އިނގިރޭސި ވިލާތުގެ އެންމެ ޒަމާނީ ފައިޓަ ޖެޓެއް، މޫސުން ގޯސްވެގެން އިންޑިއާގެ ޓްރިވެންޑްރަމް އެއާޕޯޓަށް ޖެއްސިތާ ތިން ހަފްތާ ވީއިރު ވެސް ނުފުރިފައި އޮންނަން ޖެހުމުން އެކަމާ ގުޅޭ ސުވާލުތައް ގިނަވެއްޖެ އެވެ.
އިނގިރޭސި ވިލާތުގެ އެންމެ ޒަމާނީ ފައިޓަ ޖެޓެއް، މޫސުން ގޯސްވެގެން އިންޑިއާގެ ޓްރިވެންޑްރަމް އެއާޕޯޓަށް ޖެއްސިތާ ތިން ހަފްތާ ވީއިރު ވެސް ނުފުރިފައި އޮންނަން ޖެހުމުން އެކަމާ ގުޅޭ ސުވާލުތައް ގިނަވެއްޖެ އެވެ.
އެފް-35ބީ ޓްރިވެންޑްރަމް އެއާޕޯޓަށް ޖެއްސީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.
އެ ޖެޓް ޓްރިވެންޑްރަމަށް ދިޔައީ ރޯޔަލް ނޭވީގެ ފްލެގްޝިޕް މަނަވަރު، އެޗްއެމްއެސް ޕްރިންސް އޮފް ވޭލްސްއާ އެކު އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުޅެނިކޮށް މޫސުން ގޯސްވެގެން ކަމަށް ބުނެފައިވެ އެވެ. އެކަމަކު ޓްރިވެންޑްރަމަށް ޖެއްސި ފަހުން ޖެޓަށް ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ހެދި އަނބުރާ ޕްރިންސް އޮފް ވޭލްސް އަށް ދެވޭ ގޮތް އަދިވެސް ނުވެފައި އޮތީ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.
ޖެޓް ޖެއްސި ފަހުން އެޗްއެމްއެސް ޕްރިންސް އޮފް ވޭލްސްގެ އިންޖިނިއަރުން ޖެޓް އިވެލުއޭޓްކޮށް މަރާމާތުކުރެވޭތޯ މަސައްކަތްކުރި ނަމަވެސް އަދިވެސް އެކަން ވާގޮތެއް ނުވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސި ހައި ކޮމިޝަނުން ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އެއާޕޯޓުގެ މެއިންޓެނެންސް ރިޕެއާ އެންޑް އޯވަހޯލް ފެސިލިޓީއަށް ޖެޓް ބަދަލުކުރުމަށް އިނގިރޭސިވިލާތުން އެއްބަސްވެފައިވާ ކަމަށެވެ. އިނގިރޭސިވިލާތުގެ އިންޖިނިއަރިން ޓީމްތައް ހާއްސަ އިކުއިޕްމަންޓާ އެކު ދާނެ ކަމަށާއި އެހެން މަތިންދާބޯޓުތަކުގެ ޝެޑިއުލަށް ބުރޫ އެރުން ވީހާ ވެސް ބޮޑަށް ކުޑަކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކެރެލާ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން، ޔޫކޭގެ ޖެޓާ ގުޅޭ ގޮތުން ހަދާފައިވާ ޕްރޮމޯޝަނަލް ޕޯސްޓެއް
" މަރާމާތުކޮށް ސޭފްޓީ ޗެކްކުރުމުގެ މަސައްކަތް ނިމުމުން އަލުން ހިދުމަތަށް އެނބުރި ދާނެ،" ހައި ކޮމިޝަނުން ބުންޏެވެ. "ގްރައުންޑް ޓީމްތަކުން ދަނީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސަލާމަތީ ކަންކަން ކަށަވަރުކޮށް ބަލަހައްޓަމުން."
ރޯޔަލް އެއާފޯސްގެ ހަ އޮފިސަރު ދަނީ 110 މިލިއަން ޑޮލަރު (80 މިލިއަން ޕައުންޑް) ގެ ޖެޓް 24 ގަޑިއިރު ބަލަހައްޓަމުންނެވެ.
ފެންވަރު ރަނގަޅު ޖެޓެއް މިގޮތަށް މިހާ ގިނަ ދުވަހު އޮންނަން ޖެހުނު ސަބަބަކާ މެދު ޝައްކު ވެސް އުފައްދަން ފަށާފައި ވާއިރު އިނގިރޭސި ވިލާތުގެ ހައުސް އޮފް ކޮމަންސްގައި ވެސް މި މައްސަލައިގައި ވަނީ ވާހަކަ ދައްކައިފަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޓްރިވެންޑްރަމް އެއާޕޯޓުން މިހާރު ވަނީ މި ޖެޓަށް ޕާކިން ފީ ވެސް ނަގަން ނިންމައިފަ އެވެ.
ކެރެލާގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން މިހާރު ވަނީ މި ޖެޓްގެ ކުރެހުމެއް ބޭނުންކޮށްގެން ކެރެލާ ޕްރޮމޯޓްކުރުމުގެ މަސައްކަތް ވެސް މަޖާ ގޮތަކަށް ކޮށްފަ އެވެ. ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ ޕޯސްޓެއްގައި ޖެޓާއި ކެރެލާ ސިފަވާ ގޮތް ހަދާފައިވެ އެވެ. އަދި ކެރެލާ ރޭޓްކޮށް ފަސް ތަރި ދީފައި ކޮމެންޓެއްގެ ގޮތުގައި "ކެރެލާ ވަރަށް ހިތްގައިމު، މިތަން ދޫކޮށް ދާކަށް ބޭނުމެއް ނޫން" ކަމަށް ލިޔެފައިވެ އެވެ.
އެއާބަސް އޭ330 ގައި ކޮޗިން އާއި ޓްރިވަންޑްރަމަށް
ހަނިމާދޫ-ޓްރިވެންޑްރަމް ދަތުރުތައް މެދުކަނޑާލަނީ
ވަގަށް ނެގި އިންޑިއާގެ ސާމާނުތަކެއް އަނބުރާ ދެނީ
އިންނާނެ މީހަކު ހޯދަން އިޝްތިހާރުކުރީ ބިލްބޯޑްގައި
ސަމަންތާ އަށް އިނގިރޭސި ޑައިރެކްޓަރެއްގެ ފިލްމެއް
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ޓޮމް ކްރޫޒް ޗިކެން ޓިއްކާ މަސާލާ ކާން އާޝާގެ ކެފޭއަށް
އިނގިރޭސި ވިލާތުގައި މަޖުބޫރު ކައިވެނިތައް މަދުވެއްޖެ
އަޔާންގެ "ބުރައްމަސްތުރާ" ނިންމަން ހަންގޭރީ އަށް
ވެކްސިންގެ ދެ ޑޯޒުން، އިންޑިއާ ވޭރިއަންޓް ކޮންޓްރޯލްވޭ