Roadha Mihaaru
ވަކިކުރި ފުލުހުންގެ މައްސަލަ:ޕޮލިސްބޯޑުގެ ޖަވާބެއް ނެތް

ވަކިކުރި އޮފިސަރުންގެ މައްސަލަ އިސްތިއުނާފް ކުރުމާ މެދު ގޮތެއް ނިންމޭކަށް ނެތް: ޕޮލިސް ބޯޑު

26 ނޮވެމްބަރ 2023

ޕޮލިސް ބޯޑުގެ ލަފައަށް ބިނާކޮށް ވަކިކުރި ފުލުހުންގެ އޮފިސަރުންގެ މައްސަލަތައް އިސްތިއުނާފް ކުރުމާ މެދު ގޮތެއް ނިންމެން ނެތް ކަމަށް ޕޮލިސް ބޯޑުން އެޓާނީ ޖެނެރަލްގެ އޮފީހަށް އަންގައިފަ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕޮލިސް ބޯޑުގެ ލަފައަށް ބިނާކޮށް ވަކިކުރި ފުލުހުންގެ އޮފިސަރުންގެ މައްސަލަތައް އިސްތިއުނާފް ކުރުމާ މެދު ގޮތެއް ނިންމެން ނެތް ކަމަށް ޕޮލިސް ބޯޑުން އެޓާނީ ޖެނެރަލްގެ އޮފީހަށް އަންގައިފަ އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޕޮލިސް ބޯޑުން ދިން ލަފައަށް ބިނާކޮށް ހަތް އޮފިސަރަކު ވަކިކުރަން ނޯޓިސް ދިނެވެ. އޭގެ ތެރެއިން ފަސް އޮފިސަރަކު އެ މައްސަލަ ކޯޓަށް ހުށަހެޅި އެވެ. އެއީ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު މުހައްމަދު (ޓޫފޯ) ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމާފައި އޮތީ އެ އޮފިސަރުން ވަކިކުރަން ނިންމި ނިންމުން ބާތިލް ކަމަށެވެ. އެހެންވެ، އެ މައްސަލަ ކުރިން ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ހޯމް މިނިސްޓްރީން ބުނީ އެ މައްސަލަ އިސްތިއުނާފް ކުރުމާ މެދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެޓާނީ ޖެނެރަލްގެ އޮފީހުން ޕޮލިސް ބޯޑުގައި ލަފައަކަށް އެދިފައި ވިޔަސް، މިހާތަނަށް އެ ބޯޑުން ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

ނަމަވެސް އިއްޔެ އެ ބޯޑުން ފޮނުވި ޖަވާބުގައި، ޕޮލިސް ބޯޑަކީ ވަކިކުރި ފުލުހުންގެ މައްސަލަ އިސްތިއުނާފް ކުރުމާ މެދު ގޮތެއް ނިންމުމުގެ ހައިސިއްޔަތެއް އޮތް ފަރާތެއް ނޫން ކަމަށް ވެސް އެޓާނީ ޖެނެރަލްގެ އޮފީހަށް އަންގާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

ހައި ކޯޓުގައި މިހާރު އޮތް މައްސަލަ އަނބުރާ ގެންދިއުމާ ގުޅޭގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.