07 ޑިސެމްބަރ 2022
ކ. މާފުށީ ޖަލުގައި ސްކޭމް ކުރުމާއި ޓެރަރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކޮށް، ސަލާމަތީ ބާރުތަކުގެ ވަރުގަދަ އޮޕަރޭޝަނެއް މިރޭ ފަށައިިފި އެވެ.
ކ. މާފުށީ ޖަލުގައި ސްކޭމް ކުރުމާއި ޓެރަރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކޮށް، ސަލާމަތީ ބާރުތަކުގެ ވަރުގަދަ އޮޕަރޭޝަނެއް މިރޭ ފަށައިިފި އެވެ.
ކަރެކްޝަނަލް ސާވިސް އިން ކުރި ޓްވީޓެއްގައި ބުނީ ޖަލަށް މަނާ ތަކެތި ވައްދައިގެން ސްކޭމާއި ޓެރަރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންވެ، ކަރެކްޝަންސާއި ފުލުހުން އަދި ސިފައިން ގުޅިގެން މާފުށީ ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފެށީ ކަމަށް ބުންޏެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ސްކޭމާއި ޓެރަރިޒަމާ ދެކޮޅަށް މާފުށީ ޖަލުގައި އޮޕަރޭޝަނެއް ފެށިއިރު، މީހުންނަށް އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވާތީ ކަމާ ގުޅޭ މުއައްސަސާތައް އެއް ތަނެއްގައި ތިބެގެން މަޝްވަރާ ކުރުމަށް މިދިޔަ ހޯމަ ދުވަހު ވަނީ ވޯކްޝޮޕެއް ބާއްވައިފަ އެވެ.
ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާއި ގުޅިގެން މި ސަރވިސްއާއި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން މާފުށި ޖަލު ބަލާ ފާސްކުރުމުގެ އޮޕަރޭޝަންއެށް މިރޭ ވަނީ ފެށިފަ
— Maldives Correctional Service (@CorrectionsMv) December 6, 2022
އެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ޖެނުއަރީ 1، 2019 އިން ފެށިގެން މިދިޔަ މެއި މަހުގެ ނިޔަލަށް ސްކޭމް ކޯލްގެ 1،423 މައްސަލައެއް ފުލުހުންނަށް ލިބުނު ކަމަށެވެ. އެފަދަ ގިނަ ކޯލުތަކަކީ ޖަލުތަކުގައި ތިބޭ ގައިދީން ވަގަށް ފޯނު ވައްދައިގެން ކުރާ ކޯލުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާތަނަށް ވެސް ފާހަގަވެފައިވާ ގޮތުގައި މިފަދަ ގިނަ ކޯލުތައް ޖަލުތަކުގައި ތިބޭ ގައިދީން ޖަލަށް ވަގަށް ފޯނާއި އެ ނޫން ވެސް ތަކެތި ވައްދައިގެން ކުރާކަން ވަނީ އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި،" ސީޕީ ވިދާޅުވި އެވެ.
މި އަހަރުގެ މިހާތަނަށް ވެސް ސްކޭމްގެ 998 މައްސަލައެއް ފުލުހުންނަށް ހުށަހެޅި އެވެ. އެ މުއްދަތުގެ ތެރޭގައި ސްކޭމްތަކުން އެކި ފަރާތްތަކަށް 23 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބިފައިވެ އެވެ.
ޖަލު އޮޕަރޭޝަން: ފޯނާއި ސިމް ކާޑާއި މަސްތުވާތަކެތި
ޖަލުންް އަނިޔާވީ އަމިއްލައަށް ބޯ ފަޅާލި މީހަކަށް
ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަނެއް ޖަލުގައި ފަށައިފި
ޖަލަށް މަނާތަކެތި ވައްދާ އޮފިސަރުންގެ މައްސަލަ ޕީޖީއަށް
ސްކޭމް ހުއްޓުވާ އެންޓަނާގެ ބޭނުން ނުކުރެވޭ:ކަރެކްޝަންސް
ޖަމީލަށް މީހަކު އަނިޔާކުރި ކަމަށް ނުބެލެވޭ: ޕޮލިސް
ޖަލުގެ 11 އޮފިސަރަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި ވަޅުލައިފި
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް!