22 ނޮވެމްބަރ 2021
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޓަގު ބޯޓެއް ބަންނަން އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލާގައި، ބޯޓު ބެލެހެއްޓުމުގެ އަގުގެ ގޮތުގައި ދައްކަން ޖެހުނު 42 މިލިއަން ރުފިޔާ ދައްކަން ނުޖެހި، ސުޕްރީމް ކޯޓުގައި އެމްޕީއެލް މިއަދު ސަލާމަތްވެއްޖެ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޓަގު ބޯޓެއް ބަންނަން އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލާގައި، ބޯޓު ބެލެހެއްޓުމުގެ އަގުގެ ގޮތުގައި ދައްކަން ޖެހުނު 42 މިލިއަން ރުފިޔާ ދައްކަން ނުޖެހި، ސުޕްރީމް ކޯޓުގައި އެމްޕީއެލް މިއަދު ސަލާމަތްވެއްޖެ އެވެ.
ސެންޓަ އެންޓަ ޕްރައިސަސްއާ ހަވާލުކޮށްގެން ޓަގު ބޯޓެއް ބަންނަން އެމްޕީއެލްއިން 2008 ވަނަ އަހަރު ހަވާލުކޮށްފައި ވަނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމަކަށް އެ މަސައްކަތް ހުއްޓާލުމުން މަަސައްކަތް ހުއްޓިފައި އޮތް މުއްދަތުގައި ބޯޓު ބެލެހެއްޓުމަށް ހިނގި ޚަރަދުގެ ގޮތުގައި 42 މިލިއަން ރުފިޔާ ސެންޓަ އެންޓަ ޕްރައިސަސްއަށް ދިނުމަށް 2017 ވަނަ ސިވިލް ކޯޓުން ހުކުމްކުރި އެވެ. އަދި އެ ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކުރި އެވެ.
އެ މައްސަލަ އެމްޕީއެލްގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ބޯޓު ބަނުމުގެ މަސައްކަތް ހަވާލުކުރީ ސެންޓަ އެންޓަ ޕްރައިސަސްއާ ކަމަށްވާތީ މަސައްކަތް ހިނގާ މުއްދަތުގައި ބޯޓު ބެލެހެއްޓުމަކީ އެ ކުންފުނީގެ އަމިއްލަ ޒިންމާއެއް ކަމަށެވެ. އަދި ބޯޓުގެ މަސައްކަތް ނުނިމެނީސް، އެ ބޯޓު ބެލެހެއްޓުމުގެ ޒިންމާ އެމްޕީއެލްއިން އުފުލަން ނުޖެހޭނެ ކަމަށާއި އެހެންވެ، ބޯޓު ބެލެހެއްޓުމުގެ ޚަރަދަށް އެމްޕީއެލްއިން ޒިންމާވާން ނުޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ ބޯޓު ބެލެހެއްޓުމުގެ ޚަރަދަށް ޒިންމާވާނެ ކަމަށް ބުނެ އެމްޕީއެލްގެ ފަރާތުން އެއްބަސްވެފައިވާ ކަން އެނގެން ނެތް ކަމަށާއި އެމްޕީއެލްގެ މުވައްޒަފަކު ފޮނުވާފައި އޮތް ސިޓީއަކަށް އެކަނި ބިނާކޮށް، އެކަމަށް އެމްޕީއެލް ޒިންމާ ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ބޯޓު ބެލެހެއްޓުމުގެ އަގުގެ ގޮތުގައި ސެންޓަ އެންޓަ ޕްރައިސަސްއިން ހޯދަން އެދުނު އަދަދަކީ ބޯޓުގެ އަސްލު އަގަށް ވުރެ މާ ބޮޑު އަދަދެއް ކަމަށާއި އެއީ ކިހިނެއް ހިނގި ޚަރަދެއް ކަން އެނގެން ނެތް ކަަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވަނީ ސިވިލް ކޯޓާއި ހައި ކޯޓުން ވެސް މައްސަލަ ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށްވާތީ އެ ހުކުމްތައް ބާތިލްކުރާ ކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.
ބޯޓު ބެލެހެއްޓުމުގެ ޚަރަދުގެ ގޮތުގައި ދައްކަން ޖެހުނު 42 މިލިއަން ރުފިޔާއިން އެމްޕީއެލް ސަލާމަތްވިއިރު، އެ ބޯޓުގެ މަސައްކަތުގެ އަގާއި ޖޫރިމަނާގެ ގޮތުގައި ވެސް އިތުރު 136 މިލިއަން ސިވިލް ކޯޓުން ކުރިން ހުކުމްކުރި އެވެ. އަދި އައިޑިއަލް ޗާޖްގެ ގޮތުގައި އިތުރު 21 މިލިއަން ރުފިޔާ ދައްކަން ވެސް ސިވިލް ކޯޓުން އޭރު ހުކުމްކުރި އެވެ. އެކަމަކު އެ ފައިސާތައް ވެސް އެމްޕީއެލް އިން ދައްކަން ނުޖެހޭނެ ކަމަށް ދާދިފަހުން ސުޕްރީމް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.
138 މިލިއަންގެ ޖޫރިމަނާ އެމްޕީއެލުން ދޭކަށް ނުޖެހޭނެ
"ހަވީރު" އަކީ ޑރ.ޒާހިރުގެ މިލްކެއް: ސުޕްރީމް ކޯޓު
ޕީއެސްއެމްގެ 3.3 މިލިއަނުގެ މައްސަލަ ސުޕްރީމް ކޯޓަށް
286މިލިއަންގެ ޖޫރިމަނާ :ސުޕްރީމް ކޯޓުން ނާކާމިޔާބު
ތަހުވީލުކޮށްފިނަމަ އިސްތިއުނާފް ނިމެންދެން މަޑުޖައްސަނީ
ދީބާޖާގެ މައްސަލަ ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް
ހުކުމް ތަންފީޒު ފަސްކުރުމަށް އާ ބާވަތުގެ އަމުރެއް
ކުޑަމުރައިދޫ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް
ހުކުމް ފަސްކުރިޔަސް، ކޯޓަށް ފައިސާ ދައްކަން އެންގިދާނެ
އައިސްކްރީމް ބައިސްކަލު ހުއްޓުވުމުން ބަދަލު ދޭންނުޖެހޭނެ