Roadha Mihaaru
ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީގެ މައްސަލަ ޝަރީއަތަށް

ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ބާތިލްކުރި މައްސަލަ ޝަރީއަތަށް

12 ޑިސެމްބަރ 2021

ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ބާތިލް ކުރުމުން މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ޑިސްޕިއުޓްގައި ހައްލު ނުވުމުން ޝަރީއަތުގެ މަރުހަލާއަށް ގެންދަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ބާތިލް ކުރުމުން މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ޑިސްޕިއުޓްގައި ހައްލު ނުވުމުން ޝަރީއަތުގެ މަރުހަލާއަށް ގެންދަން ނިންމައިފި އެވެ.

ދެ ފަރާތުގެ ކޯޅުން ބޮޑުވެފައިވަނިކޮށް، އެ ކައުންސިލުން މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ އެޗްޑީސީގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ހުޅުމާލޭގެ ބިން ބާތިލުކޮށް، ކައުންސިލްގެ ދަށަށް މުޅި ހުޅުމާލޭ ބަދަލުކުރަން ފާސްކޮށްފަ އެވެ.

އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ އެކަން ބަދަލުކުރަން އެޗްޑީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ ހަފުތާގަ އެވެ.

ޑިސްޕިއުޓް މަރުހަލާގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ސިޓީ ކައުންސިލުން އެދުނީ ޝަރީއަތުން މައްސަލަ ނިންމައި ދިނުމަށެވެ. އެހެންވެ، މައްސަލަ ޝަރީއަތަށް ހުށަހަޅަން ޑިސްޕިއުޓުން ކަނޑައޅީ އެވެ. އެކަމަކު، ޝަރީއަތް ފަށާނެ ދުވަހެއް އަދި ނުނިންމަ އެވެ.

ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހުޅުމާލެ އަށް އެޗްޑީސީގެ ބިން ރަޖިސްޓަރީ ކޮށްދީފައިވަނީ ވިޔަފާރީގެ ބޭނުންތަކަށް އެކަނި ކަމަށެވެ. ނަމަވެސް އޭގެ ނާޖައިޒު ފައިދާ އެ ކުންފުނިން ނަގަމުން ދާކަމުގެ ތުހުމަތު އޭނާ ކުރެއްވި އެވެ.

"ރަޖިސްޓްރީ ހަދައިދީފައި އޮތީ ހަމައެކަނި އެ ތަނުގައި ކޮމާޝަލް ބޭނުންތަކަށް. އެ ތަނުގައި އެޗްޑީސީން ކުރާ ވިޔަފާރިތަކުގައި އެގްރިމެންޓުތައް ހަދައިގެން ކުރާ ކޮމާޝަލް ޔޫސްތަކަށް އޮންނަ ބިންތަކުގެ ރަޖިސްޓްރީ ހިނގާނީ. ވަރަށް ސާފުކޮށް ރަޖިސްޓްރީގައި އޮންނާނެ،" މޭޔަރު ވިދާޅުވި އެވެ.

ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހުށަހެޅުއްވި ހުށައެޅުއްވަން ފާސްވީ އިދިކޮޅު ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލްގެ 12 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ގޮތަށް ފާސްކުރަން ވޯޓު ދިން މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ހެންވޭރު އުތުރު ދާއިރާގެ އައިޝަތު ނިޒްލީ ރަޝީދާއި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު ހިމެނިވަޑައިގަންނަވަ އެވެ. އެޗްޑީސީން ބުނީ ސިޓީ ކައުންސިލްގެ ނިންމުމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގާއިި ބިމާ ބެހޭ ގާނޫނު އަދި ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ވެސް ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.