22 ޑިސެމްބަރ 2022
ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ އިސް ފަސް އޮފިސަރަކު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން ނިންމައިފި އެވެ.
ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ އިސް ފަސް އޮފިސަރަކު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން ނިންމައިފި އެވެ.
ޕޮލިސް ބޯޑުގެ ލަފައާ އެކު މިދިޔަ އަހަރު ހަތް އޮފިސަރަކު ވަޒީފާ އިން ވަކި ކުރަން ނިންމި އިރު، އޭގެ ތެރެއިން ފަސް އޮފިސަރަކު ވަނީ އެ ނިންމުން ގާނޫނާ ހިލާފު ކަމަށް ބުނެ ދައުވާކޮށްފަ އެވެ. ދައުވާކުރި ފަސް އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން ހުކުމް ކުރީ އެ ފަސް އޮފިސަރުން ވަކިކުރީ ފުލުހުންގެ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ މީހުން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުނުން ބާތިލު ކުރި އެވެ.
ނަމަވެސް، އޭޖީ އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ މައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ.
އެ އޮފީހުން ބުނީ ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރަން ނިންމީ، އެ ނިންމުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު މާނަކޮށް، ތަންފީޒު ކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ފެންނާތީ ކަމަށެވެ.
ފުލުހުންގެ އާ ގާނޫނުގައިވާ ގޮތުން، ފުލުސް ބޯޑު އައްޔަންކުރާތާ ހަތަރު މަސް ތެރޭގައި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސް ފިޔަވައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އޮފިސަރުން ވަކިކުރުމަށް ލަފާ ދޭން ވާނެ އެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ފުލުހުންގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުގެ ނިންމުމަކުން އިސް އޮފިސަރަކު ވަކި ކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލައިގެ ބާވަތާއި ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށް ފަހު ކަމަށް ގާނޫނުގައި ބުނެފައިވާއިރު، އެ ފަސް އޮފިސަރުންނަށް ނިސްބަތްވާ ގޮތަށް ޕޮލިސް ބޯޑުން އެފަދަ ނިންމުމެއް ނިންމާފައިވާކަން އެނގެން ނެތް ކަމަށެވެ.
ހުކުމުގައިވާ ގޮތުން ޕޮލިސް ބޯޑުގެ ނިންމުމެއް ކަމަށް ބުނެ ދައުލަތުން ކޯޓަށް ހުށަހެޅި ދެ ރިޕޯޓަކީ ވެސް އެ ފަސް އޮފިސަރުންނަށް ނިސްބަތްވާ ގޮތަށް ކަމެއް ނިންމާފައިވާ ރިޕޯޓެއް ނޫނެވެ. އެ ރިޕޯޓުތަކަކީ އެ އޮފިސަރުން ވަކިކުރަން ބޯޑުން ނިންމި ނިންމުމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ފުލުހުންގެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ސުޕްރިޓެންޑެންޓް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް ތުހުމަތު ކުރެވޭ ކަންކަމާއި އެ މީހުންގެ ތައުލީމީ ފެންވަރަށް ބަލަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި އޮތަސް، އެއީ އެފަދަ އޮފިސަރުން ވަކިކުރުމުގެ ބާރު ލިބިދޭ މާއްދާއެއް ނޫނެވެ.
އޮފިސަރުންނަށް ވަޒީފާދިނުން ހުއްޓުވި އަމުރު ބާތިލްނުކުރި
ވަކިކުރި ފުލުހުންގެ މައްސަލަ:ޕޮލިސްބޯޑުގެ ޖަވާބެއް ނެތް
ތިން އޮފިސަރެއްގެ ވަޒީފާ ދަމަހައްޓަން އަމުރުކޮށްފި
އޮފިސަރުން ވަކިކުރުން ފަސްކޮށް ނުދިނުމުން ހައި ކޯޓަށް
މައްސަލަ ކޯޓުގައި އޮއްވާ ޕްރޮމޯޝަން ދިނުމުން ސުވާލު
ފުލުހުންގެ ޕްރޮމޯޝަން އޭސީސީއަކަށް ނުހުއްޓުވޭނެ:އޭޖީ
ވަކިކުރި އޮފިސަރުންގެ މައްސަލަ ބޭރުން ހައްލުވޭތޯ ބަލަނީ
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން އޭސީސީން ހައިކޯޓަށް
"ވަކިކުރި އޮފިސަރުންގެ މައްސަލަ ގެންދާކަށް ނުނިންމަން"
އިސް އޮފިސަރުންގެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި