Roadha Mihaaru
ޖަލުންް އަނިޔާވީ އަމިއްލައަށް ބޯ ފަޅާލި މީހަކަށް

ޖަލުން 40 އަށް ވުރެ ގިނަ ފޯނު ފެނުނު، އަނިޔާވީ އަމިއްލައަށް ބޯ ފަޅާލި މީހަކަށް

12 ޖޫން 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓު ހަމަލަ އާއި ހަރުކަށި ފިކުރާ ދެކޮޅަށް މާލޭ ޖަލާއި މާފުށީ ޖަލުގަައި މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 40 އަށް ވުރެ ގިނަ ފޯނު އަތުލައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓު ހަމަލަ އާއި ހަރުކަށި ފިކުރާ ދެކޮޅަށް މާލޭ ޖަލާއި މާފުށީ ޖަލުގަައި މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 40 އަށް ވުރެ ގިނަ ފޯނު އަތުލައިގެންފި އެވެ.

ފުލުހުން މިރޭ ބުނީ އެ ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަނަލް ސާވިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުން ބަލައި ފާސްކުރި ގޮޅިތަކުން، މާލޭ ޖަލުން ސިމް ކާޑާއެކު އެއް ފޯނު އަދި މާފުށި ޖަލުން ސިމް ކާޑާއެކު 43 މޯބައިލް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަަމަށެވެ. ހަރުކަށި ފިކުރާ ގުޅޭ ބައެއް ފޮތްތައް ވެސް އަތުލައިގަތް ތަަކެތީގެ ތެރޭގައި ހިމެނެ އެވެ.

އެ އޮޕަރޭޝަނުގައި ފުލުހުން ޓޭޒާ ބޭނުންކުރި ކަމަށް ބުނެ ފަތުރާފައިވަނީ ދޮގު މައުލޫމާތެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެކަމަކު، ނުކިޔަމަންތެރިކަން ދެއްކި ދެ ގައިދީއަކާ ދެކޮޅަށް ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އޮޕަރޭޝަންގައި ޕެޕާ ސްޕްރޭ ބޭނުން ކުރުމުގެ ސަބަބުން ސިއްހީ ފުރަތަމަ އެހީ ދެ ގައިދީއަކަށް ފޯރުކޮށްދީފައިވެ އެވެ. މާލޭ ޖަލުގެ އިތުރުން، މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ބިޑި އަޅުވާފައި އިން ގައިދީއަކު، ސިމެންތި އައްޓެއްގަައި އަމިއްލަ އަށް ބޮލުން ޖަހައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

".އެ އޮޕަރޭޝަންގައި ދެންނެވުނު ތިން ގައިދީންގެ އިތުރުން، އިތުރު ގައިދީއަކަށް އަނިޔާ ވެފައި ނުވޭ،" ފުލުހުން ބުންޏެވެ.

މިއަދުގެ އޮޕަރޭޝަންގައި ޖަލުން އަތުލައިގަތް ސާމާނު-- ފޮޓޯ: ޕޮލިސް މީޑިއާ

މިއަދުގެ އޮޕަރޭޝަންގައި ޖަލުން އަތުލައިގަތް ސާމާނު-- ފޮޓޯ: ޕޮލިސް މީޑިއާ

ސިފައިންނާއި ފުލުހުންގެ 300 ވަރަކަށް މީހުން ބައިވެރިވި އޮޕަރޭޝަންގައި ހަމަނުޖެހުން ހިނގީ ކައިވެނީގެ ނަމުގައި 13 އަހަރުގެ ކުއްޖަކު ރޭޕްކޮށް، ހަރުކަށިފިކުރު ފަތުރާކަމުގެ ތުހުމަތުގައި 2019 ވަނަ އަހަރު ހައްޔަރުކުރި އިސްމާއިލް ހައްމާދާއި ލ. އަތޮޅުގައި ލޯންޗުތަކެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުކުރާ ހަރުކަށި ފިކުރުގެ މީހުން ތިބި ދެ ގޮޅީގައި ކަމަށްވެ އެވެ. ލޯންޗްގައި ރޯކުރި މީހުންގެ ތެރޭގައި، ސަލްޓަން ޕާކް ބޮމުގެ ހަމަލާއަށް ފަހު ފިލައިގެން ޕާކިސްތާނަށް ގޮސް އުޅުނު މީހަކު ވެސް ހިމެނެ އެވެ.

ހަތިޔާރާއި ކުއްތާ ވެސް ހިފައިގެން ގޮސް ސިފައިންނާއި ފުލުހުން ގޮޅިއަކަށް ވަނީ އެއްފަހަރާ ކަހަލަ ގޮތަކަށް ކަމަށާއި ކޮންމެ ގޮޅިއެއް ފާސްކުރަން ގަޑިއިރެއް ވަރު ހޭދަކުރި ކަމަށް ވެ އެވެ. އަދި ޑްރޯން ބޭނުންކޮށްގެން ވެސް އެ ސަރަހައްދު ބަލާފައިވެ އެވެ. ނަޝީދަށް ދިން ހަމަލާގައި ހަރުކަށި ފިކުރުގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ތަހުގީގަށް އެނގިފައިވެ އެވެ. އެ ހަމަލާއާ ގުޅިގެން ފަސް މީހަކު ހައްޔަރުކުރިއިރު އޭގެ ތެރެއިން އެކަކީ ނަޝީދަށް ދިން ހަމަލާއާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ ހަރުކަށި ފިކުރުގެ އޮޕަރޭޝަންތަކުގެ ތެރެއިން ހައްޔަރުކުރި އެކަކެވެ.