ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން އިރު އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން މަޖިލީހުން ހެދި އިންކްއަރީއަށް ދެއްވި މައުލޫމާތުގައިވާ ގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ވަނީ ގާނޫނާ ހިލާފުވެ "ކުށްވެރިވެފައި" ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން އިރު އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން މަޖިލީހުން ހެދި އިންކްއަރީއަށް ދެއްވި މައުލޫމާތުގައިވާ ގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ވަނީ ގާނޫނާ ހިލާފުވެ "ކުށްވެރިވެފައި" ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހެދި އިންކްއަރީގައި، މާރިޔާއާ ސުވާލުކުރި އެއް ކަމަކީ އެ ކޮމިޓީގެ މެމްބަރު އަދި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ދެއްވި މައުލޫމާތަކާ މެދު އަމަލުކުރެއްވި ގޮތާ ބެހޭ ގޮތުންނެވެ.
ނަޝީދު އަވަހާރަކޮށްލުމުގެ "ޓާސްކް" ތިން މިލިޔަން ޑޮލަރުގެ އަގަކާ އެކު ބަޔަކާ ހަވާލުކުރި ކަމަށް ބުނާ މައުލޫމާތެއް އިލްޔާސްގެ ރަށްޓެއްސަކާ ހަވާލާދެއްވައި އޭނާ މާރިޔާއާ ހިއްސާކުރެއްވިކަން އިލްޔާސާއި މާރިޔާ ވެސް ކޮމިޓީއަށް ދެއްވިި ޖަވާބުން އެނގެ އެވެ. ކޮމިޓީން ހެދި އިންކްއަރީގެ ރިޕޯޓްގައި މާރިޔާއާ ހަވާލާދީ ބުނީ އިލްޔާސް ދެއްވި އެ މައުލޫމާތު މާރިޔާ އެމްއެންޑީއެެފާާ ހިއްސާނުކުރައްވާ ކަމަށެވެެ. އެގޮތަށް އަމަލުކުރެއްވި ސަބަބެއް ކަމަށް އޮތީ އެއީ މައުލޫމާތެއް ކަމަށް މާރިޔާ ދެކެވަޑައިނުގެންނެވުމުވެ.
އިންކްއަރީ ރިޕޯޓަށް ބަހުސްކޮށް ފާސްކުރަން މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި އުޝާމް ވިދާޅުވީ ހަމައެކަނި އެ ވާހަކައިން ވެސް މާރިޔާ ކުށްވެރިވެފައިވާ ކަމަށެވެ.
"ރައީސް ނަޝީދަށް ދޭ ހަމަލާއަކާ ގުޅޭ ގޮތުން މަޖިލީހުގެ މެމްބަރަކު، ޑިފެންސް މިނިސްޓަރަށް މައުލޫމާތު އެރުވީމާ ޑިފެންސް މިނިސްޓަރު ވިދާޅުވި ވާހަކަ މިއީ 241 ކޮމިޓީގައި. އިއްޒަތްތެރި ރައީސް، މިއީ ކޮންކަހަލަ ވާހަކައެއްތޯ؟ މިއީ ކޮން ކަހަލަ ޒިންމާދާރުކަން ކުޑަ ވާހަކައެއްތޯ؟" އުޝާމް ސުވާލު ކުރެއްވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އެއީ ގައުމެއްގެ ޑިފެންސް މިނިސްޓަރަަކަށް ހުންނެވި ބޭފުޅަކު ދައްކަން ވާނެ ކަހަލަ ވާހަކައެއް ނޫނެވެ.
"ޓެރަރިޒަމް ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރު އެ ހެރީ ކުށްވެރިވެފައި، ހަމަ އެކަނި މިވާހަކައަށް އެކަނި ބަލައިލިކަމުގައި ވިޔަސް،" އުޝާމް ވިދާޅުވި އެވެ.
މާރިޔާއަކީ ޑިފެންސް މިނިސްޓަެރުކަމުގެ މަގާމަށް ކުފޫ ހަމަވާ ބޭފުޅެއްނޫން ކަން ވެސް އެވާހަކައިން އެނގޭ ކަމަށާއި މިހާރު ކަންތައްތައް ގޮސްފައިވާ ހިސާބުން އޭނާ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
މާރިޔާ އެ ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ރޭގެ ޖަލްސާގައި މާރިޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
އިލްޔާސަށް މައުލޫމާތުދިން މީހާގެ ވާހަކަ ރިޕޯޓަކު ނެތް
ބޮން ހަރުކުރި ސައިކަލު އެއްދުވަސް ކުރިން ބެހެއްޓި
ނަޝީދު ފޮނުއްވި އިމްތިޔާޒާ ގުޅޭ މައްސަލަ ބޭރުކޮށްލައިފި
"އެމްޑީޕީން މިހާރު ވާހަކަދައްކަނީ ދިމާ އިދިކޮޅަށް"
މާރިޔާގެ އިސްތިއުފާ އަށް ގޮވާ އަޑުތައް ގަދަވެއްޖެ
މާރިޔާ އާއި އިލްޔާސް ލަބީބުގެ މައްސަލަ ފުލުހުން ބަލަނީ
ހަމަލާދޭން އުޅޭ ވާހަކައަށް މާރިޔާ އަޅައެއް ނުލެއްވި
ހަމަލައިގެ އިންކުއަރީ ރިޕޯޓުން ބައެއް މައުލޫމާތު ސިއްރު
ވަކިވަކި ސިފައިން މަޖިިލީހަށް ޖަވާބުދާރީ ނުކުރެވޭނެ:ދީދީ
ވަކިވަކި ސިފައިން މަޖިލިހަށް ޖަވާބުދާރީއެއް ނުވާނެ