ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާދިން އިރު، އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ޕާލަމެންޓްރީ އިންކުއަރީއެއް ކުރިއަށް ގެންދިއުމުން، ސިފައިންގެ ވެރިންގެ އިތުބާރު ގެއްލިދާނެ ކަމާ މެދު މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ރޭ ސުވާލު އުފައްދަވައިފި އެވެ.
18 މެއި 2021
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާދިން އިރު، އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ޕާލަމެންޓްރީ އިންކުއަރީއެއް ކުރިއަށް ގެންދިއުމުން، ސިފައިންގެ ވެރިންގެ އިތުބާރު ގެއްލިދާނެ ކަމާ މެދު މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ރޭ ސުވާލު އުފައްދަވައިފި އެވެ.
މި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދަށް ޓެރަރިސްޓް ހަމަލާ ދިން އިރު އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ތަހުގީގެއް މަޖިލީހުން ކުރިއަށް ގެންދަން ވަނީ އިއްޔެ ނިންމައިފަ އެވެ. އެގޮތަށް ނިންމީ އެ މައްސަލައިގައި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން އެކުލަވައިލި ރިޕޯޓް މަޖިލީހުން ފާސްކުރި އިރުގަ އެވެ.
އެ އިންކުއަރީ ހެދުމަށްޓަކައި މަޖިލީހުން އިގުރާރު ވުމަށް ހުށަހެޅުމުން ކުރިއަށް ގެންދިޔަ ބަހުސްގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވީ، ޕާލަމެންޓްރީ އިންކުއަރީގައި ސުވާލުކުރަން އުޅެނީ ސަރުކާރުގެ އެހެން މިނިސްޓްރީތައް ފަދަ މިނިސްޓްރީއެއްގެ ބޭފުޅުންނާ ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ، ބޭރުގެ މާހިރުންނާ އެކީގައި ސުވާލުކުރަން އުޅެނީ ޑިފެންސް މިނިސްޓަރާއި އެމްއެންޑީއެފްގެ ވެރިންނާ ކަމަށާއި ކުރަން ހުރީ އެ ބޭފުޅުންގެ ޒިންމާ ރަނގަޅަށް އަދާކުރެއްވިކަން ނުވަތަ ނޫންކަން ހާމަވާނެ ސުވާލުތަކެއް ކަމަށެވެ.
"އެ ބޭފުޅުންނާ ސުވާލުތަކެއް މި ކުރެވެނީ އެ ބޭފުޅުންގެ މަސްއޫލިއްޔަތާއި ޒިންމާ ފުރިހަމައަށް އަދާކުރެވުނުތޯ؟ އެ ބޭފުޅުންގެ އެ މަސައްކަތުން ނުކުންނަންވީ ނަތީޖާ ފުރިހަމަ އަށް ނުކުނތްތޯ؟ އެ ޒިންމާ އަދާކުރެއްވުމުގައި، ރާއްޖެ އަށް، ނުވަތަ އެކަމަށް ބޭނުންވާ ގާބިލުކަން އެބަހުރިތޯ، މި ކަހަަލަ ސުވާލުތަކެއް ކުރުމަށްޓަކައި މި އިންކުއަރީ މި ހެދެނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އެހެންވީމާ މިތަނުގެ ވެރިންނާ ދޭތެރޭގައި، ދަށުގައި މަސަައްކަތް ކުރައްވަން ތިއްބެވި ބޭފުޅުންނާ ދޭތެރޭގައި އިތުބާރު ގެއްލޭ ހިސާބަށް، ރައްޔިތުންނަށް އިތުބާރު ގެއްލޭ ހިސާބަށް މިތަނުގައި އަޅުގަނޑުމެން ސުވާލުތަކެއް ކުރާ ކަމަށް ވެއްޖެއްޔާ، އެ ސުވާލުތައް ކުރުމަށް ފަހުގައި، އަޅުގަނޑު ދަންނަވާކަށް ނެތިން އޭގެ ފަހުން އެ ބޭފުޅުން ކަންތައް ކުރައްވަން ޖެހޭނީ ކިހިނެއް ކަމަކަަށް،" ---އާދަމް ޝަރީފް
އޭނާ ވިދާޅުވިގޮތުގައި، އެ ސުވާލުތަކަށް މަޖިލީހުގައި ޖަވާބު ދެއްވުމަށް ފަހު އެ ބޭފުޅުން [ޑިފެންސް މިނިސްޓަރާއި އެމްއެންޑީއެފްގެ ވެރިން] މުއައްސަސާތަކަށް އެނބުރިވަޑައިގަތުމުން ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. ސުވާލުތަކަށް ޖަވާބު ދެއްވާފައި އެނބުރި ވަޑައިގަތުމުން، އެ ބޭފުޅުންގެ ދަށުން މަސައްކަތް ކުރަން ތިބި މީހުންނާއި ދިވެހި ރައްޔިތުން ވެސް ކުރިން ކުރަމުން ދިޔަ އިތުބާރު އަލުން ކުރާނެ ކަމާ މެދު ވެސް އާދަމް ޝަރީފް ވިދާޅުވިގޮތުގައި ސުވާލު އުފެދެ އެވެ. އިންކުއަރީ ގައި ޖަވާބު ދެއްވާ ބޭފުޅުންގެ އޮތޯރިޓީ ދެން އެކްސަސައިޒް ކުރެވޭނެތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެެ.
"އެހެންވީމާ މިތަނުގެ ވެރިންނާ ދޭތެރޭގައި، ދަށުގައި މަސަައްކަތް ކުރައްވަން ތިއްބެވި ބޭފުޅުންނާ ދޭތެރޭގައި އިތުބާރު ގެއްލޭ ހިސާބަށް، ރައްޔިތުންނަށް އިތުބާރު ގެއްލޭ ހިސާބަށް މިތަނުގައި އަޅުގަނޑުމެން ސުވާލުތަކެއް ކުރާ ކަމަށް ވެއްޖެއްޔާ، އެ ސުވާލުތައް ކުރުމަށް ފަހުގައި، އަޅުގަނޑު ދަންނަވާކަށް ނެތިން އޭގެ ފަހުން އެ ބޭފުޅުން ކަންތައް ކުރައްވަން ޖެހޭނީ ކިހިނެއް ކަމަކަަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އިންކުއަރީ އަށް ފަހު ޑިފެންސް މިނިސްޓަރާއި އެމްއެންޑީއެފްގެ ވެރިިން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ސީދާ ވިދާޅުވި ނުވިޔަަސް، އޭނާ އެ ވިދާޅުވާ ކަންތައްތަކާ މެދު ސުވާލު އުފެދޭ ނަމަ އަސްކަރީ ސަގާފަތަކީ އިސްތިއުފާ ދިނުމެވެ. އެހެން ގައުމުތަކުން ފެންނަން އޮތީ ވެސް އެ މިސާލެވެ.
ނަޝީދު އަވަހާރަ ކޮށްލަން ބަޔަކު ރާވާ ކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އަށް އެނގިވަޑައިގަންނަވާކަން ހާމަވުމުން އޭނާގެ އިސްތިއުފާ އަށް ވެސް އެކި މީހުން ދަނީ ގޮވަމުންނެވެ.
ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވާކަމުގެ މައުލޫމާތު ހުޅުމީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތުމުން، އެކަން މާރިޔާއާ ހިއްސާ ކުރެއްވި ކަމަށް އިލްޔާސް ލަބީބް ވިދާޅުވެފައި ވެ އެވެ.
ނަޝީދު ފޮނުއްވި އިމްތިޔާޒާ ގުޅޭ މައްސަލަ ބޭރުކޮށްލައިފި
ވަކިވަކި ސިފައިން މަޖިލިހަށް ޖަވާބުދާރީއެއް ނުވާނެ
ނަޝީދު ދިރިއުޅުއްވަން ކެނެރީގެ ނުރައްކާކަން އެންގި!
މާރިޔާގެ އިސްތިއުފާ އަށް ގޮވާ އަޑުތައް ގަދަވެއްޖެ
"މަޖިލިސް މެމްބަރުން ފާރުމަތިން އުކުން މާޒީވެއްޖެ"
އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މަޖިލީހުން އެދެނީ
މާރިޔާ ގާނޫނާ ހިލާފުވިކަން ރިޕޯޓުން އެނގޭ: އުޝާމް
ހަމަލާދޭން އުޅޭ ވާހަކައަށް މާރިޔާ އަޅައެއް ނުލެއްވި
"އެމްޑީޕީން މިހާރު ވާހަކަދައްކަނީ ދިމާ އިދިކޮޅަށް"
ވަކިވަކި ސިފައިން މަޖިިލީހަށް ޖަވާބުދާރީ ނުކުރެވޭނެ:ދީދީ