ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން، ހަރުކަށި ފިކުރުގެ ބަޔަކާ ތިން މިލިއަން ޑޮލަރު ހަވާލުކޮށްފައިވާ ކަމުގެ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ދެންނެވުމުން އެ ވާހަކަ އަށް އަޅައި ނުލައްވައި ހުންނެވި ކަމަށް މަޖިލީހުން ހެދި އިންކުއަރީގެ ރިޕޯޓްގައި ބުނެފި އެވެ.
08 ޖުލައި 2021
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން، ހަރުކަށި ފިކުރުގެ ބަޔަކާ ތިން މިލިއަން ޑޮލަރު ހަވާލުކޮށްފައިވާ ކަމުގެ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ދެންނެވުމުން އެ ވާހަކަ އަށް އަޅައި ނުލައްވައި ހުންނެވި ކަމަށް މަޖިލީހުން ހެދި އިންކުއަރީގެ ރިޕޯޓްގައި ބުނެފި އެވެ.
ނަޝީދު އަވަހާރަކޮށްލަން މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ބޮމުގެ ހަަމަލާއެއް ދިން އިރު އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދިޔަ އިންކުއަރީގައި އެކުލަވައިލި ރިޕޯޓް އާއްމުކުރީ މިއަދެވެ.
އެ ރިޕޯޓްގައިވާ ގޮތުން، ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމާ ހަވާލުވެފައިވާ އެމްއެންޑީއެފާ، އިލްޔާސް ހިއްސާކުރެއްވި މައުލޫމާތު މާރިޔާ ހިއްސާއެއް ނުކުރައްވަ އެވެ.
ނަޝީދަށް ހަމަލާދިނުމުގެ ކަންކަމާ، ހަރުކަށި ފިކުރުގެ ބަޔަކު ހަވާލުވެފައިވާ ކަމުގެ މައުލޫމާތު އިލްޔާސްގެ ރައްޓެއްސަކާ ހަވާލާދެއްވައި، މާރިޔާއާ ހިއްސާ ކުރެއްްވީ ރިޕޯޓުން އެނގޭ ގޮތުގައި ފޯން ކޯލެއްގެ ޒަރިއްޔާއިންނެވެ. އިލްޔާސް ގުޅުއްވާފައި އެ ވާހަކަ ވިދާޅުވި ވިދާޅުވުން އެއީ މައުލޫމާތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް މާރިޔާއާ ހަވާަލާދީ ރިޕޯޯޓްގައި ބުންޏެވެ.
"... މެމްބަރު އިލްޔާސްް ލަބީބު ފޯނުން މިނިސްޓަރު އަރިހު ދެންނެވި ވާހަކަ، މިނިސްޓަރު އެއްވެސް ފަރާތަކާ ހިއްސާ ނުކުރެއްވި އެއް ސަބަބު ކަމަށް މިނިސްޓަރު ވިދާޅުވީ އެއީ މައުލޫމާތު ނޫން ކަމަށް ވާތީ ކަމަށެވެ،" ރިޕޯޓްގައި ވެ އެވެ.
މާރިއާ ވިދާޅުވި ސީދާ އިބާާރާތް ވެސް އިންކުއަރީ ރިޕޯޓްގައި ހިމަނައި ހައިލައިޓްވެސް ކޮށްފައި ވެ އެވެ. އެ އިބާރާތުން އެނގޭ ގޮތުގައި އިލްޔާސް ދެއްކެވީ ނުރައްކާތެރި ކަމެއްގެ ވާހަކަ ކަމަށް ވިޔަސް، މިނިސްޓަރު އެ ވާހަކަ އަށް މާ ބޮޑު ސަމާލުކަމެއް ނުދެއްވަ އެވެ. އަދި އެ ވާހަކައިގެ ތަފްސީލު ހޯއްދަވަން ވެސް ނޫޅުއްވަ އެވެ.
"ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރުގެ ފަރާތުން އަޅުގަނޑަށް ލިބުނީ ފޯނުކޯލެއް. މައުލޫމާތެއް ނޫން. އެއީ މައުލޫމާތެއް ކަމަށް އަޅުގަނޑު ބަލަނީ، މީހެއްގެ ނަމެއް ނުވަތަ ފޮލޯ ކުރެވޭނެ ގޮތެއް އަޅުގަނޑަށް ފޯރުކޮށްދެއްވިއްޖެ ކަމަށް ވަންޏާ،" މާރިޔާ ވިދާޅުވި ކަމަށް ރިޕޯޓުގައި ބުންޏެވެ.
މާރިޔާގެ އެ ވާހަކައަށް ކޮމިޓީން ކޮށްފައިވާ ކޮމެންޓްގައި ބުނީ އިލްޔާސް ދެއްްވީ މުހިއްމު އަދި އެއީ އެމްއެންޑީއެފްގެ ކަމާ ބެހެ ފަރާތްތަކާ ހިއްސާކޮށް ފިޔަވަޅު އަޅަން ޖެހޭ މައުލޫމާތެއް ކަމަށެވެ.
ތްރެޓް ކްރިޓިކަލް ކަމަށް ކަނޑައަޅާފައިވާ އެއްވެސް ފަރާތަކާ ގުޅޭ ގޮތުން ލިބޭ އެއްވެސް މައުލޫމާތަކީ ޑިސްރިގާޑް ކުރެވޭނެ ނުވަތަ އަޅާނުލާ ދޫކޮށްލެވޭނެ މައުލޫމާތެއް ނޫން ކަމަށް އެމްއެންޑީއެފްގެ ފަންނީ ތަޖުރިބާކާރުން މި އިންކުއަރީއަށް މައުލޫމާތު ދީފައި ވެ އެވެ--- އިންކްއަރީ ރިޕޯޓް
އިލްޔާސް އެ ވާހަކަ ވިދާޅުވި އިރު ނަޝީދުގެ ސެކިއުރިޓީ އޮތީ "ކްރިޓިކަލް ލެވެލް" ގައި ކަމަށް އެމްއެންޑީއެފުން ކަނޑައަޅާފައި ކަމަށާއި އެކަން މާރިޔާ އަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް ރިޕޯޓްގައި ކޮމިޓީން ބުންޏެވެ.
"...ތްރެޓް ކްރިޓިކަލް ކަމަށް ކަނޑައަޅާފައިވާ އެއްވެސް ފަރާތަކާ ގުޅޭ ގޮތުން ލިބޭ އެއްވެސް މައުލޫމާތަކީ ޑިސްރިގާޑް ކުރެވޭނެ ނުވަތަ އަޅާނުލާ ދޫކޮށްލެވޭނެ މައުލޫމާތެއް ނޫން ކަމަށް އެމްއެންޑީއެފްގެ ފަންނީ ތަޖުރިބާކާރުން މި އިންކުއަރީ އަށް މައުލޫމާތު ދީފައި ވެ އެވެ،" ރިޕޯޓުގައި ބުންޏެވެ.
އެހެންވެ، މާރިއާއާ އިލްޔާސް ހިއްސާކުރެއްވި މައުލޫމާތު އެމްއެންޑީއެފްގެ ލީޑަޝިޕާ ހިއްސާކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. އެކަމަކު އޭނާ އެ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާކުރައްވާފައެއް ނުވެ އެވެ.
މާރިޔާ އަމަލުކުރައްވާފައިވާ ގޮތް އިންކުއަރީ ރިޕޯޓުން ހާމަވުމުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް، މަޖިލީހުގެ މިރޭގެ ޖަލްސާގައި ވިދާޅުވީ މާރިޔާއަށް ލިބިވަޑައިގެންނެވި މައުލޫމާތަކީ މުހިއްމު މައުލޫމާތެއްކަން ނުވަތަ ނޫންކަން އަމިއްލައަށް ކަނޑައެޅުއްވުމަކީ ކުރައްވައިގެން ވާނެ ކަމެއް ނޫން ކަަމަށެވެ. އިލްުޔާސް ދެއްވި މައުލޫމާތުގެ މައްޗަށް އެއްވެސް ކަމެއް ކުރާނެ ފުރުސަތު އެމްއެންޑީއެފަށް ނުލިބުނީ މާރިޔާ އެ މައުލޫތު ނުދެއްވުމުން ކަން ރިޕޯޓުން އެނގޭ ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ.
"އިއްޒަތްތެރި ރައީސް، ކްރެޑިބަލް މައުލޫމާތެއްތޯ ނޫންތޯ ކަނޑައަޅާނީ ޓެކްނިކަލް ނޯހައު ނޭނގޭ ސިޔާސީ މީހެއް ނޫން. އެ ސިޔާސީ މީހާގެ ޒިންމާއަކީ އެ ޓެކްނިކަލް ނޯހައު އެނގޭނޭ މީހުންނަށް އެ މައުލޫމާތު ފޯރުކޮށްްދިނުން. އެހެން ނަމަވެސް މި މައުލޫމާތު އެ މީހުންނަށް ފޯރުކޮށް ނުދީ އޮތުމުގެ ސަބަބުން، އެއްވެސް ގޮތަކަށް ޑިފެންސް އިންޓެލިޖެންސަށް މި މައުލޫމާތު ފޯރާފައި ނުވާކަން އަޅުގަނޑު ފާހަގަކުރަން،" މީކާއީލް ވިދާޅުވި އެވެ.
ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި އިރު އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅަން 241 ކޮމިޓީގެ ރިޕޯޓްގައި ލަފާދީފައި އެބަ އޮތެވެ. އެ ލަފާ ތަންފީޒުކުރަން މީކާއީލް ގޮވައިލެއްވި އެވެ.
241 ކޮމިޓީގެ ރިޕޯޓުން ސިއްރުކުރި ބައިތައް ހާމަވެއްޖެ
ހަމަލާގެ އިޝާރާތެއް ނުލިބޭނެ ކަމަށް ގަބޫލެއް ނުކުރެވޭ
ސިފައިންގެ ވެރިންނާ އިންކުއަރީގައި އަނެއްކާ ސުވާލުކޮށްފި
ނަޝީދު ފޮނުއްވި އިމްތިޔާޒާ ގުޅޭ މައްސަލަ ބޭރުކޮށްލައިފި
ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ރަނގަޅު: އަސްލަމް
މާރިޔާގެ އިސްތިއުފާ އަށް ގޮވާ އަޑުތައް ގަދަވެއްޖެ
އަވަސް ފިޔަވަޅު ނާޅައިފި ނަމަ ލިބޭނެ ގެއްލުން ބޮޑު
މާރިޔާ އާއި އިލްޔާސް ލަބީބުގެ މައްސަލަ ފުލުހުން ބަލަނީ
ބޮމުގެ ހަމަލާއާ ގުޅޭ ފައިސާ މުއާމަލާތެއް އަދި ނެތް
ބޮން ހަރުކުރި ސައިކަލު އެއްދުވަސް ކުރިން ބެހެއްޓި