12 އޮކްޓޯބަރ 2022
މި ބިމާ ދިމާލަށް އަންނަ ޖައްވީ ހިލަގަނޑެއްގެ މިސްރާބު ބަދަލުކޮށްލެވިދާނެތޯ އަޖުމަ ބެލުމުގެ ގޮތުން، ކުރި މަސައްކަތް ކާމިޔާބުވެއްޖެ ކަމަށް، އެމެރިކާގެ ޖައްވީ ދިރާސާތަކާ ބެހޭ މައި އިދާރާ، ނޭޝަނަލް އޭރޯނޮޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން އިއްޔެ ބުނެފި އެވެ.
މި ބިމާ ދިމާލަށް އަންނަ ޖައްވީ ހިލަގަނޑެއްގެ މިސްރާބު ބަދަލުކޮށްލެވިދާނެތޯ އަޖުމަ ބެލުމުގެ ގޮތުން، ކުރި މަސައްކަތް ކާމިޔާބުވެއްޖެ ކަމަށް، އެމެރިކާގެ ޖައްވީ ދިރާސާތަކާ ބެހޭ މައި އިދާރާ، ނޭޝަނަލް އޭރޯނޮޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން އިއްޔެ ބުނެފި އެވެ.
ޖައްވުގެ ތެރެއިން މި ބިމާ ދިމާލަށް އަންނަ ޖައްވީ ހިލަގަނޑެއްގެ މިސްރާބު ބަދަލުކޮށްލުމަށް ނާސާގެ ސައެންސްވެރިން ކަނޑައެޅި ތިއަރީއަކީ، ވަރަށް ބާރު ދުވެލީގައި ދަތުރުކުރާ ޖައްވީ އުޅަނދެއް، އެފަދަ ހިލަގަނޑެއްގައި ޖައްސައި މުޑިއަރުވައިލުމެވެ. އެކަމަށް ނާސާ އިން ތައްޔާރުކޮށް ޖައްވަށް ފޮނުވައިލި އުޅަނދަށް ދީފައިވާ ނަމަކީ، ޑަބަލް އެސްޓްރޮއިޑް ރީޑައިރެކްޝަން ޓެސްޓް (ޑާޓް) އެވެ.
This just in: The #DARTmission impact is confirmed to have changed the orbit of moonlet Dimorphos around its asteroid Didymos.
— NASA (@NASA) October 11, 2022
For the first time ever, humans changed the motion of a celestial object. More details: https://t.co/aQj8N7fnuV pic.twitter.com/NLR6AqEcaO
އާދައިގެ އައިސް އަލަމާރިއެއްގެ ބޮޑުމިން ހުންނަ ޑާޓް، ޖައްވަށް ފޮނުވައިލީ ނޮވެމްބަރު 24، 2021 ގަ އެވެ. ޑާޓްގެ މަންޒިލަކީ، މި ބިމާ 11 މިލިއަން ކިލޯމީޓަރު ދުރުގައިވާ ބުރުޖެއްގައި ދައުރާނާވާ، ޑިޑީމޮސް ކިޔާ ޖައްވީ ހިލަގަނޑެއްގެ ވަށައިގެން ހަނދެއްގެ ގޮތުގައި ބުރު ޖަހަމުންދާ، ޑިމޯފޮސްގެ ނަން ދީފައިވާ ޖައްވީ ހިލަގަނޑެކެވެ.
ދިހަ މަހާއި ފަސް ދުވަހުގެ ދަތުރަކަށް ފަހު، ބާރު ދުވެލީގައި ދަތުރުކުރި ޑާޓް، ޑިމޯފޮސް އަށް މުޑިއަރުވައިލީ ހުސްވި ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. ނާސާގެ ވެރިޔާ ބިލް ނެލްސަން އިއްޔެ ވިދާޅުވި ގޮތުގައި ޑާޓް ގޮސް ޑިމޮފޯސްގައި ޖެހިގަތް ބާރުމިނުގެ ސަބަބުން އެ ހިލަގަނޑުގެ ބުރުޖު މިހާރު ވަނީ، އޭގެ އަސްލު ބުރުޖަށް ވުރެ ކުޑަވެފަ އެވެ. އަދި އެ ބުރުޖުގައި ޑިމޮފޯސް ދައުރުކުރާ ބާރުމިން ވެސް ވަނީ ބާރުވެފަ އެވެ.
"ޑާޓް މުޑިއެރުމުގެ ސަބަބުން، 11 ގަޑިއިރާއި 55 މިނެޓްގެ އޯބިޓް މިހާރު ވަނީ، 11 ގަޑިއިރާއި 23 މިނެޓަށް ކުރުވެފައި،" ނާސާގެ ވެރިޔާ ބިލް ނެލްސަން ވިދާޅުވި އެވެ.
ނާސާ އިން ކުރިން އަންދާޒާ ކުރީ، 500 ކިލޯގެ ބަރުދަން ހުރި ޑާޓް، ސިކުންތަކު 6.6 ކިލޯމީޓަރުގެ ބާރުމިނުގައި ގޮސް އެ ޖައްވީ ހިލަގަނޑުގައި ޖެހިގަތުމުން، އެ ހިލަގަނޑުގެ އޯބިޓް ކުރުވާނީ އެންމެ 10 މިނެޓް ކަމަށެވެ. ނަމަވެސް 32 މިނެޓްގެ ކުރުވުމެއް އެ އޯބިޓަށް އައުމަކީ، ދުނިޔެއާ ދިމާލަށް އަންނަ ޖައްވީ ހިލަގަނޑެއްގެ މިސްރާބު ބަދަލުކޮށްލެވިދާނެ ކަމުގެ ފުރިހަމަ ހެއްކެއްކަން މިހާރުވަނީ ޔަގީން ކުރެވިފަ އެވެ.
އަޖުމަބެލުމުގެ ގޮތުން ބޭނުންކުރި ޑިޑީމޮސް އާއި އޭގެ ވަށައިގެން ހަނދެއްގެ ގޮތުގައި ބުރު ޖަހަމުންދާ، ޑިމޯފޮސް އަކީ، އިރުގެ ވަށައިގެން 2.1 އަހަރުން ބުރެއް ޖަހަމުންދާ ދެ ހިލަގަނޑެވެ. މިފަހަރުގެ އަޖުމަބެލުމުގައި އެދެ ހިލަގަނޑު ބޭނުންކުރީ، އެ ދެ ހިލަގަނޑުގެ ބުރުޖު ހުރި ގޮތުން ދުނިޔެއަށް އެއްވެސް ނުރައްކަލެއް ނެތުމުންނެވެ.
10 އަހަރު ތެރޭ ހަނދުގައި ދިރިއުޅެން ފެށިދާނެ
ކިލޯމީޓަރެއްގެ ފުޅާމިން ހުރި ހިލަގަނޑެއް ބިމާ ދިމާއަށް
ނާސާގެ ޖައްވީ އުޅަނދެއް ޖައްވީ ހިލަގަނޑަކަށް މުޑިއަރުވާލަނީ
ރާއްޖޭގެ ފުރަތަމަ ސެޓެލައިޓްގެ މަަސައްކަތް ފަށަނީ
މާސްގައި ހެލިކޮޕްޓަރު ދުއްވާލަން ތައްޔާރު ވެއްޖެ
ފުންނާބު އުސް ކުންފުނިތަކުން ޖައްވަށް
ޖައްވީ ކުނިގަނޑެއްގެ މައްސަލައިގައި ދައުވާކުރަނީ
ޗައިނާގެ އުޅަނދު ހަނދުން ސާމްޕަލް ނަގައިގެން އަންނަނީ
އިރު ދިރާސާކުރަން އިންޑިއާއިން ފޮނުވި އުޅަނދު ނާރެހަށް
ސައޫދީ-އިންޑިއާގެ ޚާއްސަ ޖައްވީ ޕްރޮގްރާމެއް ފަށަނީ