Roadha Mihaaru
ދުނިޔޭގައި ކެތްވާނީ އިތުރު 1000 އަހަރު: ހޯކިންސް

އިންސާނުންނަށް ނޫޅެވޭ ވަރު ތަނަކަށް 1000 އަހަރު ތެރޭ ދުނިޔެ ވާނެ: ސްޓެފަން ހޯކިން

22 ނޮވެމްބަރ 2016

އިނގިރޭސި ވިލާތުގެ މަޝްހޫރު ތިއޮރެޓިކަލް ފިޒިސިސްޓް ސްޓެފަން ހޯކިންސް ގަބޫލުކުރާ ގޮތުގައި އިންސާނުން ދިރިއުޅެން އާ ޕްލެނެޓެއް ހޯދުމުގެ ވަގުތު ޖެހިއްޖެ އެވެ. އޭނާ ބުނަނީ އިންސާނުންނަށް ނޫޅެވޭ ހާލަތަކަށް ކުރިއަށް އޮތް 1،000 އަހަރު ތެރޭ ދުނިޔެ ބަދަލުވާނެ ކަމަށެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިނގިރޭސި ވިލާތުގެ މަޝްހޫރު ތިއޮރެޓިކަލް ފިޒިސިސްޓް ސްޓެފަން ހޯކިންސް ގަބޫލުކުރާ ގޮތުގައި އިންސާނުން ދިރިއުޅެން އާ ޕްލެނެޓެއް ހޯދުމުގެ ވަގުތު ޖެހިއްޖެ އެވެ. އޭނާ ބުނަނީ އިންސާނުންނަށް ނޫޅެވޭ ހާލަތަކަށް ކުރިއަށް އޮތް 1،000 އަހަރު ތެރޭ ދުނިޔެ ބަދަލުވާނެ ކަމަށެވެ.

ހޯކިން ބުނާ ގޮތުގައި އެހެން ޕްލެނެޓްތައް ފަދައިން ދުނިޔެ ވެސް ވަނީ ވަރަށް ނާޒުކުވެފަ އެވެ. ދުނިޔެއަށް ދިމާވާ ކުޑަކުޑަ ކަމަކުން ވެސް އިންސާނީ ނަސްލު މުޅިން ފޮހެވިގެން ހިނގައިދާނެކަމަށް އޭނާ ބުނެ އެވެ.

ދުނިޔެ މިފަދަ ތަނަކަށް ބަދަލުވެގެން ދާނެ ކަމަށް ހޯކިން ލަފާ ކރާ ސަބަބުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ނިއުކްލިއާ ހަނގުރާމައެއް ފެށުން އަދި ރޮބަޓްތަކުގެ ނުފޫޒު ދުނިޔެއަށް ފެތުރިގެން ދިއުން ހިމެނެ އެވެ.

މިހަފުތާގެ ކުރީކޮޅު އޮކްސްފޯޑް ޔުނިވަސިޓީ ޔޫނިއަންގައި ވާހަކަ ދައްކަމުން ހޯކިންސް ބުނެފައި ވަނީ އިންސާނީ ދަރިފަސްކޮޅަށް ސަލާމަތްވެވެން އޮތް ހަމައެކަނި ފުރުސަތަކީ އެހެން ޕްލެނެޓްތައް ހޯދައިގެން އެތަންތަނަށް ދިރިއުޅުން ބަދަލުކުރުން ކަމަށެވެ.

ހޯކިންސް ވަނީ ކާއިނާތު އުފެދިފައިވާ ގޮތާ މެދު ވިސްނާ ފިކުރު ކުރަން ނަސޭހަތްތެރިވެފަ އެވެ. އަދި ދުނިޔޭގެ ބޭރުގައިވާ ތަންތަން ހޯދާ ބެލުމަށް ހިތްވަރާ އެކު މަސައްކަތް ކުރުމަށް ވެސް އެދުނެވެ.