އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސް އަށް 32 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާ މައްސަލާގައި އެ ކުންފުނިން ޝަރީއަތަށް ފޭކް އިންވޮއިސްއެއް ހުށަހަޅާފައިވާކަން ފަޅާއަރައިފި އެވެ.
19 މެއި 2025
އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސް އަށް 32 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާ މައްސަލާގައި އެ ކުންފުނިން ޝަރީއަތަށް ފޭކް އިންވޮއިސްއެއް ހުށަހަޅާފައިވާކަން ފަޅާއަރައިފި އެވެ.
މިދިޔަ ފެބުރުއަރީ މަހު މި ހުކުމް ކުރީ ސެންޓަ އެންޓަޕްރައިސަސް އިން ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އަށް 2006 އިން 2008 ގެ ނިޔަލަށް ފޯރުކޮށްދިން މުދަލުގެ އަގަށްވާ 32.7 މިލިއަން ރުފިޔާ ނުލިބިގެން ސިވިލް ކޯޓުގައި ދައުވާކުރުމުންނެވެ.
ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އިންވޮއިސްގައި ބަޔާންކުރާ މުދަލުގެ އަގު ކަމަށްވާ 32.7 މިލިއަން ރުފިޔާއަކީ އެ ކުންފުންޏަށް ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އިން ދޭން ޖެހޭ ފައިސާއެއް ކަން ސާބިތުވާ ކަމަށެވެ.
ސެންޓަ އެންޓަޕްރައިސަސް އަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ބަދަލުގެ ގޮތުގައި ދޭން ޖެހިފައިވާއިރު، ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެކަމުގެ ހާއްސަ އޮޑިޓެއް ހަދައިދޭން އެދިފަ އެވެ. އެ އޮޑިޓް، އޮޑިޓާ ޖެނަރަލ؛ްގެ އޮފީހުން މިހާރު އަންނަނީ ކުރަމުންނެވެ.
ފޭކް އިންވޮއިސްއެއް ޝަރީއަތަށް ހުށަހަޅާފައިވާކަން އެނގުނީ މި އޮޑިޓްގެ ތެރެއިންނެވެ.
ފޭކް އިންވޮއިސްއެއް ހަދާފައިވަނީ ރާއްޖެއަށް މެޑިކަލް ހިދުމަތްދޭ ސާމާނު ފުޅާ ދާއިރާއެއްގައި އެތެރެކުރާ ކުންފުންޏެއްގެ ނަމުގަ އެވެ. އެ ކުންފުނިން ސެންޓަ އެންޓަޕްރައިސަސްއަށް 12.4 މިލިއަން ރުފިޔާގެ މުދާ ކްރެޑިޓަށް ދޫކޮށްފައިވާ ކަމަށް އެ އިންވޮއިސް ހުށަހަޅައިގެން ކޯޓުގައި ވަކާލާތުކޮށްފައިވެ އެވެ.
ނަމަވެސް، ކްރެޑިޓަށް މުދާ ދޫކުރި ކަމަށް ބުނާ ކުންފުނިން ވަނީ އެެއީ އެ ކުންފުނިން އެއްވެސް އިރެއްގައި ދޫކޮށްފައިވާ އިންވޮއިސްއެއް ނޫން ކަމަށް ކަމާ ބެހޭ އިދާރާތަކަށް މިހާރު އަންގައިފަ އެވެ. އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އިންވޮއިސް ހަދާފައިވަނީ އެ ކުންފުނީގައި އެއްވެސް އިރެއްގައި މަސައްކަތް ކުރި މުވައްޒަފުންގެ ނަން މައްޗަކު ވެސް ނޫނެވެ. އަދި އެ އިންވޮއިސް މެދުވެރިކޮށް ކްރެޑިޓަށް ދޫކުރި ކަމަށް ބުނާ މުދަލަކީ އެ ކުންފުނިން އެއްވެސް އިރަކު ރާއްޖެ ގެނެސްފައިވާ މުދަލެއް ވެސް ނޫނެވެ.
މި މައްސަލާގައި މުދަލަށްވާ ފައިސާ ނުދެއްކުމުގެ ސަބަބުން އިންވޮއިސް އަށް އަރާ ޖޫރިމަނާގެ ގޮތުގައި 51 މިލިއަން ރުފިޔާ ހޯދަން ވެސް ސެންޓަ އެންޓަޕްރައިސަސް އިން ދައުވާގައި އެދުނެވެ. ނަމަވެސް، އެއްބަސްވުމުގައި ފައިސާ ނުދައްކައިފި ނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ އެ ޖޫރިމަނާ ކޯޓުން ނަގައިދީފައެއް ނުވެ އެވެ.
ދައުލަތުން 32 މިލިއަން ރުފިޔާ ދައްކަން ޖެހުނު މައްސަލައިގެ އިތުރުން ވެސް މެޑިކަލް ހިދުމަތަށް ބޭނުންވާ މުދާތަކަކަށްވާ ފައިސާ ނުލިބިގެން ބަދަލުގެ ގޮތުގައި ދެ މިލިއަން ޑޮލަރު ދައުލަތުން ދައްކަން ޖެހޭ ކަމަށް މިދިޔަ ފެބުރުއަރީ މަހު ހައި ކޯޓުން ވެސް ހުކުމެއް ކޮށްފައިވެ އެވެ.
އަދި ސެންޓަ އެންޓަޕްރައިސަސް އިން އެންވަޔަރަމެންޓް މިނިސްޓްރީއަށް ފޯރުކޮށްދިން ކަޅު ހަންތަކަކަށްވާ ފައިސާގެ ތެރެއިން އެ ކުންފުންޏަށް ނުދީ އޮތް ފައިސާ ހޯދަން އެ ކުންފުނިން ދައުވާ ކުރުމުން 12.7 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމްކޮށްފައިވެ އެވެ.
ސެންޓަ އެންޓަޕްރައިސަސްއަށް ބަދަލު ދިނުން ހުއްޓުވައިފި
ފައިސާ ނުދޭން ލިޔުންތައް ސިއްރުކުރި ކަމުގެ ތުހުމަތު
ސެންޓަ އެންޓަޕްރައިސަސްގެ ފޭކު ލިޔުން މައްސަލަ ޕޮލިހަށް
ވަކިކުރި ފުލުހުންގެ މައްސަލަ:ޕޮލިސްބޯޑުގެ ޖަވާބެއް ނެތް
ރިވިއު ލަސްވަނީ ފަނޑިޔާރުގެ އަށް ކުރާ ތުހުމަތާ ހެދި
ދީބާޖާގެ ފެށުމާއި ނިމުން: ހުސް ސުވާލު!
ކާޑެއްދޫ އެއާޕޯޓް އަތުލުން ހުއްޓުވުމުން އިސްތިއުނާފަށް
ސަންފްރޮންޓަށް 20 މިލިއަން ދޭން ދައުލަތަށް ހުކުމެއް
ކެމިކަލް ގުދަނުގެ އަލިފާނަކީ އިހުމާލެއް: ހައިކޯޓު
އުއްދޫ "އަތުލި" މައްސަލާގައި ކުރާ ދައުވާ ބާތިލްނުކުރި