03 ޖޫން 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހިންގާ އިންކުއަރީއަށް ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށާއި އެކަމަކު އެ އިދާރާއަށް ޖަވާބުދާރީވާނީ މުޅި މުއައްސަސާގެ ފަރާތުން ކަމަށް ދެކޭ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހިންގާ އިންކުއަރީއަށް ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށާއި އެކަމަކު އެ އިދާރާއަށް ޖަވާބުދާރީވާނީ މުޅި މުއައްސަސާގެ ފަރާތުން ކަމަށް ދެކޭ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
ގައުމީ ދިފާއީ ބާރުން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ ކޮމިޓީތަކަށް ކޮންމެ މީހަކަށް އަދި ކޮންމެ މުއައްސަސާއަކަށް ހާޒިރުވެ ހެކިބަސް ދިނުމާއި މަޖިލީހުން ބޭނުންވާ ކޮންމެ ލިޔެކިޔުމެއް ހުށަހެޅުމަށް އެންގިދާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އެއާއެކު، ކޮންމެ މީހަކާއި ކޮންމެ މުއައްސަސާއަކާ ކުރާ ސުވާލަށް އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންޖެހޭނެ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ސަލާމަތީ ކޮންމެ ހިދުމަތެއް ހިންގަން ވާނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ބެލުމުގެ ދަށުން ކަމާއި އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ކޮންމެ ހިދުމަތެއްގެ ކަމަކާ ގުޅިގެން ރައީސާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާތީ، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށް ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާއި "ޗެއިން އޮފް ކޮމާންޑު" އަދި "ކޮމާންޑު އެންޑް ކޮންޓްރޯލް" އަދި އެ މުއައްސަސާގެ ތެރޭގައި ޒަމާނުއްސުރެ ގާއިމްވެފައިވާ އުސޫލުތަކާ ހިލާފުކަމެއް ކަމަށް ބުންޏެވެ.
އެ ކޮމިޓީން އިންކުއަރީ ހަދަމުން އަންނަނީ ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދެވޭ ގޮތަށް ސެކިއުރިޓީ ބްރީޗްވި މައްސަލަ އެވެ. މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި އެ މަނިކުފާނަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގަތެވެ.
"މިކަމުގެ ސަބަބުން މުޅި ގައުމީ ސިފާއީ ބާރާއި އެ ބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑު އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އަދި މި ކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަމަކަށްވާ،" ބަޔާނުގައި ބުންޏެވެ.
އެއީ ސިފައިންގެ ލަފާދޭ މަޖިލީހުގެ ލަފައާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
މަޖިލީހަށް ޖަވާބުދާރީވުމުގައި އެ އުސޫލާ ހިލާފަށް އަމަލުކުރުމަށް ޝަރުއީ ކޯޓެއްގެ ހުކުމެއް ނެތް ކަމަށް ބުންޏަސް ސުޕްރީމް ކޯޓުން މާޗް 10، 2011 ގައި ވަނީ ވަކި ވަކި ސިފައިން މަޖިލީހަށް ހާޒިރުކުރެވޭނެ ކަމަށް ލަފާދީފަ އެވެ.
ބަޔާނުގައި ބުނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ހާމަކުރުމަކީ ކުށެކެވެ. އެ ކަންކަމުގެ އިތުރުން، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާ ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަނެތި އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތްކުރުމުގެ އިހުތިޔާރު ސިފައިންގެ އާއްމު ގަވައިދުން ނުލިބޭ ކަމަށެވެ.
"ވީމާ، ސިފައިންގެ ކޮމާންޑު އެންޑް ކޮންޓްރޯލާއި ޗެއިން އޮފް ކޮމާންޑުގެ އުސޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި ސިފައިން، އެ މީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާ މެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ މި މުއައްސަސާގެ ފަރާތުން ކަމުގައި ދެކެމެވެ،" ބަޔާނުގައި ބުންޏެވެ.
"ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމެޓީއަކުން ބައްލަވަމުން ގެންދަވާ މައްސަލައަކާ ބެހޭގޮތުން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްުޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މައުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ އެ މައުލޫމާތެއް ވެސް މި މުއައްސަސާއިން ފޯރުކޮށްދޭނެ ކަމުގައި ދަންނަވަމެވެ،"
ނަޝީދު ފޮނުއްވި އިމްތިޔާޒާ ގުޅޭ މައްސަލަ ބޭރުކޮށްލައިފި
ހަމަލާދޭން އުޅޭ ވާހަކައަށް މާރިޔާ އަޅައެއް ނުލެއްވި
ހަމަލާގެ އިޝާރާތެއް ނުލިބޭނެ ކަމަށް ގަބޫލެއް ނުކުރެވޭ
ބޮން ހަރުކުރި ސައިކަލު އެއްދުވަސް ކުރިން ބެހެއްޓި
"މިހާރު" ގައި ލިޔުނު ރިޕޯޓްގެ މައްސަލަ ބަލަނީ
ދިފާއީ ބާރުގެ ވެރިންގެ އިތުބާރާ މެދު ސުވާލު އުފެދިދާނެ
މާރިޔާގެ އިސްތިއުފާ އަށް ގޮވާ އަޑުތައް ގަދަވެއްޖެ
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
އަވަސް ފިޔަވަޅު ނާޅައިފި ނަމަ ލިބޭނެ ގެއްލުން ބޮޑު
އިލްޔާސަށް މައުލޫމާތުދިން މީހާގެ ވާހަކަ ރިޕޯޓަކު ނެތް