Roadha Mihaaru
ވޯޓާ ތީމް ޕާކް އަތުލުން ހައިކޯޓުން ހުއްޓުވައިފި

ހުޅުމާލޭ ވޯޓާ ތީމް ޕާކް އަތުލުން ހައި ކޯޓުން ހުއްޓުވައިފި

21 ސެޕްޓެމްބަރ 2022

ހުޅުމާލޭގައި ވޯޓާ ތީމް ޕާކް ހެދުމުގެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލަން އެޗްޑީސީން ނިންމި ނިންމުމަށް އަމަލުކުރުން ހައި ކޯޓުން މިއަދު ހުއްޓުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭގައި ވޯޓާ ތީމް ޕާކް ހެދުމުގެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލަން އެޗްޑީސީން ނިންމި ނިންމުމަށް އަމަލުކުރުން ހައި ކޯޓުން މިއަދު ހުއްޓުވައިފި އެވެ.

ވޯޓާ ތީމް ޕާކަކާއި ހަ ބުރީގެ ލެޝާ ހޮޓަލެއް އަޅަން ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުންޏާ އެކު 2017 ވަނަ އަހަރު ހެދި އެއްބަސްވުން މިދިޔަ މަހު އެޗްޑީސީން ބާތިލްކޮށް، އެތަން ހަވާލުކުރަން އެންގި އެވެ. އެ މައްސަލަ ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމަށްފަހު، އެޗްޑީސީގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދުނެވެ.

ސިވިލް ކޯޓުން ނިންމާފައި އޮތީ އެފަދަ އަމުރެއް ނެރެނުދިނުމަށެވެ. އެ ނިންމުން ލެޝާ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.

އެޗްޑީސީގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން ހައިކޯޓުން މިއަދު އަމުރު ނެރުނީ އެ މައްސަލަ ހައިކޯޓުން ނިމެންދެނެވެ. އެއީ ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެނުދޭން ނިންމި ނިންމުމާ މެދު ހައިކޯޓުން ގޮތެއް ނިންމަންދެނެވެ.

ހައިކޯޓުން ނެރުނު ވަގުތީ އަމުރުގައިވަނީ އެ ކޯޓުން ގޮތެއް ނިންމަންދެން އެޗްޑީސީގެ ނިންމުމަށް އަމަލުކުރުން ފަސްނުކޮށްފިނަމަ، އެތަން ހަވާލުކުރަންޖެހޭ މުއްދަތު ހަމަވެ، މައްސަލާގެ ހާލަތު ބަދަލުވެދާނެ ކަމަށެވެ. އެހެންވެ، ހައިކޯޓުން ގޮތެއް ނިންމަންދެން އެޗްޑީސީގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން އެންގީ ކަމަށް އެ އަމުރުގައިވެ އެވެ.