11 ޖުލައި 2021
މޭ 6 ގައި ދިން ބޮމުގެ ހަމަލާއާ ބެހޭ ގޮތުންް، މަޖިލީހުގެ ސަލާމަތީ ކޮމެޓީން ތައްޔާރުކުރި ރިޕޯޓަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ ލިބިދާނެ ގެއްލުންތައް ވަރަށް ބޮޑު ކަމުގެ އިންޒާރު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.
މޭ 6 ގައި ދިން ބޮމުގެ ހަމަލާއާ ބެހޭ ގޮތުންް، މަޖިލީހުގެ ސަލާމަތީ ކޮމެޓީން ތައްޔާރުކުރި ރިޕޯޓަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ ލިބިދާނެ ގެއްލުންތައް ވަރަށް ބޮޑު ކަމުގެ އިންޒާރު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.
މަޖިލީހުގެ 241 ކޮމެޓީން ތައްޔާރުކުރި ރިޕޯޓް ނަޝީދަށް އެރުވުމަށް، އޮންލައިންކޮށް ބޭއްވި ހަފުލާގައި ނަޝީދު ވިދާޅުވީ ރައީސާއި އުއްތަމަ ފަނޑިޔާރު ވެސް އެ ރިޕޯޓާ ދޭތެރޭ ވިސްނާވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ، އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމު ބައެއް ކަންކަން ރިޕޯޓްގެ ރެކޮމަންޑޭޝަންގައި ފާހަގަކޮށްފައި އެބަހުރި ކަމަށެވެ.
"އަޅުގަނޑު ރައީސްގެ އަރިހުން އެދެން މައްސަލަ އަވަހަށް ބައްލަވާށޭ. އެއްވެސް ހާލެއްގައި ކުޑަކޮށް ވެސް ފަހަތަށް ޖެހި ވަޑައިނުގަންނަވާށޭ،" ނަޝީދު ވިދާޅުވި އެވެ.
"ސަލާމަތީ ހިދުމަތުގެ ތެރޭގައި ހިނގަމުން ދާ ކަންކަން އޭގެ ތެރޭގައި ބައެއް ކަންކަން އެއީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަންކަން. އަވަހަށް ރަނގަޅު ކުރަން ޖެހޭ ކަމެއް."
ހަމަ އެހެންމެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ވެސް އެމަނިކުފާނު އިލްތިމާސްއެއް ކުރެއްވި އެވެ: "އުއްތަމަ ފަނޑިޔާރުގެ ހިތްޕުޅަށް މި ރިޕޯޓްގައި މިވާ ލަފާތަކާއި އިރުޝާދުތައް ގެންނެވުން ވަރަށް މުހިންމު. ޝަރީއަތުން ހިންގާން ޖެހޭ ކަންކަމާއި ޝަރީއަތުގައި އަމަލުކުރަންވީ ކަންކަން [އަދި] ގެންގުޅެންވީ ހަމަތައް މި ރިޕޯޓުން އުއްތަމަ ފަނޑިޔާރަށް ފާހަގަވެގެން ދާނެ."
ތިން ވޮލިއުމެއްގެ ގޮތުގައި އެރުއްވި ރިޕޯޓާ ބެހޭ ގޮތުން ނަޝީދު ވިދާޅުވީ މި ރިޕޯޓަކީ އެމަނިކުފާނުގެ ޒާތާ ގުޅޭ މައްސަލައެއްގެ ރިޕޯޓެއް ނޫން ކަމަށެވެ.
241 ކޮމިޓީން ތައްޔާރު ކުރި އިންކުއަރީ ރިޕޯޓް ނަޝީދަށް އަރުވަން ބޭއްވި ވާޗުއަލް ބައްދަލުވުން-- ފޮޓޯ/މަޖިލިސް
"ކަން ދިމާކުރި ގޮތުން މި ފަހަރު އަޅުގަނޑު މަރާލުމަށް ބަޔަކު ރޭވި ރޭވުމެއް ނާކާމިޔާބުވެ ދިޔައީ. އެހެން ނަމަވެސް އެ ރޭވުން ކާމިޔާބުގެ ތުންފަތްމައްޗަށް އެ މީހުން ގެނައި. އެއީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެއް. ދައުލަތުގެ ހުރިހާ ބާރުތައް ވެސް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް މި ކަންބޮޑުވުން އޮންނާނެ،" ބޮމުގެ ހަމަލާއިން ލިބުނު ގެއްލުންތަކަށް އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވަމުން އަންނަ ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން [ފިޔަވަޅު އެޅުން] ލަސްކޮށްފި ނަމަ ދިވެހި ރައްޔިތުންނަށް މީގެން ލިބޭނެ ގެއްލުން ވަރަށް ބޮޑު. ހާއްސަކޮށް ދިވެހިރާއްޖޭގެ އިގްތިސާދަށް ލިބިދާނެ ގެއްލުން ވަރަށް ބޮޑު."
ރާއްޖޭގެ އިގްތިސާދަކީ ޓޫރިޒމް ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ، ބޮން ގޮއްވާ ތަނެއްގެ ގޮތުގައި، އަދި ދައުލަތުގެ ވެރިންނަށް ފަސޭހަ ކަމާ އެކު ހަމަލާ ދެވޭ ތަނެއްގެ ގޮތުގައި ބޭރު ދުނިޔެ އަށް ރާއްޖެ ފާހަގަވާން ފަށައިިފި ނަމަ އޭގެ ގެއްލުން ފެންނާނީ ހަމައެކަނި ބަޔަކު މަރުވެގެން އެކަނި ނޫން ކަމަށެވެ.
"[އޭގެ ބަދަލުގައި] އެތައް ބައެއްގެ ވަޒީފާ ގެއްލިގެން. އެތައް ބައެއްގެ އާމްދަނީ އަށް ދަތިވެގެން. އެތައް ބައެއްގެ ދިރިއުޅުން [ވެސް] ނިކަމެތިވެގެން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފަރުވާގައި އަދިވެސް ދުވަސްކޮޅަކު ރާއްޖެ އިން ބޭރުގައި މަޑުކުރަން ޖެހޭނެ ކަމަށެވެ.
މަޖިލީހުގެ 241 ކޮމެޓީން ތައްޔާރުކުރި ރިޕޯޓް މިއަދު ވަނީ ރައީސަށް ވެސް އަރުއްވައިފަ އެވެ. ރައީސް ވިދާޅުވީ އަވަހަށް އަޅުއްވަން ޖެހޭ ފިޔަވަޅުތައް މިހާރު ވެސް އަޅުއްވަން ފައްޓަވައިފައިވާ ކަމަށާއި އެ ރިޕޯޓްގައި، ދެން އިސްލާހު ކުރަން ހުރި ކަންކަން ވެސް އިސްލާހު ކުރައްވާނެ ކަމަށެވެ.
ރިޕޯޓުން ފާހަގަވި ކަންކަން އިސްލާހު ކުރާނަން: ރައީސް
މާރިޔާ އާއި އިލްޔާސް ލަބީބުގެ މައްސަލަ ފުލުހުން ބަލަނީ
241 ކޮމިޓީގެ ރިޕޯޓުން ސިއްރުކުރި ބައިތައް ހާމަވެއްޖެ
ބޮމުގެ ހަމަލާއާ ގުޅޭ ފައިސާ މުއާމަލާތެއް އަދި ނެތް
ހަމަލާދޭން އުޅޭ ވާހަކައަށް މާރިޔާ އަޅައެއް ނުލެއްވި
ހަމަލާގެ އިޝާރާތެއް ނުލިބޭނެ ކަމަށް ގަބޫލެއް ނުކުރެވޭ
އިލްޔާސް، އިންކުއަރީ ކޮމިޓީ އަށް ހާޒިރުކޮށްފި
ސިފައިންގެ ވެރިންނާ އިންކުއަރީގައި އަނެއްކާ ސުވާލުކޮށްފި
އިންކުއަރީއަށް ސަރުކާރުގެ ހުރަހެއް ނެތް: އަސްލަމް
ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ރަނގަޅު: އަސްލަމް