިކަން ނެތިގޮސް، އިނގިރޭސި ރަސްކަމުގެ ދަށުގައި ރުހިގެން އޮންނަތާ އަހަރުތަކެއް ވުމާއެކު، އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު ދޭއް،ގެ ރަނިކަމުގައި، އެ ހިލަ އަނބުރާ ސްކޮޓްލޭންޑާ ހަވާލުކުރީ 1996 ވަނަ އަހަރުގެ ތެރޭގަ އެވެ.

6 މެއި 2023؛ ސްޓޯން އޮފް ޑެސްޓިނީ (މިންވަރުފުޅުގެ ހިލަކޮޅު)ގެ ނަމުން މަޝްހޫރުވެފައިވާ ހިލަ ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ، ރަސްގެފާނު އެޑްވަޑްގެ ނަމުން ނަން ދެވިފައިވާ ތަޚުތުގައި އިށީނދެވަޑައިގެން އިންނަވައި، އިނގިރޭސި ރަސްގެފާނު ޗާލްސް ތިނެއް، އިނގިރޭސި ރަސްކަމުގެ ތަމްޒުތަކާ ހަވާލުވެވަޑައިގަންނަވަނީ. --އޭއެފްޕީ

6 މެއި 2023؛ ސްޓޯން އޮފް ޑެސްޓިނީ (މިންވަރުފުޅުގެ ހިލަކޮޅު)ގެ ނަމުން މަޝްހޫރުވެފައިވާ ހިލަ ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ، ރަސްގެފާނު އެޑްވަޑްގެ ނަމުން ނަން ދެވިފައިވާ ތަޚުތުގައި އިށީނދެވަޑައިގެން އިންނަވައި، އިނގިރޭސި ރަސްގެފާނު ޗާލްސް ތިނެއް، އިނގިރޭސި ރަސްކަމުގެ ތަމްޒުތަކާ ހަވާލުވެވަޑައިގަންނަވަނީ. --އޭއެފްޕީ

ރަސްގެފާނު ޗާލްސް ތިނެއް ރަސްކަމުގެ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތަށް އެ ހިލަ، ސްކޮޓްލޭންޑްގެ އެޑިންބަރާ އިން އިނގިރޭސި ވިލާތުގެ ލަންޑަނަށް ގެނައީ، ރަސްގެފާނު ޗާލްސްގެ ޝާހީ އަމުރުފުޅަކަށެވެ. އަދި އެ ރަސްމިއްޔާތު ނިމުމާއެކު، އެ ހިލަ އަނބުރާ ސްކޮޓަލޭންޑަށް ގެންދާނެ އެވެ.

މިހާރު އެ ހިލަ ބާއްވާފައި އޮންނަނީ ސްކޮޓްލޭންޑްގެ ވެރިރަށް އެޑިންބަރާގައި ހުންނަ އެޑިންބަރާ ފައްޅީގަ އެވެ. ސްކޮޓްލެންޑްގަ އާއި އިނގިރޭސި ވިލާތުގައި ވެސް، ރަސްކަމުގެ ތަޚުތުގައި ރަހުންނާއިން ރަނިން ވެޑުވުމުގެ ރަސްމިއްޔާތުގައި، ރަހުން ނުވަތަ ރަނިން އިށީނދެވަޑައިގެން އިންނަވަނީ މި ހިލައިގެ މަތީގަ އެވެ. އެއީ އިލާހީ ބަރަކާތާއި މަދަދު ލިބިގަތުމުގެ މަގްސަދުގަ އެވެ.

އޭރު ރަސްކަމުގެ ތަޚުތުގައި އެ ހިލަ އޮންނަނީ، ރަސްރަސްކަލުން އިށީނދެވަޑައިގަންނަވާ ތަނުގެ ގޮތުގަ އެވެ. ނަމަވެސް މީލާދީން 17 ވަނަ ގަރުނުގެ ތެރޭގައި، ތަޚުތަށް ގެނައި ބައެއް ބަދަލުތަކުގެ ތެރޭގައި، އެ ހިލައިގެ މަތިން ލަކުޑި ފިލާގަނޑެއް ބާއްވައި އެ ފިލާގަނޑުގައި އިސްޕަންޖު ޖަހައި، އިސްޕަންޖުގަނޑުގައި މަޚުމާ ފޮތީގެ އުރައެއް ލެއްވި އެވެ.

އެހެންކަމުން، މިހާރު އެ ހިލަ އޮންނާނީ، އިށީނދެވަޑައިގެން އިންނަވާ ތަނުގެ ދަށުގަ އެވެ. ރަސްގެފާނު ޗާލްސްގެ އިސްތަށިފުޅުގައި ރަސްކަމުގެ ތާޖު އިއްޔެ އެޅުވި އިރުވެސް، އެ ތަޚުތުގެ ދަށުގައި އެ ހިލަ އޮތެވެ.