08 ޖޫން 2021
ވިމްލާ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް 5.8 މިލިއަން ރުފިޔާ ދައްކަން ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ވިމްލާ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް 5.8 މިލިއަން ރުފިޔާ ދައްކަން ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ވިމްލާ ކޮންސްޓްރަކްޝަނުން ތިލަފުށިން ކުއްޔަށް ނަގާފައިވާ ބިމެއްގެ ލީޒް ރައިޓްސް އެމްޕީއެލް އަށް ވިއްކާލުމަށް ވެފައިވާ އެއްބަސްވުމާ ވިމްލާ ކޮންސްޓްރަކްޝަނުން ހިލާފުވުމުން، އެމްޕީއެލް އާ ދެކޮޅަށް ދަށު ކޯޓުން ހުކުމް ކުރުމުން އެ ކުންފުނިން ވަނީ މައްސަލަ އިސްތިއުނާފުކޮށްފަ އެވެ. ހައި ކޯޓުން ހުކުމް ކޮށްފައި ވަނީ އެމްޕީއެލްއާ އެއްކޮޅަށް، އަދި ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ ހުކުމް އުސޫލުތަކާ ހިލާފް ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ އެއްބަސްވުމުގެ ދަށުން އެމްޕީއެލް އިން ވިމްލާ ކޮންސްޓްރަކްޝަނަށް ދައްކާފައިވާ 5.8 މިލިއަން ރުފިޔާ އެމްޕީއެލް އަށް ދެއްކުމަށެވެ. މި އެޑްވާންސް ފައިސާ އަކީ އެއްބަސްވުމުގެ ޖުމްލަ އަގު ކަމަށްވާ 7.3 މިލިއަން ރުފިޔާގެ 80 ޕަސެންޓެވެ.
ހުކުމް ކޮށްފައި ވަނީ މި ފައިސާ މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ހަލާސްކުރުމަށެވެ.
ބާކީ ފައިސާ ދައްކަން ޖެހެނީ، އެޑްވާންސް ފައިސާ ދައްކާތާ ދެ މަސްދުވަހުގެ ތެރޭ ބިމުގެ ލީޒް ރައިޓް ބަދަލުކޮށް ވިމްލާ ކުންފުނިން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށް ނިމޭތާ އެއް މަސް ދުވަހުގެ ތެރޭގަ އެވެ. ނަމަވެސް މި މުއްދަތުގައި ވިމްލާ ކޮންސްޓްރަކްޝަނުން ލީޒް ރައިޓްސް އެމްޕީއެލް އަށް ބަދަލުކޮށްދީފައި ނުވާ ކަމަށާއި ބިން ހުސްކޮށްފައި ނުވާ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.
މި މައްސަލައިގައި އެމްޕީއެލް އިން ދައުވާކުރީ، އެޑްވާންސް ޕޭމަންޓުގޮތުގައި ދިން ފައިސާ އަނބުރާ ހޯދުމުގެ އިތުރުން، އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، އެއްބަސްވުމުގެ ޖުމްލަ އަގުގެ އެއް ޕަސެންޓް ހޯދުމަށެވެ.
42 މިލިއަން ދައްކަން ނުޖެހި އެމްޕީއެލް ސަލާމަތްވެއްޖެ
138 މިލިއަންގެ ޖޫރިމަނާ އެމްޕީއެލުން ދޭކަށް ނުޖެހޭނެ
138 މިލިއަން ދައްކަން އެންގި ހުކުމް ބާތިލްކޮށްފި
ހެވީލޯޑް ރަށްތައް ވިއްކުން މަޑުޖައްސާލަން އަންގައިފި
ފިނިފެންމާ މައްސަލާގައި ޒަމީރު ވަކިކުރުމުން ބަދަލުދެނީ
ޕީއެޗްޑީ ގަބޫލުކުރަން އެންގި ހުކުމް އިސްތިއުނާފް ކުރަނީ
ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން ހައިކޯޓުން ހުކުމްކޮށްފި
ފުލުހުންގެ ޕްރޮމޯޝަން އޭސީސީއަކަށް ނުހުއްޓުވޭނެ:އޭޖީ
ދެމިލިއަންޑޮލަރުގެ ދައުވާ އެމްއެމްޕީއާރުސީއަށް ނާކާމިޔާބު
ޔާމީންގެ އެއްމިލިއަން ޑޮލަރުގެ މައްސަލަ މަޑުޖައްސާލައިފި