އާލިއާ ބަޓާއި ރަންބީރް ކަޕޫރް އެކީގައި ކުޅޭ އަދި މަސައްކަތް ފެށި ފަހުން ނުނިމި ދިގުލައިގެން ގޮސްފައިވާ ފިލްމު "ބުރައްމަސްތުރާ" ގެ ފަހު ޝޫޓިން ޝެޑިއުލް ހަންގޭރީގައި ނިންމަން މިހާރު ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
22 ޖޫން 2021
އާލިއާ ބަޓާއި ރަންބީރް ކަޕޫރް އެކީގައި ކުޅޭ އަދި މަސައްކަތް ފެށި ފަހުން ނުނިމި ދިގުލައިގެން ގޮސްފައިވާ ފިލްމު "ބުރައްމަސްތުރާ" ގެ ފަހު ޝޫޓިން ޝެޑިއުލް ހަންގޭރީގައި ނިންމަން މިހާރު ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އަޔާން މުކަރްޖީ ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން އަށް ކާސްޓާއި ކްރޫ ފުރާނީ އޮގަސްޓް މަހުގެ ފަހުންނެވެ. އަދި "ބުރައްމަސްތުރާ" ގެ ބާކީ ހުރި މަންޒަރުތައް ނަގައި، ފިލްމުގެ ޝޫޓިން ނިންމައިލާނީ ބުޑަޕެސްޓްގަ އެވެ.
މިކަމަށް ތައްޔާރުވުމުގެ ގޮތުން ފިލްމުގެ ކާސްޓާއި ކްރޫގައި ހިމެނޭ އެންމެން މިހާރު ވަނީ ވެކްސިން ވެސް ޖަހައި ނިންމައިފަ އެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ ތެރޭގައި ބަލްގޭރިއާގައި ޝޫޓިން ފެށި "ބުރައްމަސްތުރާ" ގެ މަންޒަރުތަލކެއް، އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން މުމްބާއީގައި ވެސް ނަގާފައިވެ އެވެ. ފިލްމުގެ މަންޒަރުތަކެއް އެންމެ ފަހުން ޝޫޓްކުރީ މި އަހަރުގެ ކުރީކޮޅު މުމްބާއީގަ އެވެ.
ފެންޓަސީ އެޑްވެންޗާ ސުޕަހީރޯ ފިލްމެއްގެ ގޮތުގައި ހަދާ "ބުރައްމަސްތުރާ" އަކީ އަޔާން ގެނެސްދޭން ނިންމާފައިވާ ޓްރިލޮޖީއެއްގެ ފުރަތަމަ ބައެވެ. މީގެ ކާސްޓްގައި އަމީތާބް ބައްޗަނާއި ޑިމްޕަލް ކަޕާޑިއާ އާއި އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ނާގުރްޖުނާ އަކިނޭނީގެ އިތުރުން މޯނީ ރޯއި ވެސް ހިމެނެ އެވެ.
ފިލްމުގެ ހާއްސަ ފެނިލުމަކުން ޝާހްރުކް ޚާން ވެސް ފެންނާނެ އެވެ.
މިހާރު ބަޖެޓް 300 ކްރޯޑް ރުޕީސް (40.5 މިލިއަން ޑޮލަރު) އަށް އަރާފައިވާ "ބުރައްމަސްތުރާ" ރިލީޒްކުރަން އެންމެ ފަހުން ރަސްމީކޮށް އިއުލާންކުރި ތާރީހަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 4 އެވެ. ނަމަވެސް ކޮވިޑް-19 އާ ހެދި އެ ފުރުސަތު ގެއްލުނު ފަހުން، ފިލްމު ރިލީޒްކުރާނެ އިރަކާ ބެހޭ ގޮތުން ދަރުމާ އިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމު މި އަހަރުގެ ފެނުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. "ބުރައްމަސްތުރާ" އަކީ 2017 ގައި އެ އިއުލާންކުރި ފަހުން ބެލުންތެރިން ވަރަށް އިންތިޒާރުކުރާ ފިލްމެކެވެ.
މި ފިލްމަކީ އަޔާން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ފުރަތަމަ ފިލްމެވެ. "ވޭކަޕް ސިދު" އާއި "ޔެ ޖަވާނީ ޖޭ ދީވާނީ" ވެސް ގެނެސްދިން ޑައިރެކްޓަރުގެ ކުންފުންޏަކީ މި އަހަރު އުފެއްދި ސްޓާލައިޓް ޕިކްޗާޒް އެވެ. "ބުރަސްމަސްތުރާ" ގައި ދަރުމާއާ އެކު ފޮކްސް ސްޓާ ސްޓޫޑިއޯ ވެސް ހިއްސާވެ އެވެ.
މި ފިލްމަކީ ކަރަންގެ ދަރުމާ އިން މިހާތަނަށް ގެނެސްދޭ އެންމެ ބޮޑު ފިލްމެވެ. އަދި "ބުރައްމަސްތުރާ" އަކީ ހިންދީ ސިނަމާ އަށް އަންނާނެ ވަރަށް ތަފާތު ފިލްމަކަށް ވާނެ އެވެ.
"ބުރައްމަސްތުރާ" ގެ ފަހު މަންޒަރުތައް ނަގަނީ
ރަންބީރާއި އާލިއާގެ "ބުރައްމަސްތުރާ" އަންނަ އަހަރު
ރަންބީރަކީ ވަރަށް މޮޅު އެކްޓަރެއް: އަމީތާބް
"ބުރައްމަސްތުރާ" އާ އެކު އަޔާން ޕްރޮޑިއުސަރަކަށް
"ބުރައްމަސްތުރާ" ނޮވެމްބަރު ނުވަތަ ޑިސެމްބަރުގައި
"ބުރައްމަސްތުރާ" ގެ ޑިޖިޓަލް ޕްރިމިއާއާ ކަރަން ދެކޮޅު
އަޔާންގެ "ބުރައްމަސްތުރާ" ކުރުކުރަން އެދިއްޖެ
ބޮލީވުޑް ވަރަށް މިސްވޭ: ފަވާދު
ޖަޔާގެ ފުރަތަމަ ނެގަޓިވް ރޯލު ކަރަންގެ ފިލްމުގައި
ރަންބީރާއި އާލިއާގެ "ބުރައްމަސްތުރާ" އަންނަ އަހަރު