29 މާޗް 2022
ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރަން މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ހުއްޓުވަން ނެރުނު އަމުރަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.
ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރަން މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ހުއްޓުވަން ނެރުނު އަމުރަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.
ހުޅުމާލޭގެ ރަޖިސްޓްރީ އެޗްޑީސީއަށް ހަދައިދީފައި ވަނިކޮށް މާލޭ ސިޓީ ކައުންސިލުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުއްލި ގޮތަކަށް ސިޓީ ކައުންސިލުން އެ ރަޖިސްޓްރީ ބާތިލްކުރީ ޕީޕީއެމްގެ ޖަލްސާއެއް ބާއްވަން އެޗްޑީސީން ހުރަސް އަޅާފައި ވަނިކޮށެވެ. އެ މައްސަލަ އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިމެންދެން ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން އެ ކޯޓުން ވަގުތީ އަމުރެއް ނެރުނެވެ.
އެ މައްސަލަ ސިޓީ ކައުންސިލުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ ވަގުތީ އަމުރެއް ނުނެރެފި ނަމަ، އެޗްޑީސީއަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އެއީ ހުޅުމާލޭގެ ރަޖިސްޓްރީގެ މައްޗަށް ބިނާކޮށް އެ ބިމާ ގުޅޭގޮތުން އެޗްޑީސީން މުއާމަލާތްތަކެއް ހިންގާފައިވާތީ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެއީ ތިން ވަނަ ފަރާތެއްގެ ހައްގު ވެސް އެކަމުގައި އެކުލެވޭ ކަމެއް ކަން ފަނޑިޔާރު ސަމީރު ފާހަގަ ކުރެއްވި އެވެ.
ފަނޑިޔާރު ވިދާޅުވި ގޮތުގައި ވަގުތީ އަމުރެއް ނެރެގެން ސިޓީ ކައުންސިލަށް ލިބޭނެ ކަމަށް ބެލެވޭ ގެއްލުމަށް ވުރެ ވަގުތީ އަމުރު ނުނެރުމުން އެޗްޑީސީއަށް ލިބޭނެ ގެއްލުން މާ ބޮޑެވެ. އެހެންވެ، ސިވިލް ކޯޓުގެ އަމުރަށް ތާއީދުކުރީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް އިއްވަވަމުން ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ.
ފަނޑިޔާރު ސަމީރުގެ އިތުރުން އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަމީރެވެ.
ހުޅުމާލޭ ބިމުގެ މައްސަލަ ހައި ކޯޓުން މާދަމާ ނިންމަނީ
ހުޅުމާލެ އަތުލުން ހުއްޓުވި މައްސަލަ ހައި ކޯޓުން ފަށަނީ
ވޯޓާ ތީމް ޕާކް އަތުލުން ހައިކޯޓުން ހުއްޓުވައިފި
"އެޗްޑީސީން އެދުމުން ހުޅުމާލޭގެ ރަޖިސްޓްރީ ހަދައިދޭނެ"
ހުޅުމާލެއިން ބިން ވިއްކުން ހުއްޓުވުމުގެ އަމުރެއް ނުދިން
"ހުޅުމާލޭ ރަޖިސްޓަރީ ބާތިލްވެފައިވާ ކަމަށް ނުނިންމޭނެ"
ރަޖިސްޓްރީއާ ގުޅޭ އަމުރު ސިވިލް ކޯޓަށް ނުނެރެވޭނެ
ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރި ނިންމުން ހުއްޓުވައިފި
ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީގެ މައްސަލަ ޝަރީއަތަށް
ރަޖިސްޓްރީއާ ހެދި ލޯނުތައް ޑިފޯލްޓްވެދާނެ: އެޗްޑީސީ