Roadha Mihaaru
ރާއްޖޭގެ ފުރަތަމަ ސެޓެލައިޓްގެ މަަސައްކަތް ފަށަނީ

ރާއްޖޭގެ ފުރަތަަމަ ސެޓެލައިޓްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

24 އެޕްރީލް 2021

ރާއްޖޭގެ ފުރަަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓްގެ މަސައްކަތް ފަށަން އިންސްޓްޓިއުޓް ފޯ ގްލޯބަލް ސަކްސެސްް (އައިޖީއެސް) އިން ތައްޔާރުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ފުރަަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓްގެ މަސައްކަތް ފަށަން އިންސްޓްޓިއުޓް ފޯ ގްލޯބަލް ސަކްސެސްް (އައިޖީއެސް) އިން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދާ އައިޖީއެސް އިން މިއަދު ބުނީ ރާއްޖޭގެ ފުރަތަމަ ސެޓެލައިޓްގެ ގޮތުގައި އުފައްދަން މަަސައްކަތްކުރަނީ ދުނިޔެހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ސައިންޓިފިކް ދިރާސާކުރުމަށް ބޭނުންކުރާނެ ސެޓެލައިޓެއް ކަމަށެވެ.

އައިޖީއެސްްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ ޕްރޮޓޮޓައިޕް (އަޖުމަބެލުމުގެ) ސެޓެލައިޓް އުފެއްދުމުގެ މިޝަނަށް ބޭނުންވާ ފައިސާ ހަމަޖެހި، އެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

"މިޝަންގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ވަރަށް އަވަހަށް ފުރުުސަތު ހުޅުވައިލާނަން. ސެޓެލައިޓް އުފައްދާނީ ވެސް އަދި މުޅި މިޝަން ލީޑްކުރާނީ ވެސް ދިވެހި ޒުވާނުން. އެކަމަށް ބޭނުންވާ ތަމްރީނު އަޅުގަނޑުމެން ފޯރުކޮށްދޭނަަން،" ރިފްއަތު ވިދާޅުވި އެވެ.

ސެޓެލަައިޓް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދަންް ރާއްްޖޭގެ 12 ޒުވާނަކު ތަމްރީނުކުރާނެ ކަމަށާއީ އެ މީހުންނަށް ތަމްރީނުދޭނީ އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން ކަމަށް އައިޖީއެސްއިން ބުންޏެވެ.

އައިޖީއެސް އިން ބުނިގޮތުގައި ސެޓެލައިޓް އުފެއްދުމަށް ފަންނީ އެހީ ހޯދުމަށް ޓަކަައި އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނާއި އެކުގައި މިދިޔަ މަހު ވަނީ އެއްބަސްވުމެއްގައި ސޮއިިކޮށްފައެވެ. ސެޓެލައިޓް އުފައްދަން ބޭނުންވާ ހާޑްވެއާ ފޯރުކޮށްދިނުމާއި ސެޓެލައިޓް ލޯންޗްކުރާނެ ގައުމެއް ހަމަަޖައްސައި، އެ ގައުމެއްގެ އެއާ ސްޕޭސް ބޭނުންކުރުމުގެ ހުއްދަ ހޯދައިދިނުން ފަދަ ކަންތައްތައް ކޮށްދޭނީ ކޭއެސްްއެފް ސްޕޭސް ފައުންޑޭޝަނުންނެވެ.

ކޭއެސްްއެފް ސްޕޭސް ފައުންޑޭޝަނަކީ، އެ ޖަމިއްޔާގެ މެމްބަރުންގެ ގޮތުގައި، އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އާއި ޔޫރަޕްގެ ޖައްވީ އިދާރާ އީސާ އަދި ސްޕޭސް އެކްސް ކުންފުނީގެ ސައިންސްވެރިން ހަަރަކާތްތެރިވެވަޑައިގަންނަވާ ޖަމިއްުޔާއެކެވެ.