އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސްއިން ދައުލަތާ ދެކޮޅަށް ދައުވާކުރި މައްސަލަތަކުގައި، ލިޔެކިޔުންތައް ދައުލަތުން ސިއްރުކުރި ކަމަށާއި އެކަން ކުރީ އެ ފައިސާ ދައްކަން ޖެހޭކަން ދައުލަތުން ގަބޫލުކުރާތީ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސްއިން ދައުލަތާ ދެކޮޅަށް ދައުވާކުރި މައްސަލަތަކުގައި، ލިޔެކިޔުންތައް ދައުލަތުން ސިއްރުކުރި ކަމަށާއި އެކަން ކުރީ އެ ފައިސާ ދައްކަން ޖެހޭކަން ދައުލަތުން ގަބޫލުކުރާތީ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސެންޓަ އެންޓަޕްރައިސަސް އިން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރާ ދެމެދު ފޯރުކޮށްދިން ހިދުމަތްތަކާ ގުޅިގެން ދައުލަތާ ދެކޮޅަށް ދައުވާކުރި ތިން މައްސަލައެއްގައި އެ ފައިސާ ދައްކަން ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، އެ މައްސަލާގައި އެ ކުންފުނިން ފޭކް އިންވޮއިސްތަކެއް ކޯޓަށް ހުށަހެޅި ކަމަށް ދައުލަތުން ތުހުމަތުކޮށް، އެ މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.
އެކަމާ ގުޅިގެން ސެންޓަ އެންޓަޕްރައިސަސް އިން ދިފާއުގައި ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލަތަކުގެ ތެރެއިން ހެލްތު މިނިސްޓްރީ އަށް ފޯރުކޮށްދިން މުދާތަކާ ގުޅިގެން އެ މިނިސްޓްރީން 2023 ވަނަ އަހަރު ފޮނުވި ސިޓީގައި އެއީ ދޭންޖެހޭ ފައިސާއެއް ނޫން ކަމަށް ބުނެފައި ނުވާ ކަމަށެވެ. އެ ފައިސާ ދައްކަން ކޯޓުން ހުކުމް ކުރިއިރު، މުދާ ހަވާލު ކުރުމުގައި އުޅުނު ފަރާތްތަކުގެ ހެކިބަސް ހޯދައި، ދައުލަތުން ދިފާއުގައި ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް ސެންޓަ އެންޓަޕްރައިސަސްގެ ބަޔާނުގައިވެ އެވެ. އެ މައްސަލާގެ ލިޔުންތައް ހެލްތު މިނިސްޓްރީގެ ގުދަންތަކުން ފެނުނު ކަމަށް ދައުލަތުން ބުނުމަށް ފަހު، އެ ލިޔުންތައް ސިއްރުކުރީ މުދަލަށް ފައިސާ ނުދައްކައި ތިބި ކަން ހާމަވެދާނެތީ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ސިވިލް ކޯޓާއި ހައި ކޯޓުން މި މައްސަލަ ނިންމެވިއިރު ވެސް މި ލިޔުންތައް އެ ދެ ކޯޓަށް ހިއްސާ ނުކުރި ސަބަބެއް ވެސް ދައުލަތުން ސާފުކޮށްދީފައެއް ނުވެ އެވެ. މި ލިޔުންތައް ހާމަކުރަން ދައުލަތުން ޖެހިލުންވުމުގެ އަސްލަކީ ފައިސާ ނުދައްކާ އޮތުން ކަމުގައި ބެލެވެ އެވެ." ސެންޓަ އެންޓަޕްރައިސަސް އިން ދިފާއުގައި ނެރުނު ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެންވަޔަރްމަންޓް މިނިސްޓްރީ އަށް ފޯރުކޮށްދިން ކަޅު ހަންތަކާ ގުޅިގެން 12.7 މިލިއަން ރުފިޔާ ސެންޓަ އެންޓަޕްރައިސަސް އަށް ދައްކަން ވެސް ދައުލަތުގެ މައްޗަށް ކޯޓުން ހުކުމްކުރި މައްސަލާގައި ވެސް ބޭންކުގެ ލިޔުންތަކުގައި އެ ފައިސާ ނުދައްކާ ކަމަށް ބުނާ ބުނުން ނަފީކޮށް، އެ ފައިސާ ދެއްކިކަން ދައުލަތަށް ސާބިތުކޮށް ނުދެވެ އެވެ. މީގެ އަހަރުތަކެއް ކުރިން ހިންގި އެ މުއާމަލާތުގެ އަސްލު ލިޔުންތައް ފުލުހުން ކުރިން ހިފެހެއްޓުމަށް ފަހު، ލިޔުންތައް ދޫކުރިއިރު، ބައެއް ލިޔުންތައް ގެއްލިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ސެންޓަ އެންޓަޕްރައިސަސް އިން ބުނިގޮތުގައި، އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމަށް ފަހު، ފުލުހުންނަށް މައްސަލަ ފޮނުވާ ވާހަކަ މިހާރު ދައުލަތުން ދައްކަނީ ބިރު ދެއްކުމަށެވެ. ސިވިލް ކޯޓުގެ މަރުހަލާގައި ވެސް ފުލުހުންގެ މައްޗަށް އެފަދަ އަމުރެއް ނެރުމަށް ދައުލަތުން އެދުނު ކަމަށާއި ނަމަވެސް އޭރު އަމުރު ނެރެނުދިނުމުން އެ މައްސަލަ ދައުލަތުން އިސްތިއުނާފް ނުކުރާ ކަމަށް ބަޔާނުގައިވެ އެވެ. މިހާރު އެ ވާހަކަ ދައުލަތުން ދައްކަނީ ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ކަމަށް ވެސް ސެންޓަ އެންޓަޕްރައިސަސް އިން ބުންޏެވެ.
ސެންޓަ އެންޓަޕްރައިސަސްއަށް ބަދަލު ދިނުން ހުއްޓުވައިފި
ސެންޓަ އެންޓަޕްރައިސަސްގެ ފޭކު ލިޔުން މައްސަލަ ޕޮލިހަށް
ވަކިކުރި ފުލުހުންގެ މައްސަލަ:ޕޮލިސްބޯޑުގެ ޖަވާބެއް ނެތް
ސެންޓަ އެންޓަޕްރައިސަސްއިން ކޯޓަށް ފޭކް އިންވޮއިސްއެއް
ދައުލަތުން ދެ މިލިއަން ޑޮލަރު ދޭން ހައިކޯޓުގެ ހުކުމެއް
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން ހައިކޯޓުން އަމުރުނުދިން
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!
މައްސަލަ ކޯޓުގައި އޮއްވާ ޕްރޮމޯޝަން ދިނުމުން ސުވާލު
ފުލުހުންގެ ޕްރޮމޯޝަން އޭސީސީއަކަށް ނުހުއްޓުވޭނެ:އޭޖީ
ވަކިކުރި އޮފިސަރުންގެ މައްސަލަ ބޭރުން ހައްލުވޭތޯ ބަލަނީ