09 ޖުލައި 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި، އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓި) އިން ހެދި އިންކުއަރީ އަށް ފަހު އާންމުކުރި އިންކުއަރީ ރިޕޯޓްގައި ހުރި ސިއްރު މައުލޫމާތުތައް އާންމުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި، އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓި) އިން ހެދި އިންކުއަރީ އަށް ފަހު އާންމުކުރި އިންކުއަރީ ރިޕޯޓްގައި ހުރި ސިއްރު މައުލޫމާތުތައް އާންމުވެއްޖެ އެވެ.
މަޖިލީހުގެ އިދާރާ އިން އެ ރިޕޯޓް އާންމުކުރީ އޭގައި ހުރި ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތައް ސިއްރުކޮށްފަ އެވެ. ރިޕޯޓްގައި ހުރި ސިއްރު މައުލޫމާތުގައި ކުލަ ޖައްސައި ފޮރުވާފައި ހުއްޓަސް އެކަން ކޮށްފައިވާ ގޮތުން މައުލޫމާތުތައް ހުރީ ބެލޭ ގޮތަށެވެ. އެކަން އެނގުމާ އެކު މަޖިލީހުން ވަނީ ވެބްސައިޓުން ރިޕޯޓް ނަގައި ބަދަލުކޮށްފަ އެވެ.
ސިއްރުކޮށްފައި ހުރި މައުލޫމާތުގައި ނަޝީދަށް ސެކިއުރިޓީ ދިނުމާ ގުޅުން ހުރި އެތައް މައުލޫމާތަކާއި ހައި ސެކިއުރިޓީ މީހުންނަށް ސެކިއުރިޓީ ދިނުމާއި ޖާސޫސީ މައުލޫމާތު އެއްކުރުމާއި އެ މައުލޫމާތު ބޭނުންކުރާ ގޮތް ފަދަ އެތައް މައުލޫމާތެއް ހިމެނެ އެވެ.
މޭ ހަ ވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން އައިޑީއެއް ގޮއްވާލީ އެފަދަ ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބި އަދި އޭގެ ކުރިން ވެސް ނަޝީދަށް އެފަދަ އެތައް އިންޒާރެއް އައުމަށް ފަހުގައި ކަމަށް އިންކުއަރީ ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި ހަމަލާ ދިނުމަށް މެދުވެރިވި ސަބަބުތަކުގައި އެކި ފަރާތްތަކުގެ އިހުމާލު އޮތްކަން ވެސް ރިޕޯޓްގައި ވަނީ ހާމަކޮށްފަ އެވެ.
ހަމަލާ ދިނުމަށް މެދުވެރިވި ސަބަބުތަކާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އެއީ ހަމަލާއާ ގުޅޭ މުހިންމު މައުލޫމާތެއް މަޖިލިސް މެންބަރަކު މާރިޔާ އަށް ދެއްވުމަށް ފަހު ވެސް އެ މައުލުމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރި މައްސަލައިގަ އެވެ.
ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި އިރު އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅަން 241 ކޮމިޓީގެ ރިޕޯޓްގައި ލަފާ ދީފައިވެ އެވެ. އެ ރިޕޯޓް ރޭ ދަންވަރު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ހަމަލާދޭން އުޅޭ ވާހަކައަށް މާރިޔާ އަޅައެއް ނުލެއްވި
ހަމަލާގެ އިޝާރާތެއް ނުލިބޭނެ ކަމަށް ގަބޫލެއް ނުކުރެވޭ
އަވަސް ފިޔަވަޅު ނާޅައިފި ނަމަ ލިބޭނެ ގެއްލުން ބޮޑު
ބޮމުގެ ހަމަލާއާ ގުޅޭ ފައިސާ މުއާމަލާތެއް އަދި ނެތް
އިލްޔާސް، އިންކުއަރީ ކޮމިޓީ އަށް ހާޒިރުކޮށްފި
ސިފައިންގެ ވެރިންނާ އިންކުއަރީގައި އަނެއްކާ ސުވާލުކޮށްފި
ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ރަނގަޅު: އަސްލަމް
ރިޕޯޓްގައިވާ ގިނަ ލަފާތަކަށް އަންނަނީ އަމަލުކުރަމުން
ރިޕޯޓުން ފާހަގަވި ކަންކަން އިސްލާހު ކުރާނަން: ރައީސް
މާރިޔާ އާއި އިލްޔާސް ލަބީބުގެ މައްސަލަ ފުލުހުން ބަލަނީ