13 އޯގަސްޓް 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގި އިންކްއަރީ ރިޕޯޓްގައިވާ ރިކޮމެންޑޭޝަންތަކުގެ ތެރެއިން 38 ކަމެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގި އިންކްއަރީ ރިޕޯޓްގައިވާ ރިކޮމެންޑޭޝަންތަކުގެ ތެރެއިން 38 ކަމެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.
ރައީސް އޮފީހުން ރޭ ބުނީ 241 ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް ތަންފީޒުކުރުމާ ގުޅޭ ގޮޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ)ގެ މެމްބަރުންނާ ރޭ ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ކަމަށެވެ. ކޮމިޓީގެ ރިކޮމެންޑޭޝަންތަކުގެ ތެރެއިން ކުރު މުއްދަތުގައި އަމަލުކުރަންވީ ކަންތައްތަކާއި މެދު ރާސްތާ އަދި ދިގު މުއްދަތުގައި ތަންފީޒުކުރެވޭނެ ކަންތައްތައް އެ ބައްދަލުވުމުގައި ފާހަގަކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ރައީސް އޮފިީހުން ބުނީ ކޮމިޓީ ރިޕޯޓްގައިވާ 38 ކަމަކީ މިހާރު ވެސް ފަށައިގެން ކުރިއަށް ގެންދާ ކަންތައްތައް ކަމަށެވެ.
އެންއެސްސީގެ މެމްބަރުންނާ އެކު ރައީސް ރޭ ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާކުރެއްވީ ރިޕޯޓްގައި ދެން ހުރި ކަންތައްތަކަށް އަމަލުކުރަން ފެށުމާ ގުޅޭ ގޮތުންނެވެ.
މޭމަހުގެ 6 ވަނަ ދުވަހު ނަޝީދަށް ބޮމުގެ ހަމަލާއެއް ދިން އިރު އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިި ގޮތް ބެލުމަށް 241 ކޮމިޓީން ކުރިއަށް ގެންދިޔަ ޕާލަމެންޓްރީ އިންކްއަރީއަށް ފަހު ޖުމްލަ 46 ކަމެއް ކުރަން ސަރުކާރަށް ލަފާދީފައިވެ އެވެ.
އަވަސް ފިޔަވަޅު ނާޅައިފި ނަމަ ލިބޭނެ ގެއްލުން ބޮޑު
241 ކޮމިޓީގެ ރިޕޯޓުން ސިއްރުކުރި ބައިތައް ހާމަވެއްޖެ
ބޮމުގެ ހަމަލާއާ ގުޅޭ ފައިސާ މުއާމަލާތެއް އަދި ނެތް
ހަމަލާދޭން އުޅޭ ވާހަކައަށް މާރިޔާ އަޅައެއް ނުލެއްވި
ހަމަލާގެ އިޝާރާތެއް ނުލިބޭނެ ކަމަށް ގަބޫލެއް ނުކުރެވޭ
އިލްޔާސް، އިންކުއަރީ ކޮމިޓީ އަށް ހާޒިރުކޮށްފި
ސިފައިންގެ ވެރިންނާ އިންކުއަރީގައި އަނެއްކާ ސުވާލުކޮށްފި
މަޖިލީހުގެ ތަހުގީގުގައި މެމްބަރުން އެމްއެންޑީއެފްއަށް
"މިހާރު" ގައި ލިޔުނު ރިޕޯޓްގެ މައްސަލަ ބަލަނީ
ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ރަނގަޅު: އަސްލަމް