Roadha Mihaaru
ޒަމީލްގެ މައްސަލަ ޕޮލިހަށް ފޮނުވާކަށް އަދި ނުނިންމާ

ޒަމީލްގެ މައްސަލަ ޕޮލިހަށް ފޮނުވަން އަދި ގޮތެއް ނުނިންމަން: މަޖިލިސް

09 ޖޫން 2021

ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރުނުވާން ނިންމިކަން އަންގައި ޑިފެންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ސިޓީގައި ސޮއިކުރެއްވި ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް މަޖިލީހުގެ އިދާރާ އިން މިއަދު މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރުނުވާން ނިންމިކަން އަންގައި ޑިފެންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ސިޓީގައި ސޮއިކުރެއްވި ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް މަޖިލީހުގެ އިދާރާ އިން މިއަދު މިއަދު ބުނެފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ގޮތުން މަޖިލީހުން ހިންގާ އިންކުއަރީއަށް މައުލޫމާތު އެއްކުރުމަށް ވަކިވަކި ސިފައިން، ހާޒިރުކުރުުމުގެ ބަދަލުގައި ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ މުއައްސަސާ އިން ކަމަށް އެ ސިޓީގައިވެ އެވެ. އަދިި އެއީ ސިފައިންގެ ލަފާދޭ މަޖިލީހުން ޗީފް އޮފް ޑިފެންސް ފޯސް އަށް ދެއްވާފައިވާ ލަފާ ކަމަށް ވެސް އޭގައިވެ އެވެ.

އެ މައްސަލާގައި އެއްވެސް ތަހުގީގެއް ނުހިންގައި މަޖިލީހުން ޒަމީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެން ކަމަށް ބުނެ އެވެ. އެކަމަކު މިދިޔަ ހޯމަ ދުވަހު، ޕީޖީން މައްސަލަ އަނބުރާ މަޖިލީހަށް ފޮނުވާލައި ލަފާދިނީ، ޖިނާއީ ތަހުގީގެއް އެ މައްސަލައިގައި ހިންގުމަށް އެފަދަ އިދާރާ އަަކަށް ހުށަހަޅައިގެން ކުރިއަށް ދިއުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ގޮތެއް ނުނިންމައި، އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މަޖިލީހުން ޕީޖީ އޮފީހަށް މީގެ ކުރިން ފޮނުވައިފައެއް ނުވެ އެވެ. އެހެންވެ، މިއީ ސީދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިގެން މިފަދަ ގޮތަކަށް މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވި ފުރަތަމަ ފަހަރު ވެސް މެ އެވެ. އެ މައްސަލައާ ގުޅިގެން މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަން ޑިރެކްޓަރު، ހަސަން ޒިޔާއު "މިހާރު" އަށް ވިދާޅުވީ މިހާތަނަށް އެ މައްސަލަ ބެލުމަށް މަޖިލީހުން ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައިގައި އަމަލުކުރާނެ ގޮތެއް ވެސް އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާ ދިން މައްސަލާގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ހިންގާ ތަހުގީގަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާން ނިންމި މައްސަލައާ ގުޅިގެން އެމްއެންޑީއެފަށް ފާޑުކިޔުން އަމާޒުވި އެވެ.

ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން ކުރިން މައްސަލަތަކެއް އުޅުނަސް މިހާރު ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ސިފައިންގެ އިސް ފަރާތްތަކުން ދެއްވަ އެވެ. އަދި އިއްޔެ ވަނީ ވަކި ވަކިން ސިފައިން ކޮމިޓިއަށް ހާޒިރުކުރަން ވެސް ފަށައިފަ އެވެ.