28 މާޗް 2022
ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާތިލްކުރަން މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ސިވިލް ކޯޓުން ހުއްޓުވި މައްސަލާގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާތިލްކުރަން މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ސިވިލް ކޯޓުން ހުއްޓުވި މައްސަލާގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ އެޗްޑީސީގެ ދަށުގައި އޮއްވާ އެ ރަޖިސްޓްރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސިޓީ ކައުންސިލުން ކުއްލިއަކަށް ބާތިލްކުރީ ޕީޕީއެމްގެ ޖަލްސާއެއް ބާއްވަން އެޗްޑީސީން ހުރަސް އަޅާފައި ވަނިކޮށެވެ. އެޗްޑީސީން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިމެންދެން ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރުނެވެ.
ވަގުތީ އަމުރު އިސްތިއުނާފްކުރަން ސިޓީ ކައުންސިލުން ހުށަހެޅި މައްސަލާގެ ހުކުމް އިއްވަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރެވެ.
ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބަލަހައްޓަވާ އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.
ވަގުތީ އަމުރުގެ މައްސަލަ ނިމުނަސް، އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅި އަސްލު މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ.
ސިޓީ ކައުންސިލުން ހައި ކޯޓުގައި ބުނެފައިވަނީ ރަޖިސްޓްރީ ބާތިލްކުރީ އަމިއްލަ މީހުންގެ ބިންތައް ހިމެނޭ ގޮތުން މުޅި ހުޅުމާލޭގެ ރަޖިސްޓްރީ އެޗްޑީސީގެ ނަމުގައި އޮތުމުން ކަމަށެވެ. އަދި އެ ބައި އުނިކުރުމަށްފަހު އަލުން ރަޖިސްޓްރީ ހަދަން އެދުމުން ރަޖިސްޓްރީ ދޭނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
ހުޅުމާލޭ ބިން: އެޗްޑީސީއަށް ހައި ކޯޓުން ވެސް ކާމިޔާބު
ހުޅުމާލެ އަތުލުން ހުއްޓުވި މައްސަލަ ހައި ކޯޓުން ފަށަނީ
ވޯޓާ ތީމް ޕާކް އަތުލުން ހައިކޯޓުން ހުއްޓުވައިފި
"އެޗްޑީސީން އެދުމުން ހުޅުމާލޭގެ ރަޖިސްޓްރީ ހަދައިދޭނެ"
ހުޅުމާލެއިން ބިން ވިއްކުން ހުއްޓުވުމުގެ އަމުރެއް ނުދިން
"ހުޅުމާލޭ ރަޖިސްޓަރީ ބާތިލްވެފައިވާ ކަމަށް ނުނިންމޭނެ"
ރަޖިސްޓްރީއާ ގުޅޭ އަމުރު ސިވިލް ކޯޓަށް ނުނެރެވޭނެ
ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރި ނިންމުން ހުއްޓުވައިފި
ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީގެ މައްސަލަ ޝަރީއަތަށް
ރަޖިސްޓްރީއާ ހެދި ލޯނުތައް ޑިފޯލްޓްވެދާނެ: އެޗްޑީސީ