17 އޮކްޓޯބަރ 2021
އައިސްކްރީމް ބައިސްކަލުތަކެއްގައި މާލޭގައި އައިސްކްރީމް ވިއްކުމުގެ ވިޔަފާރި ކުރަމުން ދަނިކޮށް، މާލޭ ސިޓީ ކައުންސިލުން އެކަން ހުއްޓުވި މައްސަލައިގައި ގެއްލުމުގެ ބަދަލު ދޭން ހައި ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، ބަދަލު ދޭން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކު މްކޮށްފި އެވެ.
އައިސްކްރީމް ބައިސްކަލުތަކެއްގައި މާލޭގައި އައިސްކްރީމް ވިއްކުމުގެ ވިޔަފާރި ކުރަމުން ދަނިކޮށް، މާލޭ ސިޓީ ކައުންސިލުން އެކަން ހުއްޓުވި މައްސަލައިގައި ގެއްލުމުގެ ބަދަލު ދޭން ހައި ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، ބަދަލު ދޭން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކު މްކޮށްފި އެވެ.
މީގެ 10 އަހަރު ކުރިން 2011 ގައި މީހަކު އައިސްކްރީމް ބައިސްކަލުތަކެއްގައި އައިސްކްރީމް ވިއްކުމުގެ ވިޔަފާރި ކުރަމުން ދަނިކޮށް، މާލޭ ސިޓީ ކައުންސިލުން އެކަން ހުއްޓުވި މައްސަލައިގައި ސިވިލް ކޯޓުން 2012 ގައި ނިންމީ އެކަން ހުއްޓުވުމުގެ ބާރު ސިޓީ ކައުންސިލަށް ނެތް ކަމަށެވެ. އެ މައްސަލައިގައި 1.1 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެ މީހާގެ ފަރާތުން ދައުވާ ކުރުމުން 2018 ވަނަ އަހަރު ހައި ކޯޓުން ވަނީ އެ މީހާއަށް 400،000 އަށް ވުރެ ގިނަ ރުފިޔާގެ ބަދަލެއް ދޭން ހުކުމް ކޮށްފަ އެވެ.
ހައި ކޯޓުގެ ހުކުމް އެ މީހާގެ ފަރާތުންނާއި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ. އެ މީހާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރީ ބަދަލުގައި ލިބެންޖެހޭ ވަރު ކުޑަވުމުންނެވެ. މާލޭ ސިޓީ ކައުންސިލުން އެ މައްސަލަ އިސްތިއުނާފްކުރީ ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ބުނެ އެވެ.
އެހެންވެ، ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އައިސްކްރީމް ބައިސްކަލުގެ ވިޔަފާރި ހުއްޓުވި މައްސަލައިގައި ބަދަލު ނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓުން 2012 ވަނަ އަހަރު ހުކުމް ކުރުމުން އެ މީހާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކުރުމެއް ނެތި، ބަދަލު ހޯދަން އެ މީހާ އަނެއްކާވެސް އާ ދައުވާ ކުރުމުން އޭނާ އަށް ބަދަލު ދޭން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ކޯޓަކުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފު ކުރުމެއް ނެތި، އެކަމާ ގުޅުވައިގެން އެހެން ދައުވާއެއް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ މީހާ އަށް ބަދަލު ނަގައި ނުދޭން 2012 ވަނަ އަހަރު ސިވިލް ކޯޓުން ނިންމުމުން އެކަމާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮތް ކަމަށާއި އެކަމަކު އެގޮތަށް އަމަލު ކުރުމެއް ނެތި އާ ދައުވާއެއްގައި ބަދަލު ހޯދަން ދައުވާ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ އެ މީހާ އަށް ބަދަލުދޭން ހައި ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.
އައިސްކްރީމް ބައިސްކަލު ހުއްޓުވުމުން ބަދަލުދޭން ޖެހިއްޖެ
"ހަވީރު" އަކީ ޑރ.ޒާހިރުގެ މިލްކެއް: ސުޕްރީމް ކޯޓު
ޕީއެސްއެމްގެ 3.3 މިލިއަނުގެ މައްސަލަ ސުޕްރީމް ކޯޓަށް
286މިލިއަންގެ ޖޫރިމަނާ :ސުޕްރީމް ކޯޓުން ނާކާމިޔާބު
ތަހުވީލުކޮށްފިނަމަ އިސްތިއުނާފް ނިމެންދެން މަޑުޖައްސަނީ
ހުޅުމާލޭ ބިން: އެޗްޑީސީއަށް ހައި ކޯޓުން ވެސް ކާމިޔާބު
ހުޅުމާލޭ ބިމުގެ މައްސަލަ ހައި ކޯޓުން މާދަމާ ނިންމަނީ
ހުޅުމާލެ އަތުލުން ހުއްޓުވި މައްސަލަ ހައި ކޯޓުން ފަށަނީ
ދީބާޖާގެ މައްސަލަ ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް
42 މިލިއަން ދައްކަން ނުޖެހި އެމްޕީއެލް ސަލާމަތްވެއްޖެ