Roadha Mihaaru
ގެދޮރުގެ ލޯނަށް 700،000ރ. ކަނޑައަޅައިފި

ގެދޮރުވެރިޔާ ލޯނު: ހަ ޕަސެންޓް އިންޓްރެސްޓާ އެކު 7 ލައްކަ ރުފިޔާއާ ހަމައަށް!

14 ޖޫން 2021

މި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް، ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓުގައި ހަތް ލައްކަ ރުފިޔާއާ ހަމަ އަށް ލޯނު ދޫކުރަން ސަރުކާރުން މިރޭ ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް، ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓުގައި ހަތް ލައްކަ ރުފިޔާއާ ހަމަ އަށް ލޯނު ދޫކުރަން ސަރުކާރުން މިރޭ ނިންމައިފި އެވެ.

ޕްލޭނިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގުޅިގެން އިއުލާންކުރި "ގެދޮރުވެރިޔާ" ލޯން ސްކީމް އިފްތިތާހުކޮށްދެއްވީ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ސަރުކާރުން މިރޭ އިއުލާން ކުރި ލޯނު ސްކީމްގެ ތަފުސީލުތައް

- ލޯނު ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެ އެޅުމަށް ނުވަތަ މަރާމާތު ކުރުމަށް ނުވަތަ ހަދަން ފަށާފައި ހުރި ތަނެއް ނިންމުމަށް.

- ލޯނުގެ ގޮތުގައި އެއް ފަރާތަކަށް އެންމެ ގިނަވެގެން ދޫކުރާނީ ހަތް ލައްކަ ރުފިޔާ، އިމާރާތް ކުރާ ބިން މޯގޭޖް ކުރެވޭނެ.

- އިމާރާތް ކުރުމަށް 12-15 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ދޭނެ، ލޯނު އަނބުރާ ދައްކަން ޖެހޭނީ 20 އަހަރުން. ލޯނަށް ޑިޕޮސިޓް ދައްކާކަށް ނުޖެހޭ.

- ލޯނަށް އެދުމުގައި މަދުވެގެން ދެ ފަރާތް ހިމަނަން ޖެހޭ، ލޯނުގެ ގޮތުގައި ދޫކުރާނީ ޕްރޮޖެކްޓްގެ 80 ޕަސެންޓް. ބާކީ 20 ޕަސެންޓް ދައްކާނީ ލޯނު ނަގާ ފަރާތް.

ގެދޮރު ހަދަން 700،000ރ. ގެ ލޯނު ނަގާ ނަމަ، 20 އަހަރުގެ ތެރޭގައި ކޮންމެ މަހަކު 5015ރ. ލޯނަށް ދައްކަން ޖެހެ އެވެ.

ގެދޮރުވެރިޔާ ލޯނު ސްކީމްގައި ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތުތަކާއި މަހަކު ދައްކަންޖެހޭ އަދަދު.

ގެދޮރުވެރިޔާ ލޯނު ސްކީމްގައި ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތުތަކާއި މަހަކު ދައްކަންޖެހޭ އަދަދު.

މި ލޯނަށް ޝަރުތު ހަމަވަނީ، ލޯނަށް އެދޭ ފަރާތުގެ ނަމުގައި އެހެން ބިމެއް ރަޖިސްޓްރީ ވެފައި ނެތުމާއި ބިން ރަޖިސްޓްރީ ވެފައިވާ ރަށުގެ ރަށްވެއްސަކަށް ވުމާއި، ރަށްވެހި ވެފައިވާ ރަށުގައި ލޯނަށް އެދޭ ފަރާތް ނުވަތަ އެ މީހެއްގެ އާއިލާ ދިރިއުޅޭތާ މަދުވެގެން ތިން އަހަރުވެފައިވާ މީހުންނަށެވެ.

މި ލޯނު ދޫކުރާނީ އެޗްޑީއެފްސީން އިން ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

ގެދޮރުވެރިޔާ ލޯން ސްކީމްގައި ދޫކުރާ ލޯންތަކުގެ އިންޓަރެސްޓް ރޭޓަކީ 6 ޕަސެންޓް.

ގެދޮރުވެރިޔާ ލޯން ސްކީމްގައި ދޫކުރާ ލޯންތަކުގެ އިންޓަރެސްޓް ރޭޓަކީ 6 ޕަސެންޓް.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވި ވީޑިއޯ ހިތޯބެއްގައި ވިދާޅުވީ ރާއްޖޭގެ ބޮޑު އާބާދީ އޮތީ ރަށްރަށުގައި ކަމަށާއި އެކަމަކު ރަށްރަށުން މާލެ އަށް މީހުން ހިޖުރަ ކުރަނީ އެކި ސަބަބުތަކާ ހެދި ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަން ނެތުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޯހިޔާވަހިކަން ނެތުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ގެދޮރު އިމާރާތް ކުރަން ބޭނުންވާ ފައިސާ ފަސޭހައިން ލިބެން ނެތުން. ގެދޮރު އިމާރާތް ކުރުމަށް ދެމުން އަންނަ ލޯނުތަކަކީ ބޮޑު އިންޓަރެސްޓް ރޭޓެއްގައި މިހާތަނަށް ދެމުން އަންނަ ލޯނުތަކެއް،" އަސްލަމް ވިދާޅުވި އެވެ.

ގެދޮރުވެރިޔާގެ ލޯން ސްކީމަށް އެދެވޭނީ މަދުވެގެން ދެ ފަރާތެއް ހިމެނިގެން.

ގެދޮރުވެރިޔާގެ ލޯން ސްކީމަށް އެދެވޭނީ މަދުވެގެން ދެ ފަރާތެއް ހިމެނިގެން.

އޭނާ ވިދާޅުވި ގޮތުގައި ރަށްރަށުގައި ކުރާ އިމާރާތްތަކަކީ މާލެއާ ހިލާފަށް ކޮމާޝަލް ވެލިއު ވަރަށް ކުޑަ ތަންތަނެވެ. އެހެންވެ އެ އިމާރާތް ކުރުމަށް ލިބޭ ލޯނަކީ ހމަ އަގުގައި ލިބޭ ލޯނަކަށް ވުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސްކީމުގެ މުހިންމު ކަމަކީ މާލެ އަށް އައުމަށް އޮތް ޝައުގުވެރިކަން ކުޑަކުރުން،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރަށެއްގައި 500،000-700،000ރ. އާ ދެމެދުގެ އަގެއްގައި ރަނގަޅު ބޯހިޔާވަހިކަމެއް ގެނެވޭނެ."

އެޗްޑީއެފްސީން ބުނީ މި މަހު ތެރޭގައި މި ސްކީމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި އަދި މި އަހަރު ފަހުކޮޅު ލޯނު ދޫކުރަން ފަށާނެ ކަމަށެވެ. މި ފޯމުތައް ބަލައިގަންނާނީ ޕްލޭނިން މިނިސްޓްރީ އާއި އެޗްޑީއެފްސީ ގުޅިގެން އެކުލަވާލައިފައިވާ ޖޮއިންޓް ކްރެޑިޓް ކޮމިޓީއަކުންނެވެ.