23 މެއި 2021
ލޯބީގެ ގޮތުން ގުޅިގެން ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓް އެކީގައި ފެންނާނެ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" މިހާރު އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ލޯބީގެ ގޮތުން ގުޅިގެން ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓް އެކީގައި ފެންނާނެ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" މިހާރު އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ މި ފިލްމު ރިލީޒްކުރާނެ ކަމަށް ބުނެ އެންމެ ފަހުން ރަސްމީކޮށް އިއުލާންކުރި ތާރީހަކީ މިދިޔަ އަހަރުގެ ޑިސެމްބަރު 4 އެވެ. އެކަމަކު ކޮވިޑާ ހެދި މަސައްކަތަށް ބުރޫއެރި ގޮތަށް "ބުރައްމަސްތުރާ" އަދިވެސް އޮތީ އެއްކޮށް ޝޫޓިން ނިންމައިނުލެވި އެވެ.
މި ފިލްމަކީ ކުރިން 2018 ގައި ރިލީޒްކުރަން ނިންމައި 2017 ގައި އިއުލާންކުރި ފިލްމެކެވެ.
ރިޕޯޓްތައް މިހާރު ބުނާ ގޮތުން އަޔާން މުކަރްޖީ ޑައިރެކްޓްކުރާ "ބުރައްމަސްތުރާ" މި އަހަރު ރިލީޒްކުރާނެ ކަމަށް ކުރެވޭ އުންމީދު ދޫކޮށްލަން ޖެހިފައިވާ އިރު، ފިލްމު މިހާރު ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ އެޕްރީލް/މެއި ހިސާބަށެވެ. އަދި ފިލްމުގައި މިހާރު ޝޫޓްނުކުރެވި ހުރި މަންޒަޒަރުތައް ނެގުމުގެ މަސައްކަތް ފަށާނީ މި އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
މި އަހަރުގެ ކުރީކޮޅު ވެސް "ބުރައްމަސްތުރާ" ގެ ޝެޑިއުލްއެއް މުމްބާއީގައި ކުރިއަށް ގެންގޮސްފައިވެ އެވެ. އެކަމަކު ފަހުން މަސައްކަތް ހުއްޓުނީ ކޮވިޑް-19 ގެ ހާލަތު ގޯސްވުމުންނާއި އެ ދުވަސްވަރު ރަންބީރަށް ވެސް ކޮވިޑް ޖެހިގެންނެވެ.
ފެންޓަސީ އެކްޝަން އެޑްވެންޗާއެއްގެ ގޮތުގައި ގެނެސްދޭ މި ފިލްމުގެ ކާސްޓްގައި އަމީތާބް ބައްޗަނާއި ޑިމްޕަލް ކަޕާޑިއާ އާއި ނާގުރްޖުނާ އަކިނޭނީގެ އިތުރުން މޯނީ ރޯއި ހިމެނެ އެވެ.
"ބުރައްމަސްތުރާ" ގެ ވަރަށް ގިނަ މަންޒަރުތަކެއް 2018 ގައި ބަލްގޭރިއާގައި ނަގާފައިވެ އެވެ. މި ފިލްމު އަންނަ އަހަރުގެ ކުރީކޮޅު ގެނެސްދޭން ނިންމި ކަމަށް މީޑިއާތަކުން ބުންޏަސް ދަރުމާ އިން އަދި ރަސްމީކޮށް އެކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނެ އެވެ.
"ބުރައްމަސްތުރާ" އަކީ އަޔާންގެ ތިން ވަނަ ފިލްމެވެ. އަދި މިއީ ޓްރިލޮޖީއެކެވެ. އަޔާންގެ ކުރީގެ ދެ ފިލްމަކީ 2013 ގެ "ޔެ ޖަވާނީ ހެ ދީވާނީ" އާއި 2011 ގެ "ވޭކަޕް ސިދު" އެވެ. އެ ދެ ފިލްމުގެ ބަތަލަކީ ވެސް ރަންބީރެވެ.
ރަންބީރާއި އާލިއާގެ "ބުރައްމަސްތުރާ" އަންނަ އަހަރު
ރަންބީރަކީ ވަރަށް މޮޅު އެކްޓަރެއް: އަމީތާބް
އަޔާންގެ "ބުރައްމަސްތުރާ" ނިންމަން ހަންގޭރީ އަށް
"ބުރައްމަސްތުރާ" އާ އެކު އަޔާން ޕްރޮޑިއުސަރަކަށް
"ބުރައްމަސްތުރާ" ނޮވެމްބަރު ނުވަތަ ޑިސެމްބަރުގައި
"ބުރައްމަސްތުރާ" ގެ ފަހު މަންޒަރުތައް ނަގަނީ
"ބުރައްމަސްތުރާ" ގެ ޑިޖިޓަލް ޕްރިމިއާއާ ކަރަން ދެކޮޅު
އަޔާންގެ "ބުރައްމަސްތުރާ" ކުރުކުރަން އެދިއްޖެ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ބުރައްމަސްތުރާ" އިން އާލިއާ ނަގާ ފީ ކުޑަކޮށްފި